ޓްރީ ޓޮޕް ހޮސްޕިޓަލުގެ މާލޭގައި ހުންނަ ޓީޓީއެޗް ކްލިނިކަށް ހިދުމަތްތަކެއް އިތުރުކޮށްފި

1 ޖަނަވަރީ 2025 - 11:49 0

ލީވާން އަލީ ނާސިރު

ލ

ޓީޓީއެޗް ކްލިނިކް: އެ ކްލިނިކަށް ހިދުމަތްތަކެއް ވަނީ އިތުރުކޮށްފައި


ޓްރީ ޓޮޕް ހޮސްޕިޓަލުގެ މާލޭގައި ހުންނަ ޓީޓީއެޗް ކްލިނިކަށް ހިދުމަތްތަކެއް އިތުރުކޮށްފި

1 ޖަނަވަރީ 2025 - 11:49 0

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ހިދުމަތް ފަސޭހަކަމާ އެކު މާލެއިން ފޯރުކޮށްދިނުމުގެ ގޮތުން އެ ހޮސްޕިޓަލުގެ މާލޭގެ ބުރުޒު މަގުގައި ހުންނަ ޓީޓީއެޗް ކްލިނިކްގައި ފެމިލީ މެޑިސިން އަދި ފިޒިއޯތެރަޕީގެ އައު ހިދުމަތްތަކެއް މިއަދު ތައާރަފް ކޮށްފިއެވެ.

ޓްރީ ޓޮޕުން ބުނީ ބޭސްގަނޑު ބަދަލުކުރުންފަދަ ކުދި ފަރުވާތަކަށް ހާއްސަ ޓްރީޓްމަންޓް ރޫމެއް ކްލިނިކްގައި ހުންނާނެ ކަމަށާއި ކުރިއަށް އޮތް ތަނުގައި އޮކިއުޕޭޝަނަލް ތެރަޕީގެ ހިދުމަތްވެސް ތައާރަފުކުރުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ.

އެ ހިދުމަތްތައް މާލެއިން ފޯރުކޮށްދިނުމުން ކުރިން ފަރުވާ ހޯދުމަށް ހުޅުމާލޭގައި ހުންނަ ޓްރީ ޓޮޕަށް ދަތުރުކުރަން ނުޖެހި، ވަގުތާއި ދަތުރުފަތުރުގެ ހަރަދު ސަލާމަތްވާނެ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލްގެ ސީއީއޯ ޑރ. ސްރީވަތްސަން ސްރީދާ ޖީ ވިދާޅުވީ މާލޭގައި އެ ހިދުމަތްތައް އިތުރަށް ފުޅާކުރުމުގެ ސަބަބުން ބަލިމީހާއަށް ފަސޭހައިން ފުރިހަމަ ސިއްޙީ ޚިދުމަތްތަކެއް ފޯރުކޮށްދެވޭނެ ކަމަށެވެ.

"އަޅުގަނޑުމެންގެ މަގުސަދަކީ ބަލިމީހުންގެ ބަދަލުވަމުންދާ ސިއްހީ ބޭނުންތަކަށް އިޖާބަދިނުމާއި، ހިދުމަތް ލިބިގަތުމަށް ފަސޭހަ ގޮތްތައް ހޯދައިދިނުން،" އޭނާ ވިދާޅުވި އެވެ.

ޓީޓީއެޗް ކްލިނިކުން ލިބޭ ޚިދުމަތްތައް:

• ފެމިލީ މެޑިސިން ކޮންސަލްޓޭޝަން

• ކުދި ޓްރީޓްމަންޓްތަކަށް ޙާއްސަ ޓްރީޓްމަންޓް ރޫމް

• "ޕޯސްޓް-އޮޕް ރީހެބް" ނުވަތަ އޮޕަރޭޝަން ކުރުމަށްފަހު ރީހެބިލިޓޭޝަން/ފިޒިއޯތެރަޕީ

• ޕެއިން/ތަދު މެނޭޖްކުރުމުގެ ފަރުވާ

• ދޮށީ އުމުރުގެ މީހުންނަށް އަމާޒުކޮށްފައިވާ ރީހެބިލިޓޭޝަން/ފިޒިއޮތެރަޕީ

• ސްޓްރޯކް ރީހެބިލިޓޭޝަން/ފިޒިއޮތެރަޕީ

• ކުޑަކުދިންގެ ރީހެބިލިޓޭޝަން/ފިޒިއޮތެރަޕީ

• ސްޕޯޓްސް ތެރަޕީ

ޓީޓީއެޗް ކްލިނިކްގެ ފެމިލީ މެޑިސިން ހިދުމަތް ހުކުރު ދުވަސް ފިޔަވައި އެހެން ހުރިހާ ދުވަހެއްގެ ހެނދުނު 09:30 އިން އިރުއޮއްސި 6:00 އަށް ލިބޭނެ އެވެ. މީގެ އިތުރުން ލެބޯޓްރީ ސާމްޕަލް ނެގުމާއި ސާމްޕަލް ކަލެކްޝަންސް ހިދުމަތް ކުރިއެކޭ އެއްގޮތަށް ހެނދުނު 9:00 އިން ހަވީރު 5:00 އަށް ލިބޭނެ އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ދޭ ހިދުމަތްތަކާ ބެހޭ މައުލޫމާތުތައް 3351630 ނަންބަރު ފޯނަށް ގުޅައިގެން ނުވަތަ care@treetophospital.com އަށް މެއިލް ކޮށްގެން ހޯދޭނެ އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ސިއްހީ ހިދުމަތުގެ ދާއިރާގައި އިސް ދައުރެއް އަދާކުރަމުން އަންނަ ހޮސްޕިޓަލްއެކެވެ. އެ ހޮސްޕިޓަލުގެ މައިގަނޑު އަމާޒަކީ އައު އުސޫލުތަކާއި ހިދުމަތްތައް ތައާރަފުކޮށް، ދިވެހި ރައްޔިތުން ބޭރު ގައުމުތަކަށް ސިއްހީ ފަރުވާ ހޯދަން ދާންޖެހޭ ސަބަބު މަދުކުރުމާއި، ސިއްހީ ހިދުމަތުގެ ހަރަދުތައް ކުޑަކުރުމެވެ.

އެގޮތުން އެންމެ ޒަމާނީ ޓެކްނޮލޮޖީއާއި ފުރިހަމަ ލެބޯޓަރީ ހިދުމަތްތަކާއި އެކު، ޓްރީ ޓޮޕް ހޮސްޕިޓަލުގެ ތަޖުރިބާކާރު ސްޕެޝަލިސްޓުންނާއި ސިއްޙީ ދާއިރާގައި އެކި ނަން މަޝްހޫރު ދާއިރާތަކުން ހާއްސަ ޑޮކްޓަރުންގެ އަމާޒަކީ ދިވެހިންނަށް ގިނަގުނަ ސިއްހީ ހިދުމަތްތަކެއް ފޯރުކޮށްދިނުމެވެ.