17 ޖަނަވަރީ 2025 - 14:07 0
ލީވާން އަލީ ނާސިރު
މެރިން ޕޮލިސް ލޯންޗެއް: ވިލިމާލޭގައި މޫދަށް އެރި އުޅުނު މީހަކު އޮޔާ ދަނިކޮށް އެމްޓީސީސީ ފެރީއަކަށް ވަނީ ނަގާފައި -- ފޮޓޯ؛ މިރާޝް ނާޝިމް / އަދަދު
17 ޖަނަވަރީ 2025 - 14:07 0
ވިލިމާލޭގައި މޫދަށް އެރި އުޅުނު މީހަކު އޮޔާ ދަނިކޮށް އެމްޓީސީސީ ފެރީއަކަށް ފެނިގެން އޭނާ ނަގައި، ސަލާމަތް ކޮށްފި އެވެ.
ފުލުހުން ބުނީ އޭނާ އެ މީހާ އޮޔާ ދަމައިގަނެގެން އުޅޭ ކަމުގެ މައުލޫމާތު ލިބުނީ 15:55 ހާއިރު ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދޭ ކަމަށެވެ.
އެ މީހާ މެރިން ޕޮލިސް ލޯންޗަށް ނަގައި ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް މާލެ ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
"އޮޔާ ދިޔަ މީހާ ނަގާފައިވަނީ ފެރީއަށް. މެރިން ޕޮލިސް ލޯންޗަށް ނަގާފައި ވަނީ އެ މީހާ ސަލާމަތް ކުރަން ދިޔަ މީހުން،" ފުލުހުން ބުންޏެވެ.
ނަމަވެސް އެ މީހާއާ ގުޅޭ އިތުރު ތަފްސީލެއް ހާމަނުކޮށް ފުލުހުން ބުނީ އެކަން ހިނގައި ދިޔަ ގޮތް ބަލަމުންދާ ކަމަށެވެ.
ކަނޑުމަތީގައި ހިނގާ ހާދިސާތައް ފަހަކަށް އައިސް ވަނީ އިތުރުވެފަ އެވެ. އެގޮތުން ފާއިތުވެދިޔަ މަހެއްހާ ދުވަސް ތެރޭގައި ހިނގި އެކި ހާދިސާތަކުގެ މައްސަލަތައް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment