ޕީއެންސީއަށް ނިސްބަތްވާ ދާންދޫ ދާއިރާގެ މެންބަރު "ހިތްހަމަނުޖެހޭތީ" ވޯޓު ދެއްވީ ހައިދަރުއާ ދެކޮޅަށް

20 ޖަނަވަރީ 2025 - 17:32 4

އަހުމަދު އާއިދު

އ

ޕީއެންސީއަށް ނިސްބަތްވާ ދާންދޫ ދާއިރާގެ މެންބަރު މުހައްމަދު ފަޒީލު: އޭނާ ވިދާޅުވީ ބައެއް ވަޒީރުންނާމެދު ހިތްހަމަނުޖެހުން އެބަހުރި ކަމަށް --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް


ޕީއެންސީއަށް ނިސްބަތްވާ ދާންދޫ ދާއިރާގެ މެންބަރު "ހިތްހަމަނުޖެހޭތީ" ވޯޓު ދެއްވީ ހައިދަރުއާ ދެކޮޅަށް

20 ޖަނަވަރީ 2025 - 17:32 4

ކުރީގެ ހައުސިން މިނިސްޓަރުކަމުގައި ހުންނެވި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރަށް ރުހުން ދިނުމަށް މިއަދު ރައްޔިތުންގެ މަޖިލީހުގައި ނެގި ވޯޓުގައި ޕީއެންސީއަށް ނިސްބަތްވާ ދާންދޫ ދާއިރާގެ މެންބަރު މުހައްމަދު ފަޒީލު ސަރުކާރާ ދެކޮޅަށް ވޯޓު ދެއްވައިފި އެވެ.

މިކަމާ ގުޅިގެން ސުވާލުކުރުމުން، "އަދަދު" ނޫހާ ވާހަކަދައްކަވަމުން ފަޒީލު ވިދާޅުވީ އެގޮތަށް ވޯޓު ދެއްވީ ހައިދަރު އާ ދެމެދު އޮތް ހިތްހަމަ ނުޖެހުމަކާ ގުޅިގެން ކަމަށެވެ.

"އެއީ އަޅުގަނޑާ ހައިދަރު އާ ދެމެދު އޮތް ކަމެއް. އެކަމަށް ނެތް މާބޮޑު ކޮމެންޓެއް ދެވޭކަށް،" ފޯނުން ވާހަކަދައްކަވަމުން އޭނާ ވިދާޅުވި އެވެ.

އިތުރަށް ސުވާލުކުރުމުން ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު، އަދި ޕީއެންސީއާމެދު ހިތްހަމަ ނުޖެހުމެއް ނެތް ކަމަށެވެ. އަދި ރައީސަށް ފުރިހަމަ ތާއީދު އޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ޕާޓީއަށް ވެސް ސަޕޯޓުކުރަން. ރައީސްގެ މަސައްކަތްތަށް ވެސް ވަރަށް ފުރިހަމަ. އެކަމަކު ބައެއް ވަޒީރުންނާމެެދު ހިތްހަމަ ނުޖެހުން އެބަހުރި،" ފަޒީލު ވިދާޅުވި އެވެ.

ހައިދަރު ފިޔަވާ އޭނާ ހިތްހަމަ ނުޖެހެނީ ކޮން ވަޒީރުންނެއްކަން ހާމަކުރަން ބޭނުންނުވާ ކަމަށް ވެސް ފަޒީލު ވިދާޅުވި އެވެ. މިއީ މިއަދުގެ ވޯޓުގައި ސަރުކާރުގެ ވަޒީރުންނާ ދެކޮޅަށް ޕީއެންސީން ދިން ހަމައެކަނި ވޯޓެވެ.

މަޖިލީހުން ހަތަރު ވަޒީރަކަށް ރުހުން ދޭން ޖެހުނީ ބައެއް މިނިސްޓްރީތަކެއް އެއްކޮށްލައި، ވަޒީރުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންނެވި ބަދަލާ ގުޅިގެންނެވެ.

އެގޮތުން، ހައިދަރުގެ އިތުރުން ފިނޭންސް މިނިސްޓަރު، މޫސާ ޒަމީރު އާއި އެގްރިކަލްޗާ އެންޑް ވެލްފެއާ މިނިސްޓަރު، ޑރ. މަރިޔަމް މާރިޔާގެ އިތުރުން ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު، ޑރ. އަބްދުﷲ މުއްތަލިބު އަށް މިއަދު މަޖިލީހުން ރުހުން ދިނެވެ.

މިދިޔަ ޑިސެމްބަރު 26، ގައި ރައީސް މުއިއްޒު ގެންނެވި ބަދަލުގެ ދަށުން ހައުސިން މިނިސްޓްރީ އުވާލައި، އެ މިނިސްޓްރީގެ ދަށުން ހިންގަމުންދިޔަ ޕްލޭނިންގެ މަސައްކަތްތައް ފިނޭންސަށް އަދި ހައުސިންގެ މަސައްކަތްތައް ކޮންސްޓްރަކަޝަން މިނިސްޓްރީއަށް ވަނީ ބަދަލުކޮށްފަ އެވެ.

100.00%

0.00%

0.00%

0.00%

މި ލިޔުން ކިޔާލުމުން


މަހުވައި

about 2 months ago

މިކަހަލަ ޖަޒުބާތީ ބޮލުރޮދިން ނުވާނެ އެއްގޮތަކަށް ވެސް އިސް އެއްވެސް މަގާމަކަށް ހޮވާކަށް. އަމިއްލަ އެދުން ނުފުދުނީމާ އެ ބަނޑިބަނޑި ލައްވަނީ

ޖަރީސަރީ

about 2 months ago

ދާންދޫ މެންބަލު ބަދަލުކުރަން ފެނޭ. މެންބަލު ކޮންމެވެސް ކަމެއް "ކޮއްލަދޭން" ބުނެގެން ނުވެގެން ކަޓައިގެން އުޅޭ ކަމަށް ފެންނަނީ. އެކަހަލަ ޖަރީމާ ހިންގުމާ ދެކޮޅު، ޙިކުމަތްތެރި، މަޑުމައިތިރި މިނިސްޓަރުންނާ ޖައްސާލައިގެން އުޅެވެނީ.

ތެފައާސާ.

about 2 months ago

އިއްޒަތްތެރި މެމްބަރު، ހިތްހަމަ ނުޖެހުން ހުއްޓަސް ތިޔަހެން މާބޮޑަށް ބިސްދޮށިވެގެން އުޅެނިކޮށް ޕާޓީގެ ސުލޫކީ ކޮމިޓީއިން ފިޔަވަޅު އަޅައިފިއްޔާ ގޮނޑިއާ މޭޒާ މޭޒުދަށުގައި އަޅާފައިއޮތް ކާޕެޓުގަނޑަށް ދާންދެން ގެއްލިދާނެ.

ރާއްޖެ

about 2 months ago

އޭރުން ވަކި ޕޕމ އަށް ލިބޭނެ މޮޅެއް ނެތް. ދެން އަންނަން ހުރީ އެމްޑީޕީ އޮޑިޓަރު.