9 ޖަނަވަރީ 2025 - 10:52 1
މުހައްމަދު ޝަހްޒާން
9 ޖަނަވަރީ 2025 - 10:52 1
އުމްރާވެރިންގެ ފައިސާތައް ބޭނުން ކުރުމަށްފަހު ސައުދީގައި އެމީހުން ހާލުގައި ޖެއްސި އަލްހިޖްރަ ޓްރެވެލްސް އެންޑް ޓުއާސްގެ ހުއްދަ ބާތިލުކޮށް 100،000ރ. އިން ޖޫރިމަނާ ކުރަން އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އުމްރާވެރިން ދެއްކި ފައިސާ ގްރޫޕުގެ އެހެން ކަންކަމަށް ބޭނުންކުރި ކަމަށް އަލްހިޖްރަ ގްރޫޕުން އިއުތިރާފުވެފައިވާ ކަމަށެވެ. އަދި އެ ގްރޫޕުން ސައުދީގައި ހާލުގައި ޖައްސާފައި ތިބި 23 އުމްރާވެރިން ހައްޖު ކޯޕަރޭޝަން ލިމިޓެޑުގެ ބެލުމުގެ ދަށަށް މިއަދު ބަދަލު ކޮށްފައިވާ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.
މައްކާގައި ތާށިވި އުމްރާވެރިންނަށް އެހީވަނީ
"އަލްހިޖްރަ ކިޔާ ކުންފުންޏެއްގެ ހަވާލުގައި އުމްރާއަށް ދިޔަ ބަޔަކަށް ދިމާވެފައިވާ ހާލަތު މިނިސްޓްރީގެ ސަމާލުކަމަށް ވަނީ އައިސްފައި، [އެ] ރައްޔިތުން އެނބުރި ގައުމަށް އައުމަށް ކޮށްދެވެން އޮތް ކަމެއް މިނިސްޓްރީން ކުރާނެ." ޝަހީމްގެ ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.
މައްކާގައި ތާށިވި އުމްރާވެރިންނަށް އެހީވަނީ
"އަލްހިޖްރަ ކިޔާ ކުންފުންޏެއްގެ ހަވާލުގައި އުމްރާއަށް ދިޔަ ބަޔަކަށް ދިމާވެފައިވާ ހާލަތު މިނިސްޓްރީގެ ސަމާލުކަމަށް ވަނީ އައިސްފައި، [އެ] ރައްޔިތުން އެނބުރި ގައުމަށް އައުމަށް ކޮށްދެވެން އޮތް ކަމެއް މިނިސްޓްރީން ކުރާނެ." ޝަހީމްގެ ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.
އަލްހިޖްރަ ގްރޫޕުން އުމްރާވެރިންނާ މެދު އަމަލު ކޮށްފައިވާ ގޮތުން ޖުމުލަ ފަސް ފިޔަވަޅެއް އެޅުމަށް ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.
އެގޮތުން މީހުން އުމްރާއަށް ގެންދިޔުމަށް އަލްހިޖްރަ ގްރޫޕަށް މިނިސްޓްރީން ދޫކޮށްފައިވާ ހުއްދަ ހިފެހެއްޓުމަށާއި އެ ކުންފުނީގެ ހިއްސާދާރެއްގެ އެހެން އެއްވެސް ކުންފުންޏަކުަށް ވެސް އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ ނުދިނުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ނިންމައިފަ އެވެ.
އޭގެއިތުރުން އަލްހިޖްރަ ގްރޫޕުން ސައުދީގައި ހާލުގައި ޖެއްސި މީހުން އަނބުރާ ރާއްޖެއަށް ގެންނަން ކުރާ ހަރަދު އެ ކުންފުނިން ހޯދުމަށާއި އެ ކުންފުނި 100،000ރ. އިން ޖޫރިމަނާ ކުރުމަށް ވެސް އިސްލާމިިކް މިނިސްޓްރީން ނިންމާފައިވެ އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ، އަލްހިޖްރަ ގްރޫޕުން އަމަލު ކޮށްފައި ވަނީ މިނި އުމްރާއަށް މީހުން ގެންދިޔުމާ ބެހޭ އުސޫލާ ހިލާފަށް ކަމަށް ވާތީ އެ މައްސަލަ ތަހުގީގުކޮށް ގާނޫނީ ފިޔަވަޅު އަޅައިދިނުމަށް އެދި ފުލުހުންގެ މުއައްސަސާއަށް މައްސަލަ ހުށަހަޅަން ވެސް އެ މިނިސްޓްރީން ނިންމާފައިވާ ކަމަށެވެ.
100.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment