19 ޖަނަވަރީ 2025 - 01:21 1
މި ސަރުކާރަށް 1 އަހަރު ފުރުން ފާހަގަ ކުރުމަށްޓަކައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ޒުވާނުންގެ މަރުކަޒުގައި ބޭއްވި ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު. -- ފޮޓޯ: އަދަދު
19 ޖަނަވަރީ 2025 - 01:21 1
ސަރުކާރުގެ ކުންފުނިތަކުން ވައްކަން ކުރަމުން ދަނީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ބައި އެޅޭ ގޮތަށް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ތުހުމަތު ކުރެއްވި ވާހަކަ އިއްޔެ ރިޕޯޓުކުރި އެވެ.
ޗެނަލް 13 ގެ ނިއުސް ޓޯކްގައި އުމަރު ވިދާޅުވީ ރައީސް މުއިއްޒަށް ބައި ނޭޅޭ ގޮތަށް ސަރުކާރު އެއްވެސް ކުންފުންޏެއްގައި ވައްކަން ނުކުރެވޭނެ ކަމަށާއި ކުންފުނިތަކުން ވައްކަން ކުރަމުންދަނީ ރައީސަށް ބައި އެޅޭ ގޮތަށް ކަމަށެވެ.
"އެސްއޯއީތަކުން، ޕަބްލިކް ކުންފުނިތަކުން މި ފެންނަ ވައްކަން މިއީ އެއްގޮތަކަށް ވެސް އެތާ ތިބޭ މީހާ ކުރާ ވައްކަމެއް ނޫން އެނގޭތޯ. މިއީ ހަމަ މުއިޒަށް ބައި އެޅިގެން ކުރާ ކަންތައްތައް. ރައީސުލްޖުމޫރިއްޔާއަށް ބައި ނޭޅޭ ގޮތަކަށް ސަރުކާރުގެ ކުންފުންޏަކުން ވައްކަމެއް ނުކުރާނެ އެނގޭތޯ،" އުމަރު ވިދާޅުވި އެވެ.
"ހަމަ މުއިއްޒަށް ބައި އެޅިގެން ހަމަ އެދަނީ އެނގޭތޯ. މުއިޒަށް ބައި އެޅިފައި، ދެން ތިބި މީހުންނަށް ވެސް ބައި އެޅިފައި، އަދި ވަގަށް ނަގާ މީހާއަށް ވެސް ބައި އެޅިފައި."
ދައުލަތުގެ ހުރިހާ ކުންފުންޏެއް ރައީސް މުއިއްޒު ބޭނުން ކުރަމުންދަނީ ވައްކަން ކުރުމަށްކަން ފާހަގަކުރައްވާ އުމަރު ވިދާޅުވީ އެ ވައްކަންތައް ކުރަމުންދަނީ ރައީސްގެ އިތުރުން ކުންފުނިތަކުގެ ވެރިންނަށް ވެސް ބައި އެޅޭނެ ގޮތަށް ކަމަށެވެ.
ވެރިކަމުގައި ތިބި ބޭފުޅުން ދަނީ ސަރުކާރު ކުންފުނިތަކާއި ރިސޯޓުތައް ހިމެނޭ ގޮތަށް ހުރިހާ ތަނަކުން ވައްކަން ކުރަމުން ކަމަށާއި މިހާ ހާމަކަންބޮޑުކޮށް ވައްކަން ކުރާ ސަރުކާރަކާ ދިވެހި ރައްޔިތުންނާ ދިމާ ނުވާ ކަމަށް ވެސް އުމަރު ވިދާލުވި އެވެ.
އުމަރު އިތުރަށް ވިދާޅުވީ ކޮރަޕްޓް ހުރިހާ އެންމެންނަށް ދިވެހި ރައްޔިތުން ނޫނެކޭ ބުނަން ޖެހޭ ކަމަށެވެ.
ރައީސް މުއިއްޒުގެ މައްޗަށް އުމަރު މި ތުހުމަތު ކުރެއްވިއިރު، އެ މަނިކުފާނުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ބައި ލައްކަ ރުފިޔާ ދޭ މައްސަލަ ވެސް ފެންމަތިވެފައިވެ އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
އާދަމް
3 months ago
އުމަރު ނަސީރު އެ ކޮށްލީ ތުހުމަތެއް. ތުހުމަތެއްގެ ސަބަބުން ކުށްވެރިއެއް ނުވާނެ ސާބިތުކޮށް ނުދެވޭހައި ހިނދަކު. ރައްޔިތުންގެ ކުރިމަތީ ވެރިޔާއަށް ތުހުމަތުކޮށްފައި ސާބިތުކޮށްނުދެވުމަކީ ލަދުގަންނަންޖެހޭނެ ކަމެއް.
Comment