24 ޖަނަވަރީ 2025 - 14:47 0
ތަމުރީނުގައި ބައިވެރިވި ބައެއް ސިފައިން އަދި ކަސްޓަމްސްގެ މުވައްޒަފުން: އެމެރިކާއާ ގުޅިގެން އެއް މަސް ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ ތަމުރީނެއް މިހާރު ވެސް އެބަ ކުރިއަށްދޭ -- ފޮޓޯ: އެމްއެންޑީއެފް
24 ޖަނަވަރީ 2025 - 14:47 0
ކަނޑުމަތީގެ އޮޕަރޭޝަންތަކާއި ސަލާމަތްތެރިކަމަށް މުހިންމު، ސީވިޝަން އެޕްލިކޭޝަން ބޭނުން ކުރާ ދިވެހި ސިފައިންނަށް ޔުނައިޓެޑް ސްޓޭޓްސް އޮފީސް އޮފް ޑިފެންސް ކޯޕަރޭޝަން (އޯޑީސީ) އިން ތަމުރީނު ދީފި އެވެ.
ފަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ އެ ތަމުރީނުގައި ދިވެހި 21 މީހަކު ބައިވެރިވި އެވެ. އެއީ 17 ސިފައިން އަދި މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ހަތަރު މުވައްޒަފުންނެވެ.
ސީވިޝަން އެޕްލިކޭޝަން އެންމެ ފުރިހަމަ ގޮތުގައި ބޭނުން ކުރާނެ ގޮތް އެ ތަމުރީނުގައި ބައިވެރިންނަށް ދަސްކޮށްދިން ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ.
އެގޮތުން، ސީވިޝަން ބޭނުންކޮށްގެން ކަނޑުގެ ޓްރެފިކް ބަލާނެ ގޮތާއި އުޅަނދުތަކުގެ މޫވްމަންޓު ބަލާނެ ގޮތާއި ޝައްކު ކުރެވޭ ފަދަ ގޮތަކަށް ދަތުރު ކުރާ ބޯޓުތައް ދަނެގަންނާނެ ގޮތް ތަމުރީނުގެ ބައިވެރިންނަށް ކިޔައިދިން ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ.
އެމެރިކާގެ ސިފައިންނާ ގުޅިގެން ދިވެހި ސިފައިން ދަނީ މިހާރު ވެސް ބޮޑު ތަމުރީނެއް ބާއްވަމުންނެވެ. އޭގައި ބައިވެރި ވަނީ ދިވެހި ސިފައިންގެ ކޯސްޓްގާޑުގެ ސްޕެޝަލް ބޯޓް ސްކޮޑްރަން އާއި ސްޕެޝަލް ފޯސްގެ ސިފައިންނާއި މެރިން ސިފައިންނެވެ.
އެ ތަމުރީނު ކުރިއަށްގެންދަނީ ސިފައިން ޓްރެއިނިން ހަދާ ގިރިފުށްޓާއި ލ. އަތޮޅުގެ ބައެއް ރަށްތަކާއި އެ ހިސާބުތަކުގެ ކަނޑުގަ އެވެ. އެ ތަމުރީނަށް ކިޔާ ނަމަކީ "އެކްސަސައިޒް ފްލޭޝް މެޓަލް 2025-7006" އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment