Advertisement

އައިޑީ ކާޑު ހުށަނާޅާ ކަމަަށް ބުނެ ބާތިލުކުރި ކެންޑިޑެސީއެއް ބަލައިގަންނަން ކޯޓުން އަމުރުކޮށްފި

23 ޖަނަވަރީ 2025 - 21:01 1

އަހުމަދު އާއިދު

އަހުމަދު އާއިދު

މިދިޔަ އަހަރު ބޭއްވި މަޖިލިސް އިންތިހާބުގެ ވޯޓު ކަރުދާހެއް އޮފިޝަލަކު ދައްކަނީ --- ފޮޓޯ: އަދަދު


އައިޑީ ކާޑު ހުށަނާޅާ ކަމަަށް ބުނެ ބާތިލުކުރި ކެންޑިޑެސީއެއް ބަލައިގަންނަން ކޯޓުން އަމުރުކޮށްފި

23 ޖަނަވަރީ 2025 - 21:01 1

ފެބްރުއަރީ 8، ގައި ބާއްވާ ލޯކަލް ކައުންސިލްތަކުގެ ބައި އިލެކްޝަނުގައި ވާދަކުރަން ކުރިމަތިލި މީހެއްގެ ކެންޑިޑެސީ ބަލައިނުގަންނަން އިލެކްޝަން ކޮމިޝަން (އީސީ) އިން ނިންމި ނިންމުން ބާތިލުކުރަން ހައި ކޯޓުން ހުކުމް ކޮށްފި އެވެ.

ހދ. މަކުނުދޫ ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް ކުރިމަތިލީ މީހުންގެ ތެރެއިން ކެންޑިޑެސީ ބަލައިނުގަންނަން އީސީއިން ނިންމީ އަމިއްލަ ގޮތުން ކުރިމަތިލީ ކެންޑިޑޭޓުގެ އެވެ. ކެންޑިޑެސީ ބަލައިނުގަންނަން ނިންމީ އޭނާ ހުށަހެޅި ލިޔެކިޔުންތަކުގެ ތެރޭގައި އައިޑީ ކާޑު ކޮޕީ ނެތުމުން ކަމަށް އީސީން ބުނެފައިވެ އެވެ.

މި ނިންމުމާއެކު، އެ މަގާމަށް ދެން ކުރިމަތިލީ ވެރިކަންކުރާ ޕީއެންސީގެ ކެންޑިޑޭޓު މަގާމަށް ހޮވިފައިވާ ކަމަށް އީސީއިން އޮތީ އިއުލާނު ވެސް ކޮށްފަ އެވެ. އެކަން އިއުލާނުކުރުމާއެކު އަމިއްލަ ކެންޑިޑޭޓު ވަނީ މައްސަލަ ކޯޓަށް ވައްދާފަ އެވެ.

ޕީއެންސީގެ ކެންޑިޑޭޓު ހޮވުނުކަން އިއުލާނުކުރި ނަމަވެސް ކޯޓު މައްސަލަ ނިމެންދެން އެކަމަށް އަމަލުކުރުން އީސީން އޮތީ މެދުކަނޑާލާފަ އެވެ.

މި މައްސަލާގައި އަމިއްލަ ކެންޑިޑޭޓު ފާހަގަކުރި ގޮތުގައި އޭނާގެ ލިޔެކިޔުންތައް އީސީން ބަލައިގަނެ، އެކަން އޭނާއަށް އަންގާ ހަދަން ޖެހޭ ޕޭމަންޓު ވެސް ހެދި ކަމަށެވެ. އަދި އެ ޕޭމަންޓުގެ ރަސީދު ވެސް އީސީއަށް ފޮނުވާފައިވާ ކަމަށް އޭނާ ކޯޓުގައި ބުނެފައިވެ އެވެ.

މި ކަންކަމަށް ބަލާ ހައި ކޯޓުން މިއަދު އަމުރުކުރީ، އީސީގެ ނިންމުން ބާތިލުކޮށް އޭނާއަށް ކެންޑިޑެސީ ދިނުމަށެވެ. މިއާއެކު އީސީން މިހާރު ވަނީ މަކުނުދޫ ކައުންސިލް މެންބަރުކަމަށް ކުރިމަތިލީ ކެންޑިޑޭޓުންގެން ނަން ތަރުތީބުކުރުން ހޮނިހިރު ދުވަހު އޮންނާނެ ކަމަށް އިއުލާނުކޮށްފަ އެވެ.