Advertisement

ގާޒާގެ އިންޑޮނީޝިއަން ހޮސްޕިޓަލުން ދޭ ހިދުމަތްތައް ހުއްޓުމަކަށް

5 ޖަނަވަރީ 2025 - 08:54 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ގާޒާގެ އިންޑޮނީޝިއަން ހޮސްޕިޓަލް


ގާޒާގެ އިންޑޮނީޝިއަން ހޮސްޕިޓަލުން ދޭ ހިދުމަތްތައް ހުއްޓުމަކަށް

5 ޖަނަވަރީ 2025 - 08:54 0

ފަލަސްތީނުގެ ގާޒާގައި ޒަހަމްވާ މީހުންނަށް ފަރުވާ ދެމުންދިޔަ އިންޑޮނީޝިއަން ހޮސްޕިޓަލުން ދެމުންދިޔަ ހިދުމަތްތައް ހުއްޓުމުކަށް ގެނެސްފި އެވެ.

ގާޒާގެ ހެލްތު މިނިސްޓްރީން ބުނީ އިންޑޮނީޝިއަން ހޮސްޕިޓަލުން ދެމުންދިޔަ ހިދުމަތްތައް ހުއްޓުމަކަށް އައުމުން އެ ހޮސްޕިޓަލަށް ޒަހަމްވެގެން ގެންނަ އެއްވެސް މީހަކަށް ފަރުވާ ނުދެވޭނެ ކަމަށެވެ.

އެ ހޮސްޕިޓަލުގެ ހިދުމަތްތައް ހުއްޓާލަން ޖެހުނީ އިޒްރޭލުގެ އިންޒާރުތަކުގެ ސަބަބުން މަޖުބޫރުވެގެންނެވެ. އިޒްރޭލުން ވަނީ ހުކުރު ދުވަހު އިންޑޮނީޝިއަން ހޮސްޕިޓަލް ވަށާލައި، އެތަން ހުސްކުރަން އަމުރު ކޮށްފަ އެވެ.

އިޒްރޭލުން އަންނަނީ ގާޒާގެ ހޮސްޕިޓަލުތަކަށް އަމާޒުކޮށް ހަމަލާތައް ދީ، ޒަހަމްވާ މީހުންނަށް ހޮސްޕިޓަލުތަކުން ދެމުން އަންނަ ހިދުމަތްތައް ހުއްޓުވަން މަސައްކަތް ކުރަމުންނެވެ.

އެގޮތުން ގާޒާގެ ކަމާލް އަދުވާން ހޮސްޕިޓަލަށް މިދިޔަ ހަފްތާގައި އިޒްރޭލުން ދިން ހަމަލާގައި އެ ހޮސްޕިޓަލުގައި ތިބި މުވައްޒަފުންނާއި ޕޭޝަންޓުންނަށް ބޮޑެތި ޒަހަމްތަކެއް ލިބުނެވެ.

އުތުރު ގާޒާގައި އިންޑޮނީޝިއަން ހޮސްޕިޓަލުގެ އިތުރުން ހިދުމަތް ދެމުން އަންނަނީ ކަމާލް އަދުވާން އަދި ބެއިޓް ހަނޫން ހޮސްޕިޓަލެވެ. އެ ތިން ހޮސްޕިޓަލުން ދެމުން އަންނަ ހިދުމަތް ވެސް ވަނީ ހުއްޓިފަ އެވެ.

ގާޒާގައި އޮކްޓޯބަރު 7، 2023، އިން ފެށިގެން ހިންގާ ނަސްލު ހޭދައިގައި މިހާތަނަށް 45،658 މީހުން މަރާލާފައިވާއިރު، އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.