about 4 hours 0
ލީވާން އަލީ ނާސިރު
ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން
about 4 hours 0
ޑިޕާޓްމެންޓު އޮފް ނެޝަނަލް ރެޖިސްޓްރޭޝަންގެ ޑޭޓާބޭސް ބޭނުން ކޮށްގެން ޕީއެންސީ އަށް ވަގު ފޯމު ފުރާފައިވާ މައްސަލައިގައި، ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު ކަމުން އަލީ އިހުސާން ވަގުތުން ވަކި ކުރަން ޖެހޭ ކަމަށް، އެންމެ ބޮޑު އިދިކޮޅު ޕާޓީ، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.
ފައްޔާޒު މިހެން ވިދާޅުވީ ސަރުކާރު ހިންގާ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް މެންބަރު އިތުރު ކުރަން އިލެކްޝަން ކޮމިޝަނަށް ހުށަހެޅި ވަގު ފޯމުތައް ކަމަށް ބެލެވޭ ފޯމުތަކުގެ މަސައްކަތް ކުރީ މިނިސްޓަރު އަލީ އިހުސާންގެ ބެލުމުގެ ދަށުން ކަން އެނގޭ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ލީކް ވެފައި ވަނިކޮށެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާއި ވަޒީރުކަން ކުރެއްވި ފައްޔާޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޑީއެންއާރުގެ ޑޭޓާބޭސް ފަޅާލައި އެތައް ބައެއްގެ މައުލޫމާތު ވަގަށް ނެގުމުގެ ފުރުސަތު އިހުސާން ފަހިކޮށްދީފައިވާ ކަމަށެވެ.
"[އެހެންވެ] މިނިސްޓަރު އިހުސާން ވަގުތުން މަގާމުން ވަކިކުރަން ޖެހޭ،" ފައްޔާޒު ވިދާޅުވި އެވެ.
ޑިޖިޓަލް ކުރިއެރުމަށް އެސްޓޯނިއާގެ އެހީތެރިކަން ހޯދުމަށް އެ ގައުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަޑައިގެން ހުންނެވިއިރު، ރާއްޖޭން ފެންނަމުން މިދަނީ ޑިޖިޓަލް ކަންކަމުގެ މަސްއޫލިއްޔަތު އުފުއްލަވަން ހުންނެވި މިނިސްޓަރު ރޯމާދުވާލު ރައްޔިތުންގެ އައިޑެންޓިޓީއިން ވައްކަން ކުރަމުންދާ ތަން ކަމަށް ފައްޔާޒު ވިދާޅުވި އެވެ.
"މިއީ މި ރާއްޖޭގައި ޑިޖިޓަލް އަދި ޓެކް ދާއިރާއިން މިހާތަނަށް ކުރި މަސައްކަތްތަކާއި މި ސަރުކާރުން ކުރަން ރާވާފައިވާ ކަންކަން އެއްކޮށް ފެއިލްވާނެ ކަމުގެ ހެއްކެއް. އައިޑެންޓިޓީއިން ވައްކަން ކުރުމަކީ ނުރައްކާތެރި ކަމެއް. ޒާތީ މައުލޫމާތު ރައްކާ ނުކުރެވޭ ގައުމަކަށް ޑިޖިޓަލް ވުމެއް ނެތް،" އޭނާ ވިދާޅުވި އެވެ.
މިދިޔަ ހަ މަސް ދުވަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ން ހުށަހެޅި ހުރިހާ ފޯމެއް ބާތިލުކޮށް، އެ މައްސަލަ މިނިވަންކަމާ އެކު ބަލައި ފިޔަވަޅު އެޅުމަށް ވެސް ފައްޔާޒު ގޮވައިލެއްވި އެވެ.
މިއަދު ލީކުވެފައިވާ ފޮޓޯތަކުން ފެންނަނީ ޕީއެންސީގެ ފޯމުތަކެއް ފުރުމުގެ މަސައްކަތް ހޯމްލޭންޑު މިނިސްޓްރީގެ މުވައްޒަފުން ކުރަމުންދިޔައިރު އިހުސާން އެ ކޮޓަރީގައި ހުންނަވާ ތަނެވެ. އިހުސާނުގެ އިތުރުން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން ހިންގެވުމާ ހަވާލުވެ ހުންނެވި ހޯމް މިނިސްޓަރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު އަލީ ވެސް އެތަނުގައި އިންނެވި އެވެ.
Comment