Advertisement

މޯލްޑިވިއަންގެ ފުރަތަމަ ވައިޑް ބޮޑީ އެއާކްރާފްޓު ގެނެސްފި

6 ޖަނަވަރީ 2025 - 12:14 1

އަމަން ހަލީމް

އ

Advertisement

މޯލްޑިވިއަންގެ ފުރަތަމަ ވައިޑްބޮޑީ އެއާކްރާފްޓު: މި މަތިންދާބޯޓު ރާއްޖެ ގެންނަ ކްރޫގައި ހިމެނެނީ ހުސް ދިވެހިން -- ފޮޓޯ: މޯލްޑިވިއަން


މޯލްޑިވިއަންގެ ފުރަތަމަ ވައިޑް ބޮޑީ އެއާކްރާފްޓު ގެނެސްފި

6 ޖަނަވަރީ 2025 - 12:14 1

Advertisement

ގައުމީ އެއާލައިން, މޯލްޑިވިއަންގެ ފުރަތަމަ ވައިޑް ބޮޑީ އެއާކްރާފްޓު ގެނެސް ޗައިނާގެ ތިން މަންޒިލަކަށް ދަތުރުތައް ފަށަން ތައްޔާރުވެފައިވާ ކަމަށް އެ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސްއިން މިއަދު ހާމަކޮށްފި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައި, ވައިޑް ބޮޑީ އެއާކްރާފްޓު ގެނެސް ދަތުރުތައް ފެށުން އިފްތިތާހުކޮށްދެއްވީ ރައީސްް ޑރ. މުހައްމަދު މުއިއްޒެވެ. މި ރަސްމިއްޔާތުގައި ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީނާއި ސަރުކާރުގެ އިސްވެރިންނާއި އައިލެންޑް އޭވިއޭޝަނުގެ ވެރިން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

Advertisement

މޯލްޑިވިއަންއިން ބުނި ގޮތުގައި ޖުމްލަ 264 ސީޓު ހިމެނޭ މި އެއާބަސް 330-200 އިން ފުރަތަމަ ދަތުރުތައް ރޭވިފައިވަނީ ޗައިނާގެ ބެއިޖިން އާއި ޝެންހާއީ އާއި ޗެންޑޫއަށެވެ. މި އެއާކްރާފްޓުގައި ބިޒްނަސް ކްލާހާއި, ޕްރީމިއަމް އިކޮނޮމީ ކްލާހާއި އިކޮނޮމީ ކްލާހުގެ ގޮނޑިތައް ހިމެނެ އެވެ.

މިއީ ފުރަތަމަ ވައިޑްބޮޑީ އެއާކްރާފްޓު ނަމަވެސް މީގެ ދެވަނަ އެއާކްރާފްޓެއް ގެންނަން ވެސް މޯލްޑިވިއަނުން ވަނީ ރާވާފަ އެވެ. މި ދެ މަތިންދާބޯޓާއެކީ އަހަރަކު 65,000 ޓޫރިސްޓުން ގެނެވޭނެ މަގުފަހިވެ, ކޮންމެ ފްލައިޓެއްގައި 10 ޓަނުގެ އެއާކާގޯ އުފުލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް މޯލްޑިވިއަނުން ބުންޏެވެ.

މޯލްޑިވިއަންއިން މި މަތިންދާ ބޯޓުތައް ކުއްޔަށް ނެގީ ނެދަލޭންޑްސްގެ ޓްރޫނޯޑު ކުންފުނިންނެވެ. އެ ކުންފުންޏާއެކީ މި އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ.

Advertisement

މީގެ ކުރިން މޯލްޑިވިއަންގެ ބައިނަލްއަގުވާމީ ދަތުރުތަކުގައި ބޭނުންކުރަމުން އައީ އެއާބަސް-321، އެއާބަސް-320 ގެ ދެ ބޯޓެވެ. އޭގެ ތެރެއިން އެއާބަސް އޭ321 މަރުކާގެ ބޯޓުގެ މެއިންޓަނެންސްގެ ހަރަދު ބޮޑުވާތީ، އެ ބޯޓުގެ ލީސްގެ މުއްދަތު އިތުރުނުކޮށް، މޯލްޑިވިއަން އިން ވަނީ އެ ބޯޓު ދޫކޮށްލާފަ އެވެ.

Advertisement

0.00%

0.00%

0.00%

0.00%

މި ލިޔުން ކިޔާލުމުން


Advertisement

Advertisement

އަސްލު.....

2 months ago

ފުލައިޓެއް އަންނާތީތަ ރައީސުލް ޖުމުހުރުްޔާ އެއަރޕޯޓަށް ވަޑައިަތީ، ހީކުރެވުނީ ރާއްޖެއިން ތައްޔާރުކުރި ބޯޓެއްހެން އަދި ލައިވު ކޮށް ދައްކަމުން ދިޔައިރު އެބޯޓުގެ ހުންނަނީ ދެ އިންޖީނުއަޅަފަކަމާ އޭގެމޮޅުކަން އަދި ދަތުރުކުރެވޭ ދުރުމިން ކިއާލާ ފޮނިކަޑާ ގޮތަށް ވީމަ ހީވީ.... ކޮންވައްތަރު ރައީސް...