Advertisement

ފުލުސް ކާރު އެކްސިޑެންޓުވި މަންޒަރު ދުށް މީހަކު ހޯދަނީ

5 ޖަނަވަރީ 2025 - 10:50 2

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ހުޅުމާލޭގައި ފުލުސް ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގުން: އެ އެކްސިޑެންޓުގެ މަންޒަރު ދުށް މީހަކު ބޭނުންވާ ކަމަށް ފުލުހުން ވަނީ ބުނެފައި -- ފޮޓޯ: އަދަދު


ފުލުސް ކާރު އެކްސިޑެންޓުވި މަންޒަރު ދުށް މީހަކު ހޯދަނީ

5 ޖަނަވަރީ 2025 - 10:50 2

ޑިސެމްބަރު 27، ގެ ރޭ ދަންވަރު 01:45 ހާއިރު ހުޅުމާލެ ފޭސް 2 ގައި ފުލުސް ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓުގެ މަންޒަރު ދުށް މީހަކު ހޯދަން ބޭނުންވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފޭސް 2 ގެ ނިރޮޅު މަގާއި ގުލްއަލާމާ ހިނގުން ގުޅޭ ހިސާބުގައި ހިނގި އެ އެކްސިޑެންޓު ފެނުނު މީހަކު ހުރިނަމަ ޓްރެފިކް އިންވެސްޓިގޭޝަންގެ ނަންބަރު 9444880 ނަންބަރަށް ގުޅުމަށް ފުލުހުން އެދެ އެވެ.

އެ އެކްސިޑެންޓުގައި ސައިކަލު ދުއްވި 18 އަހަރުގެ ޒުވާނާއަށް އައިޖީއެމްއެޗް ހޮސްޕިޓަލުގައި ވެންޓިލޭޓަރުގެ އެހީގައި އަންނަނީ ފަރުވާ ދެމުންނެެވެ.

އެ އެކްސިޑެންޓުގައި ފުލުސް ކާރު ދުއްވަން ހުރި އޮފިސަރުގެ އެއްވެސް އިހުމާލެއް އޮތްތޯ ބަލަމުންދާ ކަމަށް ފުލުހުން ވަނީ މީގެ ކުރިން ބުނެފަ އެވެ.

ފުލުހުން ބުނީ އެ އެކްސިޑެންޓު ހިނގީ ހުޅުމާލޭ ފޭސް 2، ގުލްއަލާމަގުން އިރުން ހުޅަނގަށް ނިރޮޅު މަގު ހުރަސްކުރަމުންދިޔަ ފުލުހުންގެ ވެހިކަލާއި ނިރޮޅު މަގުން އުތުރުން ދެކުނަށް ބާރު ދުވެލީގައި ދުއްވާފައި އައި ސައިކަލެއް ޖެހިގެން ކަމަށެވެ.

ނުރައްކާތެރި އެކްސިޑެންޓްތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އާޅާނެކަމުގެ ޔަގީންކަން ފުލުހުން ވަނީ އަރުވާފަ އެވެ.