Advertisement

ހުލާސާކޮށް އިއްޔެ: ސާވިސް ޗާޖު ޑޮލަރުން ދިނުން ހުއްޓައިލަނީ

28 ޑިސެންބަރު 2024 - 01:06 1

Advertisement


ހުލާސާކޮށް އިއްޔެ: ސާވިސް ޗާޖު ޑޮލަރުން ދިނުން ހުއްޓައިލަނީ

28 ޑިސެންބަރު 2024 - 01:06 1

Advertisement

Advertisement

ރާއްޖޭގައި ހިންގާ 11 ރިސޯޓަކުން ސާވިސް ޗާޖު، ޑޮލަރުން ދިނުމުގެ ބަދަލުގައި، ރުފިޔާއިން ދޭން ނިންމައިފި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.

ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) ގެ ޖެނެރަލް ސެކްޓްރީ މައުރޫފް ޒާކިރު "އަދަދު" އަށް ވިދާޅުވީ މިހާތަނަށް 11 ރިސޯޓަކުން ސާވިސް ޗާޖު ރުފިޔާއިން ދޭން ނިންމި ކަމުގެ ސާކިއުލާ ލިބިފައިވާ ކަމަށެވެ.

Advertisement

"11 ރިސޯޓެއްގެ ސާކިއުލާ ވަނީ ލިބިފައި. ސާވިސް ޗާޖު ރުފިޔާއިން ދޭން ނިންމި ރިސޯޓުތައް މިދަނީ ދެނެގަންނަމުން. ވަރަށް އަވަހަށް އެ ރިސޯޓުތައް ހާމަ ކުރާނަން،" އޭނާ ވިދާޅުވި އެވެ.

ސާވިސް ޗާޖަކީ ޑޮލަރުން ދޭން ޖެހޭ އެއްޗެއްކަން ގާނޫނުގައި ކަނޑައެޅިފައި އޮތްއިރު، އެކަން އެގޮތަށް ނުކުރެވޭނެތީ މުވައްޒަފުންނާ މަޝްވަރާ ކުރަމުންދާ ކަމަށް ވެސް މައުރޫފް ވިދާޅުވި އެވެ.

ސާވިސް ޗާޖު ރުފިޔާއިން ދޭން ނިންމީ ބޭރު ފައިސާ މާރު ކުރަން މަޖުބޫރު ކުރާ ގާނޫނުގެ ސަބަބުންނެވެ.

Advertisement

ބޭރު ފައިސާއާ ބެހޭ ބިލު އޮތް ގޮތުން އަންނަ އަހަރުން ފެށިގެން "ކެޓެގަރީ އޭ" ގައި ހިމެނޭ ރިސޯޓުތަކަށް އަންނަ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު ނުވަތަ މީލާދީ މަހެއްގެ ތެރޭގައި ލިބޭ އާމްދަނީގެ 20 ޕަސެންޓު މާރުކުރަން މަޖުބޫރެވެ. އަދި "ކެޓެގަރީ ބީ" ގައި ހިމެނޭ ސަފާރީތަކާއި ގެސްޓުހައުސްތަކާއި ހޮޓާތަކަށް އަންނަ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 25 ޑޮލަރު ނުވަތަ މީލާދީ މަހެއްގެ ތެރޭގައި ލިބޭ އާމްދަނީގެ 20 ޕަސެންޓު މާރުކުރަން ޖެހެ އެވެ.

ޓޫރިޒަމް ނޫން ވިޔަފާރިތަކުގެ ތެރެއިން ބޭރު ފައިސާ ޖަމާކުރުމާއި މާރުކުރުން މަޖުބޫރު ވަނީ ވޭތުވި އަހަރުގެ ތެރޭގައި 15 މިލިއަން ޑޮލަރަށް ވުރެ މަތިން އާމްދަނީ ލިބޭ ވިޔަފާރިތަކަށް އެކަންޏެވެ. މި ވިޔަފާރިތަކަށް ވެސް މީލާދީ މަހެއްގެ ތެރޭގައި ލިބޭ އާމްދަނީގެ 20 ޕަސެންޓު މާރުކުރަން މަޖުބޫރެވެ.

އެ ގާނޫނު، މަޖިލީހުގެ ކޮމިޓީ މަރުހަލާގައި އޮތްއިރު ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކުން ހިންގާ ދެ ޖަމިއްޔާ ކަމުގައިވާ މޯލްޑިވްސް އެސޯސިއޭޝަން ފޯ ޓްރެވަލް އިންޑަސްޓްރީސް (މަޓީ) އާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުވާ އޮޕަރޭޓާސް (މަޓާޓޯ) އިން ހުށަހެޅިކަންކަމަށް ރިއާޔަތްކޮށްފައި ނެތެވެ.

މުހިއްމު ބައެއް ހަބަރު

Advertisement

0.00%

0.00%

0.00%

0.00%

މި ލިޔުން ކިޔާލުމުން


Advertisement

Advertisement

މުލޭ

3 months ago

ސާރވިސް ޗާޖަކީ ޑޮލަރުން ދޭންޖެހޭ އެއްޗެއްނޫން. މުސާރައަކީ ވެސް ޑޮލަރުން ދޭންޖެހޭ އެއްޗެއް ނޫން. މިގައުމުގައި ހުރިހާއެއްޗަކާއި ޚިދުމަތް ދޭންޖެހޭނީ ރުފިޔާއިން. އެކަން ވަރަށް ސާފު. ގަބޫލުކުރިޔަސް ނުކުރިޔަސް އެކަންއޮތީ އެގޮތަށް.