ގޯލްޑަން ފުޓްސަލް ޗެލެންޖް: ފައިނަލުގެ ކުރިން ފެލިދޫ އިން ކެޔޮދޫ ބަލިކޮށްފި

24 ޖަނަވަރީ 2025 - 05:22 0

އަތޫފް އާތިފް

އ

ފެލިދޫ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ--- ފޮޓޯ: އިމޭޖަސް،އެމްވީ


ގޯލްޑަން ފުޓްސަލް ޗެލެންޖް: ފައިނަލުގެ ކުރިން ފެލިދޫ އިން ކެޔޮދޫ ބަލިކޮށްފި

24 ޖަނަވަރީ 2025 - 05:22 0

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ވ. އަތޮޅުގެ ފައިނަލަށް އެއް ވަނަ ޓީމުގެ ގޮތުގައި ފެލިދޫ ދަތުރުކޮށްފި އެވެ.

ވ. އަތޮޅުގެ ލީގު ބުރުގެ ފަހު މެޗާ ކުރިމަތިލިއިރު ވެސް ކެޔޮދޫ އާއި ފެލިދޫން ވަނީ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފަ އެވެ. ރޭގެ މެޗުން މޮޅުވާ ޓީމަކަށް އެއް ވަނަ ޓީމުގެ ގޮތުގައި ފައިނަލަށް ދިޔުމުގެ ފުރުސަތު އޮތްއިރު، ފެލިދޫ އިން ކެޔޮދޫ ބަލިކުރީ 1-0 ގެ ނަތީޖާ އަކުންނެވެ.

މެޗުގައި ކެޔޮދޫ އަށް މައްސަލަތަކާ ކުރިމަތިވީ, މެޗުގެ 19 ވަނަ މިނެޓުގައި އެ ޓީމުގެ ކީޕަރު އަހުމަދު މުނާޒް އަށް ރަތް ކާޑު ދެއްކުމުންނެވެ. އޭނާ އަށް ރަތް ކާޑު ދެއްކީ އޭރިއާ ބޭރުން ގަސްތުގައި ބޯޅައިގައި އަތް ލުމުންނެވެ.

މެޗުގެ ހަމައެކަނި ގޯލު މެޗުގެ 28 ވަނަ މިނެޓުގައި ފެލިދޫ އަށް ޖަހައިދިނީ މިޖްދާފް އަބްދުލް މަޖީދު އެވެ.

މި ނަތީޖާއާ އެކު ފެލިދޫ އަށް ލީގު ބުރުގެ އެއް ވަނަ ލިބެނީ ކުޅުނު ދެ މެޗުން ހޯދި ހަ ޕޮއިންޓާއެކުގަ އެވެ. ދެ ވަނައިގައި އޮތް ކެޔޮދޫ އަށް ދެ ,މެޗުން ތިން ޕޮއިންޓް ވަނީ ލިބިފަ އެވެ. އަދި ފުލުގައި އޮތީ ދެ މެޗުން ބަލިވެ، މުބާރާތުން ކެޓި ފުލިދޫ އެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިއަދު ހަވީރާއި މިރޭ ކުޅޭ މެޗުތައް:

16:00: ގދ. ސެމީ ފައިނަލް: މަޑަވެލި - ގައްދޫ

16:00: ގދ ސެމީ ފައިނަލް: ވާދޫ - ތިނަދޫ

17:00: އއ. ފައިނަލް: މަތިވެރި - ތޮއްޑޫ

------------------------------------------

20:00: ކ. ގާފަރު - ކ. ދިއްފުށި

20:00: ކ. މާފުށި - ކ. ހިންމަފުށި

21:00: ކ. ގުރައިދޫ - ކ. ތުލުސްދޫ

21:00: ކ. ކާށިދޫ - ކ. ގުޅި

22:00: އދ. ސެމީ ފައިނަލް: ދަނގެތި - މަންދޫ

22:00: އދ. ސެމީ ފައިނަލް: މަހިބަދޫ - ކުނބުރުދޫ

23:00: އައްޑޫ ސެމީ ފައިނަލް: މީދޫ - ފޭދޫ

23:00: އައްޑޫ ސެމީ ފައިނަލް: ހިތަދޫ - މަރަދޫފޭދޫ