9 ޖަނަވަރީ 2025 - 07:53 0
ލީވާން އަލީ ނާސިރު
9 ޖަނަވަރީ 2025 - 07:53 0
ތަޖުރިބާކާރު ކޮންސަލްޓަންޓުންނާއި ސާޖަނުންގެ ޓީމެއްގެ ބެލުމުގެ ދަށުން ކޮންމެ އަހަރެއްގެ ސްކޫލް ޗުއްޓީއާ ދިމާކޮށް ޓްރީ ޓޮޕް ހޮސްޕިޓަލުން ހިންގާ ހިތާނީ ކޭމްޕް ކާމިޔާބު ކަމާއި އެކު ނިންމާލައިފި އެވެ.
މިދިޔަ ޑިސެމްބަރު 24, އިން ޖެނުއަރީ 3، ގެ ނިޔަލަށް ކުރިއަށް ގެންދިޔަ އެ ކޭމްޕްގައި 160 ކުދިން ބައިވެރިވި އެވެ.
ހިތާނީ ކޭމްޕްގައި ހިތާނު ކުރުމުގެ ކުރިން ދޭންޖެހޭ މަޝްވަރާތަކާއި، ހިތާނު ކުރުމުގެ އަމަލީ މަސައްކަތާއި، އޭގެފަހުން ބަލަންޖެހޭ ބެލުންތަކާއި އެހެނިހެން މުހިންމު ކަންކަން ހިމެނިފައިވެ އެވެ.
ޓްރީ ޓޮޕްގެ ސީއީއޯ ޑރ. ސްރީވަތްސަން ސްރީދާ ޖީ ވިދާޅުވީ އެ ހިތާނީ ކޭމްޕަކީ ދިވެހި އާއިލާތަކުން ވަރަށް ބޮޑު އިތުބާރެއް ކުރާ ހިދުމަތަކަށްވެފައި، އެ ހިދުމަތުގެ ފެންވަރު ދެމެހެއްޓުމަށާއި އިތުރަށް ރަނގަޅުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
މީގެއިތުރުން، ކުރިއަށް އޮތް ސްކޫލް ޗުއްޓީތަކާ ދިމާކޮށް އިތުރު ހިތާނީ ކޭމްޕްތަކެއް ބޭއްވުމަށް ރާވަމުންދާ ކަމަށާއި، އެކަމާ ގުޅޭ މައުލޫމާތު ކުރިއަށް އޮތް ދުވަސްތަކުގައި ހާމަ ކުރާނެ ކަމަށް ޓްރީ ޓޮޕުން ބުންޏެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ސިއްހީ ހިދުމަތުގެ ދާއިރާގައި އިސް ދައުރެއް އަދާކުރަމުން އަންނަ ހޮސްޕިޓަލެކެވެ. އެ ހޮސްޕިޓަލުގެ މައިގަނޑު އަމާޒަކީ އައު އުސޫލުތަކާއި ހިދުމަތްތައް ތައާރަފުކޮށް، ދިވެހިން ބޭރު ގައުމުތަކަށް ސިއްހީ ފަރުވާ ހޯދަން ދާންޖެހުން މަދުކޮށް،، ސިއްހީ ހިދުމަތުގެ ހަރަދުތައް ކުޑަކުރުމެވެ.
އެންމެ ޒަމާނީ ޓެކްނޮލޮޖީ އާއި ފުރިހަމަ ލެބޯޓަރީ ހިދުމަތްތަކާއި އެކު، ޓްރީޓޮޕްގެ ތަޖުރިބާކާރު ސިއްހީ ހިދުމަތްތެރިންގެ އަމާޒަކީ ދިވެހިންނަށް ގިނަ ސިއްހީ ހިދުމަތްތަކެއް ފޯރުކޮށްދިނުން ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment