Advertisement

ހުޅުމާލެ ދެވަނަ ފިޔަވަހިން އެސްޖޭއަށް 15 މިލިއަން ރުފިޔާއަށް އިތުރު ބިމެއް ވިއްކައިފި

20 ޖަނަވަރީ 2025 - 12:25 0

އަހުމަދު އާއިދު

އ

Advertisement

ހުޅުމާލެ ދެވަނަ ފިޔަވަހީގެ މަގެއް މަތި: ހުޅުމާލެ ދެވަނަ ފިޔަވަހިން އެސްޖޭއަށް 15 މިލިއަން ރުފިޔާއަށް އިތުރު ބިމެއް ވިއްކައިފި --- ފޮޓޯ: އަދަދު


ހުޅުމާލެ ދެވަނަ ފިޔަވަހިން އެސްޖޭއަށް 15 މިލިއަން ރުފިޔާއަށް އިތުރު ބިމެއް ވިއްކައިފި

20 ޖަނަވަރީ 2025 - 12:25 0

Advertisement

Advertisement

ހުޅުމާލެ ދެވަނަ ފިޔަވަހިން މަޝްހޫރު ވިޔަފާރި ކުންފުނި އެސްޖޭ ކޮންސްޓްރަކްޝަން އަށް 2،500 އަކަ ފޫޓުގެ ބިމެއް ވިއްކައިފި އެވެ.

ބިމުގެ މިލްކުވެރިކަން ބަދަލުކޮށް ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ހައުސިން ޑިވެލޮޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން އެސްޖޭއަށް ވިއްކާފައިވަނީ ހުޅުމާލެ ލޮޓު ނަމްބަރު 20317 ބިން ކަމަށެވެ. ދެވަނަ ފިޔަވަހީގެ ބީޗް ސައިޑު މި ބިމުގެ ބޮޑުމިނަކީ 2538 އަކަފޫޓެވެ.

Advertisement

މި ބިން ވިއްކާފައިވަނީ 15 މިލިއަން ރުފިޔާގެ އަގަކަށެވެ. އެއީ އަކަފޫޓަކަށް 6،000 އެއްހާ ރުފިޔާގެ ރޭޓެއްގަ އެވެ. ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބިންތައް އާންމުކޮށް ވިއްކަނީވެސް މިހާވަރުގެ އަގުތަކުގަ އެވެ.

އެސްޖޭގެ ނަންމަތީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގައިވެސް ބޮޑު ބިމެއް އޮވެ އެވެ. އެ ބިމުގައި އެސްޖޭއިން މޯލެއް ހިންގަމުންދާއިރު އެޔާ އިންވެގެން އޮތް ބިން ގަތުމަށްވެސް އެ ކުންފުނިން ވަނީ އެޗްޑީސީއަށް ހުށަހަޅާފަ އެވެ.

Advertisement

ނޫ ކުލައިން ފެންނަނީ ހުޅުމާލެ ދެވަނަ ފިޔަވަހިން އެސްޖޭއަށް ވިއްކި ބިން ---


އެ ބިމާމެދު ގޮތެއް ނިންމާފައި ނުވި ނަމަވެސް، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހަޓުތަކެއް އަޅައިދޭ މަތިން އެ ބިން ވިއްކުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ވިދާޅުވެއްޖެ އެވެ.

ޑިސެމްބަރު 4، ގައި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކުރުމުގެ ތެރެއިން އެސްޖޭ މޯލް އާ ޖެހިގެން އޮތް ބިން ގަތުމަށް އެ ކުންފިން ހުށަހެޅީ މިދިޔަ ވެރިކަމުގައި ކަމަށެވެ.

"އެސްޖޭ މޯލްގެ އެކްސްޓެންޝަން އޭރިއާ. ކުރީ ސަރުކާރުގަ އެތަން ބައްލަވައިގަންނަން ރިކުއެސްޓު ކުރައްވާފަ އޮތީ އެނގޭތޯ. ދެން އަޅުގަނޑުމެންގެ މި ސަރުކާރު އައިސް އަޅުގަނޑުމެންގެ ބޯޑު އައިސް އަޅުގަނޑުމެން ރިކުއެސްޓު ކުރީ މިވަރުގެ ކޮމްޕޯނަންޓެއް ކޮމާޝަލީ އެސްޖޭއަށް މިސާލަކަށް ވިއްކާނަމަ ކޮން ގޮތަކަށްތޯ އެކަން އިނީޝިއޭޓު ކޮށްދޭނީ،" އޭނާ ވިދާޅުވި އެވެ.