26 ޑިސެންބަރު 2024 - 12:09 1
26 ޑިސެންބަރު 2024 - 12:09 1
މީޑިއާނެޓުން މުޅިން އަލަށް ތައާރަފުކުރި އެމްޓީވީއަކީ ފަސޭހަކަމާއިއެކު މުނިފޫހިފިލުވުމުގެ ފުރުސަތު ލިބިގެންދާނެ ހިދުމަތެކެވެ. ޒަމާނީ ފީޗާތަކާއިއެކު އެމްޓީވީއަކީ ޓީވީ ބަލާ ފަރާތްތަކަށް ހާއްސަ ކޮށްގެން ތައްޔާރުކޮށްފައިވާ އިންގިލާބީ ބަދަލެކެވެ.
މި ބަދަލުގެ ތެރޭގައި ފަސޭހައިން ބޭނުން ކުރެވޭ ރިމޯޓް ފިއްތަކާއި، ޗެނަލްތައް ރޭވިފައިވާ ގޮތަށް ގެނައި ބަދަލުގެ އިތުރުން، އިންސްޓަންޓް ސާޗް ފީޗާ ތައާރަފުކޮށްފައިވެ އެވެ. މިއީ ޗެނަލްތަކާއި އޭގެން ދައްކާ ޕްރޮގްރާމްތަކާއި ފިލްމުތައް ވަރަށް ފަސޭހައިން ހޯދޭނެ ގޮތެއް ކަމަށް މީޑިއާނެޓުން ބުނެ އެވެ.
"ވީޑިއޯ ކްލަބް"ގެ ނަމުގައި ތައާރަފުކޮށްފައިވާ ހިދުމަތުގައި، ބޮލީވުޑް އަދި ހޮލީވުޑްގެ ބްލޮކްބަސްޓަ ފިލްމުތަކާއި، މީޑިއާނެޓް އޮރިޖިނަލްސް، ކާޓޫނު އަދި ރިއަލިޓީ ޝޯތައް ހިމެނެ އެވެ.
އަލަށް ގެނައި ބަދަލާއެކު ޕްރޮގްރާމު ބެލުން މެދުކަނޑާލަން ޖެހުނު ނަމަވެސް، އެ ހިސާބުން ފެށިގެން އަލުން ބަލަން ފެށޭނެ އެވެ.
ގިނަ ވަގުތު ޓީވީ ބަލާ ފަރާތްތަކަށް ހާއްސަކޮށްގެން "އޯޓޯ-ޕްލޭ" ފީޗާ ތައާރަފުކޮށްފައި ވާއިރު، މި ފީޗާއާއެކު އެއް އެޕިސޯޑް ނިމުމުން އަނެއް އެޕިސޯޑް އަމިއްލައަށް ފެށޭނެ އެވެ. އަދި ކުޑަކުދިންނަށް ރައްކާތެރި މާހައުލެއް ގއިމުކުރުމަށްޓަކައި އުމުރުފުރައަށް ބަލައި ޕްރޮގްރާމްތައް މަނާކުރެވޭނެ ގޮތް ވެސް ހަދާފައިވެ އެވެ.
"އެމްޓީވީއަކީ ހަމައެކަނި އަޕްގްރޭޑެއް ނޫން. މިއީ މުޅި ރާއްޖޭގެ ޓީވީ ދުނިޔެއަށް ގެނެވުނު އިންގިލާބެއް. އަޅުގަނޑުމެންގެ އަމާޒަކީ ކަސްޓަމަރުންނަށް އެންމެ ފުރިހަމަ މުނިފޫހިފިލުވުމުގެ ތަޖުރިބާ ފޯރުކޮށްދިނުން،" މީޑިއާނެޓުން ބުންޏެވެ.
އެމްޓީވީގެ އަނެއް މުހިންމު ފީޗާއަކީ "ވޮޗް ސިމިލާ" އެވެ. އެ ފީޗާގެ ސަބަބުން އާ ކޮންޓެންޓް ދެނެގަތުމަށް ފަސޭހަވެގެންދާނެ އެވެ. އަދި އިންސްޓަންޓް ސާރޗް ފީޗާގެ ސަބަބުން މަޝްހޫރު ޝޯތަކާއި، ފިލްމުތައް ސިކުންތުކޮޅެއްގެ ތެރޭގައި ހޯދާލެވޭނެއެވެ.
.
Comment