about 14 hours 1
ލީވާން އަލީ ނާސިރު
އިސްދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހަމީދު: އަލީ ހަމީދުގެ ކުންފުންޏަށް 44 މިލިއަން ދިން މައްސަލަ އަވަސް ކުރަން ޕީޖީން ވަނީ އަންގާފައި -- ފޮޓޯ: އަދަދު ފައިލް
about 14 hours 1
ރައްޔިތުންގެ މަޖިލީހުގެ އިސްދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހަމީދުގެ މަސްލަހަތު އޮންނަ ނޯތު ކޯސްޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް ދައުލަތުން 44 މިލިއަން ރުފިޔާ ދިން މައްސަލައިގެ ތަހުގީގު އަވަސް ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން އަންގައިފި އެވެ.
ޕީޖީ އޮފީހުން ބުނީ މިދިޔަ އަހަރު 44 މިލިއަން ރުފިޔާ ނޯތު ކޯސްޓަށް ދިން މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ބެލުމަށްފަހު ފުލުހުންގެ ސަމާލު ކަމަށް ގެނެސްފައިވާ ކަމަށެވެ.
"މައްސަލައަކީ ދިވެހި ދައުލަތާއި، ރައްޔިތުންގެ އާންމު މަސްލަހަތު މަތީ ދަރަޖައަކަށް އޮތް ހައްސާސް މައްސަލައެއް ކަމަށް މި އޮފީހަށް ފެންނާތީ، މި މައްސަލައަށް އިތުރު ސަމާލުކަމެއް ދެއްވައި، މައްސަލައަށް ޚާއްސަ ތަހުގީގު ޓީމެއް އެކުލަވާލައި، އަވަސް މައްސަލައެއްގެ ގޮތުގައި ކުރިއަށް ގެންދެވުމަށް މިއަދު އެ ހިދުމަތުގައި ދަންނަވާފައި ވާނެ،" ޕީޖީން ބުންޏެވެ.
މީގެއިތުރުން އެ މައްސަލައިގައި ހިމެނޭ ފަރާތްތަކާ ގުޅޭ އެ ބާވަތުގެ އިތުރު ޕްރޮޖެކްޓެއްވާނަމަ، އެކަންކަން ވެސް އެ މައްސަލައިގެ ތެރެއިން ތަހުގީގު ކުރުމަށް ޕީޖީން ވަނީ ފުލުހުންނަށް އަންގާފަ އެވެ.
ނޯތު ކޯސްޓް ކޮންސްޓްރަކްޝަނަށް އޮފީސް އިމާރާތެއް އެޅުމަށް އެޑްވާންސް ޕޭމަންޓެއްގެ ގޮތުގައި އާސަންދައިން 44 މިލިއަން ރުފިޔާ ދިން މައްސަލައިގައި ޖިނާއީ ތަހުގީގެއް ހިންގުމަށް ފުލުސް އޮފީހަށް ފޮނުވީ އާސަންދައިން މާލިއްޔަތު ކޮމިޓީއަށް ފޮނުވި ސިޓީއަކާ ގުޅިގެން މިދިޔަ އޮކްޓޯބަރު 29، ގަ އެވެ.
މާލިއްޔަތު ކޮމިޓީއަށް އާސަންދައިން ފޮނުވި ސިޓީއެއްގައި ބުނީ އެ ކުންފުނިން ނޯތު ކޯސްޓްރަކްޝަންއަށް ހޮސްޕިޓަލެއް އެޅުމަށް ހަވާލު ކުރުމަށްފަހު، އެ އެއްބަސްވުން ބާތިލް ކުރުމާ ގުޅިގެން ފައިސާ ދޭން ޖެހުނު ކަމަށާއި 2022 ގައި އެ ހޮސްޕިޓަލުގެ ބަދަލުގައި އޮފީސް އިމާރާތެއް އެޅުމަށް އެޑްވާންސް ޕޭމަންޓެއްގެ ގޮތުގައި 44 މިލިއަން ރުފިޔާ ދިން ނަމަވެސް އެ މަސައްކަތް ކުރިއަށް ނުދާ ކަމަށެވެ.
ސައުތު ކޯސްޓަށް އެ މަސައްކަތް ނުކުރެވުނީ އެ ކުންފުނީގައި އެކަން ކުރުމުގެ ގާބިލުކަން ނެތުމުން ކަމަށް ބެލެވޭ ކަމަށް ވެސް އާސަންދައިން ވަނީ ސިޓީގައި ފާހަގަކޮށްފަ އެވެ.
Comment