26 ޑިސެންބަރު 2024 - 06:52 2
އަމަން ހަލީމް
ހަޔާ އެޑިޔުކޭޝަން މިނިސްޓަރަކަށް ހަމަޖެއްސި ޑރ. އަލީ ހައިދަރު އާއި ކޮންސްޓަރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު: ކުރިން ހަޔާ އެޑިޔުކޭޝަން މިނިސްޓަރަކަށް ހުންނެވި ޑރ. މަރިޔަމް މާރިޔާ ދެން ހުންނަވާނީ އެގްރިކަލްޗާ މިނިސްޓަރަކަށް -- ގްރެފިކްސް: އިސްމާއިލް އިމްދާދު/އަދަދު
26 ޑިސެންބަރު 2024 - 06:52 2
ހައުސިން އަދި ޕްލޭނިން މިނިސްޓްރީ އާއި ކޮންސްޓަރަކްޝަން އަދި އިންފްރާސްޓްރަކްޗާ މިނިސްޓްރީ އެއްކޮށްލައި، ހައުސިން މިނިސްޓަރަކަށް ހުންނެވި ޑރ. އަލީ ހައިދަރު ހަޔާ އެޑިޔުކޭޝަން މިނިސްޓަރަކަށް ހަމަޖައްސަން ނިންމައިފި އެވެ.
ސަރުކާރުން އަދި މިކަން އިއުލާނު ނުކުރި ނަމަވެސް، އިތުބާރު ހުރި މަސްދަރުތަކުން "އަދަދު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކެބިނެޓަށް މި ބަދަލުތައް ގެނައުމާ ގުޅިގެން، ހައިދަރު މިއަދު ވަޒީފާއަށް ނިކުމެވަޑައިގެންނެވީ ވެސް ހަޔާ އެޑިޔުކޭޝަން މިނިސްޓްރީއަށެވެ.
ހަޔާ އެޑިޔުކޭޝަން މިނިސްޓަރަކަށް ހުންނެވި ޑރ. މަރިޔަމް މާރިޔާ ދެން ހުންނަވާނީ އެނިމަލް ވެލްފެއާ އެންޑް އެގްރިކަލްޗާ މިނިސްޓަރަކަށެވެ. ކެބިނެޓަށް މި ބަދަލު ގެނައިއިރު، އޭނާ ހުންނެވީ އެ މިނިސްޓްރީގައި ކުރިން އިންނެވި ޑރ. އައިޝަތު ރަމީލާ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން އެ މިނިސްޓްރީ ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެވަޑައިގެންނެވެ.
ދެ މިނިސްޓްރީ އެއްކޮށްލައި ހައިދަރާއި މާރިޔާގެ މިނިސްޓްރީ ބަދަލުކުރި ސަބަބެއް އަދި ނޭނގެ އެވެ. މި ބަދަލުތައް މި ގެނައީ ހައުސިން މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީ ހުންނަ އިމާރާތް އަނދައި އަޅިއަށް ވުމުގެ ހާދިސާ ހިނގިތާ ދެ ހަފުތާ ފަހުންނެވެ. އަދި ބިންވެރިޔާ ގޯތިތަކެއްގެ މައްސަލަ ފެންމަތިވުމާއި ގެދޮރުވެރިޔާ ލިސްޓު އިއުލާންނުކުރެވި އާންމުންގެ ޝަކުވާތައް ގިނަވެފައިވާ ދަނޑިވަޅެއްގަ އެވެ.
މިނިސްޓްރީތަކަށް ގެނައި އަނެއް ބަދަލަކީ ކުރިން ހައުސިންއިން ކުރަމުން އައި ޕްލޭނިން މަސައްކަތްތައް ފިނޭންސް މިނިސްޓްރީގެ ދަށަށް ބަދަލުކުރުމެވެ. މިހާރު އެ މިނިސްޓްރީއަކީ ފިނޭންސް އެންޑް ޕްލޭނިން މިނިސްޓްރީ އެވެ.
ކެބިނެޓަށް މި ގެނައި ބަދަލާއެކީ، މިހާރު ސަރުކާރުގައި އޮންނަނީ 21 މިނިސްޓްރީއެކެވެ. މިއީ ވެރިކަމާ ހަވާލުވީ ފަހުން މި ހިނގި އަހަރަކާއި ދެ މަހެއްހާ ދުވަހުގެ ތެރޭގައި ކެބިނެޓަށް ގެނައި ދެވަނަ ބަދަލެވެ. ކުރިން ކެބިނެޓަށް ބަދަލު ގެނައީ ފިނޭންސް މިނިސްޓަރަކަށް ހުންނެވި ޑރ. މުހައްމަދު ޝަފީގު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން ގެނައި ބަދަލުތަކެކެވެ.
0.00%
0.00%
0.00%
100.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
ސައިޚް
3 months ago
އޮޅުންބޮޅުންބޮޑު، އެކޮޅުކޮޅުން، ބަޅުކޮއް، ވަތައް ހިނގާ ސަރުކާރެއް.
ސާބަހޭ
3 months ago
ހައިދަރު މީ އަޅެ ވަޒީފާއެއް ނުލިބިގެން އުޅޭ މީހަކީތަ؟ އެއްވެސް ޑިގްނިޓީ އެއް އަމިއްލަ ނަފްސަށް ހަމަ ނެތީތަ؟ މިނިސްޓަރުކަމުގެ ލައްޒަތަކީ ހަމަ ތިވަރު ކަމަކީ ތަ؟
Comment