Advertisement

ބިދޭސީއަކު އަތުން ފައިސާތަކެއް ފޭރިގަތް ތިން މީހަކު ހައްޔަރުކޮށްފި

23 ޖަނަވަރީ 2025 - 22:03 0

އަހުމަދު އާއިދު

އަހުމަދު އާއިދު

މި މައްސަލާގައި ފުލުހުން ހައްޔަރުކުރި ތިން މީހުން --- ފޮޓޯ: ފުލުހުން


ބިދޭސީއަކު އަތުން ފައިސާތަކެއް ފޭރިގަތް ތިން މީހަކު ހައްޔަރުކޮށްފި

23 ޖަނަވަރީ 2025 - 22:03 0

ބިދޭސީއަކަށް ތޫނު އެއްޗަކުން ބިރުދައްކާ ފައިސާތަކެއް ފޭރިގަތް މައްސަލާގައި ތިން މީހަކު ހައްޔަރުކޮށްފި އެވެ.

މި ހާދިސާ ހިނގާފައިވަނީ ރޭ 10:00 ހާއިރު މާލޭގަ އެވެ. ފުލުހުން ބުނީ މި މައްސަލަ ރިޕޯޓުކުރީ ރަސްފަންނު ސަރަހައްދުގައި ފައިމަގުން ޕެޓްރޯލް ކުރުމުގައި އުޅުނު ފުލުހުންގެ ބީޓަކަށް ދުވެފާ ދިޔަ ބައެއްގެ ފަހަތުން ދުވުނު މީހަކާ ސުވާލުކުރުމުންނެވެ. އެއީ ފޭރުމުގެ ޝިކާރައަކަށްވި ބިދޭސީ މީހާ އެވެ.

މާލެ ޕެޓްރޯލް ކުރަމުންދިޔަ ފުލުހުންގެ އެހެން ބީޓުތަކުގެ އެހީއާއެކު މި މައްސަލާގައި ތިން މީހަކު ހައްޔަރުކުރީ ނޯތު ހާބަރު ސަރަހައްދުން ކަމަށްވެސް ފުލުހުން ބުންޏެވެ.

"އެމީހުން ފޭރިފައިވަނީ 1،000 ދިވެހި ރުފިޔާ އާއި، 10 ޔޫރޯ އާއި، 10 ބަންގްލަދޭޝީ ޓަކާ އާއި، 20 ސްރީލަންކަން ރުޕީ އާއި، 500 އިންޑިއަން ރުޕީ އާއި، އަދި ދެ ސިންގަޕޫރު ޑޮލަރު. މީގެތެރެއިން 1،000 ދިވެހި ރުފިޔާ އާއި 20 ސްރީލަންކަން ރުޕީ އާއި ދެ ސިންގަޕޫރު ޑޮލަރު އެމީހުން އަތުން ފެނިފައިވޭ،" ފުލުހުން ބުންޏެވެ.

މި މައްސަލާގައި ހައްޔަރުކުރީ ސ. ހިތަދޫ، އައްޒަ، މުބާރިކު މުހައްމަދު، 34، އާއި ޏ. ފުވައްމުލަށް، ދިގުވާނޑު، އަހުމަދު ފަޔާޒު، 30، އަދި، ޏ. ފުވައްމުލަށް، ދިގުވާނޑު، އަހުމަދު ނަދީފް، 36، އެވެ.

މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިޔަ ކަމެއް ފުލުހުން އަދި ނުބުނެ އެވެ. ނަމަވެސް މި މައްސަލަ އަދިވެސް ތަހުގީގުކުރަމުންދާ ކަމަށް ބުންޏެވެ.