Advertisement

ހުލާސާކޮށް އިއްޔެ: 2024ގެ ޑެފިސިޓު 15 ބިލިއަން ރުފިޔާ އަށް

about 19 hours 0


ހުލާސާކޮށް އިއްޔެ: 2024ގެ ޑެފިސިޓު 15 ބިލިއަން ރުފިޔާ އަށް

about 19 hours 0

އާމްދަނީ އިތުރުކުރަން އެޅި ފިޔަވަޅުތަކުން ބައެއް ދާއިރާތަކުން ލިބުނު އާމްދަނީ އިތުރުވީ ނަމަވެސް ހަރަދުތައް ކުޑަކުރަން އެއްވެސް ފިޔަވަޅެއް ނާޅައި އޮތުމުން ނިމުނު އަހަރުގެ ބަޖެޓު ޑެފިސިޓު 15 ބިލިއަން ރުފިޔާއާ ގާތްކޮށްފި ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ މިދިޔަ އަހަރުގެ އެންމެ ފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓު ރިޕޯޓުން ދައްކާ ގޮތުގައި, މިދިޔަ މަހުގެ 26, އާ ހަމައަށް ބަޖެޓު ޑެފިސިޓު ހުރީ 14.8 ބިލިއަން ރުފިޔާގަ އެވެ. މިއީ ކުރީގެ ހުރިހާ އަހަރެއްގެ އަދަދުތަކާ އަޅާ ބެލި ކަމުގައި ވިޔަސް ރެކޯޑު އަދަދެއްގެ ޑެފިސިޓެކެވެ.

އެންމެ ފަހުގެ ތަފާސްހިސާބުތަކާ ހަމައަށް އަހަރު ނުނިމޭތީ އާއި އެޖަސްޓްމަންޓުތައް ގެންނަން ޖެހޭތީ ބަޖެޓުގަ އަސްލު (އެކްޗުއަލް) ހަރަދުތަކަށް ބަދަލު އަންނާނެ އެވެ. އެހެންކަމުން ބަޖެޓު ޑެފިސިޓު މިއަށް ވުރެ ވެސް ބޮޑުވާނެ އެވެ.

ފިނޭންސް މިނިސްޓްރީން ލަފާކުރަނީ ސަޕްލިމެންޓަރީ ބަޖެޓާއެކީ މި އަހަރުގެ ޑެފިސިޓު 18.4 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށެވެ.

އެކި އަހަރުތަކުގައި ބަޖެޓު ޑެފިސިޓު (2024 ފިޔަވައި އެކްޗުއަލް އަދަދުތައް)

  • 2017 - 2.7 ބިލިއަން ރުފިޔާ
  • 2018 - 3.8 ބިލިއަން ރުފިޔާ
  • 2019 - 5.7 ބިލިއަން ރުފިޔާ
  • 2020 - 13.5 ބިލިއަން ރުފިޔާ
  • 2021 - 11.4 ބިލިއަން ރުފިޔާ
  • 2022 - 11.3 ބިލިއަން ރުފިޔާ
  • 2023 - 13.5 ބިލިއަން ރުފިޔާ
  • 2024 - 14.8 ބިލިއަން ރުފިޔާ

މިދިޔަ އަހަރުގެ ރިކަރަންޓު ހަރަދު 33.9 ބިލިއަން ރުފިޔާގައި ހުރިއިރު, ކެޕިޓަލް ހަރަދުތައް ހުރީ 14.6 ބިލިއަން ރުފިޔާގަ އެވެ. ރިކަރަންޓު ހަރަދުތަކުގެ ބޮޑު ބައެއް ހިންގީ އިދާރީ އަދި ހިންގުމުގެ ހަރަދުތަކަށެވެ. އަދި ކެޕިޓަލް ހަރަދުތަކުގެ ބޮޑު ބަޔެއް ހިނގީ އިންފްރާސްޓްރަކްޗާ ގާއިމުކުރުމަށެވެ.

ހަރަދުކުރަން ޖެހުނު އިތުރު ކަންކަމުގެ ތެރެއިން މިދިޔަ އަހަރުގެ ތެރޭގައި ދަރަނީގެ އިންޓްރެސްޓު އަދާކުރުމަށާއި ފައިނޭންސް ކުރަން 4.5 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. ބަޖެޓުގައި ބާކީ ހުރީ 4.2 ބިލިއަން ރުފިޔާ އެވެ.

މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 33.6 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އޭގެ ބޮޑު ބައެއް ހިއްސާކުރަނީ ޓެކްސް އާމްދަނީގެ ގޮތުގައި ލިބުނު 25.5 ބިލިއަން ރުފިޔާ އެވެ. އޭގެ އިތުރުން ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 7.5 ބިލިއަން ރުފިޔާ އަދި ހިލޭ އެހީގެ ގޮތުގައި 658 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

މުހިއްމު ބައެއް ހަބަރު