Advertisement

ރާއްޖޭގައި ޕޯސްޓްމޯޓަމް ހަދަން ފެށުން އަވަސް ކުރުމަށް ކުޑޫ އެދެފި

14 ޖަނަވަރީ 2025 - 16:51 1

ލީވާން އަލީ ނާސިރު

ލ

Advertisement

ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ): ރާއްޖޭގައި ޕޯސްޓްމޯޓަމް ހަދަން ފެށުން އަވަސް ކުރުމަށް ވަނީ އެދިފައި -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް


ރާއްޖޭގައި ޕޯސްޓްމޯޓަމް ހަދަން ފެށުން އަވަސް ކުރުމަށް ކުޑޫ އެދެފި

14 ޖަނަވަރީ 2025 - 16:51 1

Advertisement

Advertisement

ރާއްޖޭގައި ޕޯސްޓްމޯޓަމް ހެދުމުގައި ގާނޫނީ ހުރަހެއް ނެތުމުން، އެ ހިދުމަތް ވީހާވެސް އަވަހަށް ރާއްޖޭގައި ފެށުމަށް އެދި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ސިޓީއެއް ފޮނުއްވައިފި އެވެ.

ކުޑޫ ވިދާޅުވީ ގޮތް ނޭގޭ މަރުތަކަކީ އެކަމާ މެދު ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް އޮތް ކަމަކަށްވީ ހިނދު، ރާއްޖޭގައި ޕޯސްޓްމޯޓަމް ހެދޭނެ ނިޒާމެއް ގާއިމުކޮށް، ގޮތް ނޭގޭ މަރުތަކުގެ ހަގީގަތް އާންމުންނަށް އޮޅުންފިލުވައިދޭންޖެހޭ ކަމަށެވެ.

Advertisement

"ރާއްޖޭގައި ގޮތް ނޭގޭ މަރުތަކެއް ދުވަހުން ދުވަހަށް މިދަނީ އިތުރުވަމުން. މިގޮތުން ވޭތުވެދިޔަ ދެ މަސް ދުވަހުގެ ތެރޭގައި ވެސް ހަތް މީހުން މަރުވެފައި. މީގެއިތުރުން، ޝައްކު އުފެދޭ ގޮތަށް މަރުވާ މީހުންގެ ޕޯސްޓްމޯޓަމް ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވާކަންދާ ވާހަކަމ މޯލްޑިވްސް ޕޮލިސް ސާވިސްއިން އާއްުމު ކުރައްވާ މައުލޫމާތުން ވެސް ފާހަގަ ކުރެވޭ،" އެ ސިޓީގައި ބުންޏެވެ.

ރާއްޖޭގައި ޕޯސްޓްމޯޓަމް ހަދަން ފެށުމުން ރާއްޖެއިން ބޭރަށް ޕޯސްޓްމޯޓަމް ހަދަން ފޮނުވުމަށް ދައުލަތުގެ ބަޖެޓުން ކުރަން ޖެހޭ ހޭދަތައް އެތައް ގުނައަކުން ކުޑަ ކުރެވޭނެ ކަމަށް ވެސް ކުޑޫ ފާހަގަކުރެއްވި އެވެ.

ކުޑޫ ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން، ޖިނާއީ ކުށަކާ ގުޅިގެން މަރުވެފައިވާ މީހަކު މަރުވި ސަބަބު ދެނެގަތުމަށް އަދި ގޮތް ނޭނގޭ މަރުތަކުގެ ހަގީގަތް ދެނެގަތުމަށް މަރުވެފައިވާ މީހާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމުގެ އިހުތިޔާރު ފުލުހުންނަށް ލިބިގެންވާ ކަމަށެވެ.

Advertisement

ދިވެހި ފުލުހުންގެ ހިދުމަތުން އެކުލަވާލާފައިވާ މަރުގެ މައްސަލަތައް ތަހުގީގު ކުރުމަށް ޕޯސްޓްމޯޓަމް ހެދުމުގައި އަމަލު ކުރާނެ އިޖުރާއަތުގެ ގަވާއިދު މެއި 24، 2022، ގައި ދިވެހި ސަރުކާރުގެގެޒެޓުގައި ޝާއިއު ކުރެވިފައިވާއިރު، މިނިސްޓްރީ އޮފް ހެލްތުން އެކުލަވާލާފައިވާ "ނެޝަނަލް ސްޓެންޑާޑް ފޯ ފޮރެންސިކް މެޑިކަލް ސާވިސް އިން މޯލްޑިވްސް" ވަނީ ހެލްތުން އެޕްރިލް 18، 2024، ގައި ޝާއިއު ކޮށްފައިކަން ވެސް ކުޑޫ ފާހަގަކުރެއްވި އެވެ.

މީގެއިތުރުން ކުޑޫ ވަނީ ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނުގައި ފޮރެންސިކް ތަހުލީލުތަކާއި ޕޯސްޓްމޯޓަމްގެ ދަށުން ބަޔާން ކުރެވިފައި ވަނީ "ސިއްހީ ހިދުމަތުގެ ގައުމީ ނިޒާމުގެ ތެރޭގައި ފޮރެންސިކް ތަހުލީލުތަކާއި ޕޯސްޓްމޯޓަމް އާއި އެފަދައިން ކުރެވޭ ތަހުލީލުތައް ކުރާނެ ސިއްހީ ހިދުމަތް ދޭ މަރުކަޒެއް ނުވަތަ އިދާރާއެއް ކަނޑައަޅާނީ މިނިސްޓަރު" ކަން ފާހަގަކުރައްވައިފަ އެވެ.

ރާއްޖޭގައި މަރުވެގެން ޕޯސްޓްމޯޓަމް ހަދަން ޖެހޭ ކަމަށް ފުލުހުން ނިންމާ މީހުންގެ ހަށިގަނޑުތައް ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވަނީ އިންޑިއާއަށެވެ. އިންޑިއާއަށް ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވާ ހަށިގަނޑުތައް އެކޮޅަށް ފޮނުވައި އަނބުރާ ގެންނަން ދުވަސްތަކެއް ނަގަ އެވެ.

މީގެއިތުރުން ޕޯސްޓްމޯޓަމްގެ ވަގުތީ ނަތީޖާ އަދި ދާއިމީ ނަތީޖާ ވެސް ނުލިބި ގިނަ ދުވަސްތަކެއް ނަގާކަން ފާހަގަކުރެވެ އެވެ.

Advertisement

0.00%

0.00%

0.00%

0.00%

މި ލިޔުން ކިޔާލުމުން


Advertisement

Advertisement

ވާނުވާ

about 2 months ago

ކޯއްޗެއް ހޯދަން ކަލޭ ތިޔަ އުޅެނީ. މަރުވީމާ ދެން ކޯއްޗެއް ހޯދަން. ރަނގަޅު ކަމެއް ދުނިޔޭގަ ކުރެވޭތޯއެއްނޫންތަ ބަލަންވީ. ކަލޭވެސް. ތިދެން އެންމެން ހިލޭ ހަދަންޖެހޭ އެއްޗެއްވީމާ ދެންވާނީ ދައުލަތަށް ބުރަޔަކަށް. ކަލޭ އެންމެ ގަދައަށް ދެން އެވާަހަކަ ދައްކާނީ. ނެހެދެޔޭ ނުވެޔޭ ނުވާނެޔޭ ތަނެއްހުރެޔޭ މީހަކުނެތޭ ފަޅޮލޭ އަސާރައޭ. ތިއެއް ހަދައިގެން މިހާތަނަށް ވީކަމެއް ކަލޭ ބުނެބަލަ