23 އޭޕްރީލް 2025 - 14:35 0
ހޮސްޕިޓަލް ޕްރޮޖެކްޓުތައް ހަވާލު ކުރަން ބޭއްވި ރަސްމިއްޔާތު: ނައިފަރު ހޮސްޕިޓަލް އަޕްގްރޭޑު ކުރުމުގެ މަސައްކަތް ވެސް މިއަދު ހަވާލު ކުރި -- ފޮޓޯ: ހެލްތު މިނިސްޓްރީ
23 އޭޕްރީލް 2025 - 14:35 0
ގދ. ތިނަދޫ ހޮސްޕިޓަލާއި ރ. އުނގޫފާރު ހޮސްޕިޓަލުގެ އާ އިމާރާތްތަކެއް އަޅަން އަދި ޅ. ނައިފަރު ހޮސްޕިޓަލް އިމާރާތް ކުރަން މިއަދު ހަވާލުކޮށްފި އެވެ.
ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އާ އިމާރާތް އަޅަން ހަވާލު ކުރީ އެމްޓީސީސީއާ އެވެ. އުނގޫފާރު ހޮސްޕިޓަލުގެ އާ އިމާރާތް އެޅުމުގެ މަސައްކަތް ވެސް ހަވާލު ކުރީ ހަމަ އެ ކުންފުންޏާ އެވެ.
ނައިފަރު ހޮސްޕިޓަލުގެ އާ އިމާރާތް އަޅަން ހަވާލު ކުރީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ އެވެ. އޭގެ އިތުރުން ނައިފަަރު ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް އަޕްގްރޭޑު ކުރަން ކަމަށް ބުނެ އިތުރު ޕްރޮޖެކްޓެއް ވެސް އާރްޑީސީއާ ހަވާލު ކުރި އެވެ.
ޓާޝަރީ ފެންވަރަށް ނައިފަަރު ހޮސްޕިޓަލު އަޕްގްރޭޑު ކުރަން ކަމަށް ބުނެ ކުރާ މަސައްކަތަކީ ލޭބާ ރޫމް ކޮމްޕްލެކްސް އާއި އައިސީޔޫ އަޕްގްރޭޑު ކުރުމެވެ.
އެ ޕްރޮޖެކްޓުތައް ހަވާލު ކުރުމުގެ ރަސްމިއްޔާތު ބޭއްވީ މިއަދު ހެލްތު މިނިސްޓްރީގަ އެވެ. އެ ރަސްމިއްޔާތުގައި މިނިސްޓަރު އަބްދުﷲ ނާޒިމް ބައިވެރިވެވަޑައިގެންނެވި އެވެ. އަދި އެމްޓީސީ އާއި އާރްޑީސީގެ އިސް ވެރިން ވެސް އެ ރަސްމިއްޔާތުގައި ބައިވެރިވި އެވެ.
Comment