24 ޖަނަވަރީ 2025 - 05:16 0
އަތޫފް އާތިފް
ކުރެންދޫ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.---- ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް
24 ޖަނަވަރީ 2025 - 05:16 0
ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ޅ. އަތޮޅުގެ ލީގު ބުރުގައި ނައިފަރު އާއި ކުރެންދޫ މުހިންމު މޮޅެއް ހޯދައިފި އެވެ.
މި އަތޮޅުން މުބާރާތުގައި ބައިވެރިވެފައިވަނީ ހަތަރު ރަަށެވެ. އެއީ ނައިފަރާ, ކުރެންދޫ, އޮޅުވެލިފުށި އަދި ހިންނަވަރެވެ. މި އަތޮޅުގެ ފުރަތަމަ މެޗުތައް ނިމުނީ އެއްވަރުވެގެންނެވެ. ރޭ ކުޅުނު މެޗުތަކުން މި ފަހަރުގެ މުބާރާތުގައި ފުރަތަމަ މޮޅު ހޯދީ ކުރެންދޫ އާއި ނައިފަރު އެވެ.
އެންމެ ފަހުގެ ޗެމްޕިއަން ކުރެންދޫ އިން ހިންނަވަރުގެ މައްޗަށް ކުރިހޯދީ 4-0 ގެ ނަތީޖާ އަކުންނެވެ.
މި މެޗުގައި ކުރެންދޫ އިން ޖެހި ހަތަރު ގޯލު ވެސް ފެނިގެންދިޔައީ މެޗުގެ ދެ ވަނަ ހާފުގަ އެވެ. މެޗުގެ ލީޑު ކުރެންދޫ ޓީމަށް ދެ ވަނަ ހާފުގެ ހަތް ވަނަ މިނެޓުގައި ނަގައިދިނީ އަހުމަދު މާދިހް އެވެ. އަދި ދެ ވަނަ ހާފުގެ 11 ވަނަ މިނެޓުގައި މުހައްމަދު އަންވަރުގެ ގޯލުން ކުރެންދޫ އިން ލީޑު ފުޅާކުރިއިރު, އޭގެ ދެ މިނެޓު ފަހުން މުހައްމަދު ރަފްހާން އަބްދުލް ގައްޔޫމް ވަނީ ކުރެންދޫގެ ތިން ވަނަ ގޯލު ޖަހައިފަ އެވެ. އެ ޓީމުން ޖެހި ހަތަރު ވަނަ ގޯލު މެޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް ޖަހާދިނީ އަހުމަދު އައިމަން އެވެ.
ޅ. ނައިފަރުން އޮޅުވެލިފުށީގެ މައްޗަށް ކުރިހޯދީ 2-1 ގެ ނަތީޖާ އަކުންނެވެ.
މި މެޗުގެ ހަ ވަނަ މިނެޓުގައި އޮޅުވެލިފުށީގެ އަބްދުالله ޝަކީލް ގޯލު ޖަހައި އެ ޓީމަށް ލީޑު ނަގައިދިނެވެ. އެކަމަކު ދެ ވަނަ ހާފު ފަށައިގެން ފަސް ވަނަ މިނެޓުގައި ނައިފަރުގެ އަބްދުالله އަނޫސް ވަނީ ގޯލު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އަދި ދެ ވަނަ ހާފުގެ 13 ވަނަ މިނެޓުގައި ނައިފަރު އަށް ލީޑު ނަގައިދިނީ އިބްރާހިމް ޝަރީފް މުހައްމަދު ޖެހި ގޯލުންނެވެ.
މި ނަތީޖާތަކާ އެކު އެއްވަނައިގައި އޮތް ކުރެންދޫ އާއި ދެ ވަނައިގައި އޮތް ނައިފަރަށް ހަތަރު ޕޮއިންޓް ވަނީ ލިބިފަ އެވެ. ކުރެންދޫ އެއް ވަނައިގައި އޮތީ ފައިދާ ގޯލުގެ ތަފާތުންނެވެ. އަދި ތިން ވަނައިގައި އޮތް އޮޅުވެލިފުށި އާއި ފުލުގައި އޮތް ހިންނަވަރަށް ޕޮއިންޓެއް ވަނީ ލިބިފަ އެވެ. މި އަތޮޅުގައި ކޮންމެ ޓީމަކަށްވެސް ބާކީ އެއް މެޗު އޮތްއިރު، ކޮންމެ ޓީމަކަށް ވެސް ސެމީ ފައިނަލުގެ ޖާގަ ހޯދުމުގެ ފުރުސަތު އެބައޮތެވެ.
16:00: ގދ. ސެމީ ފައިނަލް: މަޑަވެލި - ގައްދޫ
16:00: ގދ ސެމީ ފައިނަލް: ވާދޫ - ތިނަދޫ
17:00: އއ. ފައިނަލް: މަތިވެރި - ތޮއްޑޫ
------------------------------------------
20:00: ކ. ގާފަރު - ކ. ދިއްފުށި
20:00: ކ. މާފުށި - ކ. ހިންމަފުށި
21:00: ކ. ގުރައިދޫ - ކ. ތުލުސްދޫ
21:00: ކ. ކާށިދޫ - ކ. ގުޅި
22:00: އދ. ސެމީ ފައިނަލް: ދަނގެތި - މަންދޫ
22:00: އދ. ސެމީ ފައިނަލް: މަހިބަދޫ - ކުނބުރުދޫ
23:00: އައްޑޫ ސެމީ ފައިނަލް: މީދޫ - ފޭދޫ
23:00: އައްޑޫ ސެމީ ފައިނަލް: ހިތަދޫ - މަރަދޫފޭދޫ
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment