about 16 hours 0
ލީވާން އަލީ ނާސިރު
ދިރާގު ރޯދަ ރެޑީ ޕްރޮމޯޝަނަށް ހުޅުވާލަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ؛ ދިރާގު
about 16 hours 0
ދިރާގުން ރޯދަ މަހުގެ ކުރިން ކުރިއަށް ގެންދާ "ރޯދަ ރެޑީ" އޮފާގެ ދަށުން ހަތަރު މީހަކަށް އުމްރާ ދަތުރެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އަންނަ ފެބްރުއަރީ 28، ގެ ނިޔަލަށް ކުރިއަށްދާ ރޯދަ ރެޑީ ޕްރޮމޯޝަންގައި ލިމިޓެއް ނެތް 30-އެމް ނުވަތަ އެއަށްވުރެ މަތީ ޕްލޭނޭއް ނަގައިގެން، ލިމިޓެއް ނެތް 30-އެމް ގެ ޕްލޭނަކަށް އަޕްގްރޭޑް ކޮށްގެން އަދި ޕްރޮމޯޝަންގެ މުއްދަތުގައި ލިމިޓެއް ނެތް 30-އެމް ޕްލޭން ޑައުންގްރޭޑް ނުކުރާ ހުރިހާ ކަސްޓަމަރުންނަށް ބައިވެރިވުމުގެ ފުރުސަތު ލިބެ އެވެ.
ޕްރޮމޯޝަނުން ހޮވޭ ހަތަރު ނަސީބުވެރިންނަށް އުމްރާގެ އަޅުކަން އަދާ ކުރުމުގެ ފުރުސަތު ލިބޭނީ އަންނަ ޖުލައި 22، އިން އޮގަސްޓް 6، ގެ ނިޔަލަށެވެ.
މީގެއިތުރުން ރޯދަ ރެޑީ ޕްރޮމޯޝަންގެ ދަށުން ދިރާގުގެ ޕްރިޕެއިޑް، ޕޯސްޕެއިޑް އަދި ފައިބާއަށް ސަބްސްކްރައިބް ކުރާ މީހުންގެ ތެރެއިން ހޮވޭ 10 ކަސްޓަމަރަކަށް ދިރާގުން ފުރުސަތު ދޭ ފިހާރައަކުން މިނެޓެއް ތެރޭގައި ބޭނުން އެއްޗެއް ގަތުމުގެ ފުރުސަތު ލިބޭނެ އެވެ.
ދިރާގުން ބުނީ އެ ޕްރޮމޯޝަންގެ ދަށުން ފިހާރައިން ތަކެތި ގަނެވޭނީ 4،000ރ. އާ ހަމައަށް ކަމަށެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި ރޯދަ މަހަށް ދިރާގުން ކުރިއަށް ގެންދާ ޕްރޮމޯޝަންތަކާ ބެހޭ މައުލޫމާތު ހާމަ ކުރަމުންދާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.
ދިރާގުން ކޮންމެ އަހަރަކު ވެސް ރޯދަ މަހާ ދިމާކޮށް އަދި ރޯދަ މަހުގައި ވެސް ތަފާތު އަގުހުރި އިނާމުތައް ލިބޭ ޕްރޮމޯޝަންތައް ކުރިއަށް ގެންދެ އެވެ.
Comment