14 ޖަނަވަރީ 2025 - 11:46 0
ލީވާން އަލީ ނާސިރު
ހައްޖުގެ އަޅުކަމުގައި ބަޔަކު މަސްއޫލުވެ -- ފޮޓޯ: އޭއެފްޕީ
14 ޖަނަވަރީ 2025 - 11:46 0
އުމްރާއަށް މީހުން ގެންދިއުމުގެ އުސޫލާ ހިލާފުވި 19 ކުންފުންޏެއް އިސްލާމިކް މިނިސްޓްރީން 5،000ރ. އިން މިއަދު ޖޫރިމަނާ ކޮށްފި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އުމްރާއަށް މީހުން ގެންދިއުމުގެ އުސޫޫލާ ބައެއް ކުންފުނިތަކުން ހިލާފުވެފައިވާ މައްސަލަ ފެންމަތިވުމުން، 19 ކުންފުންޏެއް ޖޫރިމަނާކުރީ މައްސަލައިގެ ކުޑަބޮޑު މިނަށް ބެލުމަށްފަހު ކަމަށެވެ.
"އުމްރާއަށް މީހުން ގެންދިއުމުގެ އުސޫލާ ހިލާފު ވެފައިވާތީ އެ ކަންކަމުގެ ކުޑަބޮޑު މިނަށް ބަލައި، 19 ކުންފުންޏެއް 5،000ރ. އިން ޖޫރިމަނާ ކޮށްފައި ވަނީ،" އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
އުމްރާއަށް މީހުން ގެންދިއުމަށް އިސްލާމިކް މިނިސްޓްރީން ދީފައިވާ ރަސްމީ ލައިސަންގެ ދައްކައިގެން އުމްރާއަށް ފުރަން ކަމަށް ހަދައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ޑޮަލަރު ނަގައި، އުމްރާއަށް ނުދިޔަ ކުންފުންޏެއް ފާހަގަ ކުރެވިފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އެކަން އިތުރަށް ބަލައި، މިނިސްޓްރީއަށް އެކަން ސާބިތު ވެއްޖެ ނަމަ އެ ކުންފުނި 30،000ރ. އިން ރުފިޔާއިން ޖޫރިމަނާކޮށް ހުއްދަ ހިފެހެއްޓުމުގެ އިތުރުން މައްސަލަ ތަހުގީގު ކުރަން ފުލުހުންނަށް ފޮނުވާނެ ކަމަށެވެ.
"އެއީ ޑޮލަރު ދޫކުރާނީ ފުރުމުގެ ޓިކެޓާއި ޑޮކިއުމެންޓްސް ހުށަހެޅުމުން ކަމުގައި ވެފައި ފޭކު ޑޮކިއުމެންޓް ހުށަހެޅިކަމަށް ތުހުމަތު ކުރެވޭތީ," މިނިސްޓްރީން ބުންޏެވެ.
އުމްރާއަށް މީހުން ގެންދިއުމުގައި އަމަލު ކުރަން ގެޒެޓް ކޮށްފައިވާ އުސޫލަށް އަމަލު ނުކުރާ ހުރިހާ ކުންފުންޏަކަށް ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން އިސްލާމިކް މިނިސްޓްރީންދެ އެވެ.
Comment