about 13 hours 0
ސާއިފް ޝިޔާދު
އެމްޑަބްލިޔުއެސްސީގެ ޑީއެމްޑީ މުހައްމަދު ފަޒީލު ރަޝީދު: އޭނާ ސަސްޕެންޑު ކޮށްފައި ވަނީ ހުރިހާ ޒިންމާތަކުން އެކަހެރި ކުރުމަށް ފަހު ---
about 13 hours 0
ވަގު ލިޔުންތަކެއް ހުށަހަޅައިގެން ހުޅުމާލޭ ފޭސް ދޭކުން ގޯއްޗެއް ހޯދަން އުޅުނު މައްސަލައިގައި ތުހުމަތުކުރެވޭ އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލު ރަޝީދުގެ ފޯނު ހިފަހައްޓައިފި އެވެ.
މިރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން ފަޒީލްގެ ފޯނު ހިފަހައްޓާފައިވާކަން ހާމަކޮށްފަ އެވެ. މި މައްސަލަ ފެންމަތިވިއިރު ފަޒީލް ހުރި އެމްޑަބްލިއުއެސްސީގެ މަގާމުން ވެސް އޭނާ ވަނީ ސަސްޕެންޑުކޮށްފަ އެވެ.
ވަގަށް ގޯތިތައް ދޫކުރި މައްސަލައިގައި އެންމެ ބޮޑު ތުހުމަތެއް ކުރެވެނީ ފަޒީލްގެ ބޭބެ އަދި އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދަށެވެ. މި މައްސަލައިގައި ހިމެނޭ ގޯތިތަކުގެ ތެރެއިން އެއް ގޯތީގެ ވެރިފަރާތް ކަމަށް ވަގު ލިޔެކިޔުންތަކެއް ހުށަހެޅި ކަމަށް ތުހުމަތުކުރަނީ ފަޒީލަށެވެ.
މި ތުހުމަތުތައް މިހެން ހުރި ނަމަވެސް، މި މައްސަލަ ފެންމަތިވުމާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފަޒުލް ވަނީ މި ހުރިހާ ކަމަކަށް އިންކާރުކޮށްފަ އެވެ. އެ ދުވަހު އޭނާ ވިދާޅުވީ މި މައްސަލައިގެ ތެރޭގައި ބޭބެ ހިމެނުމަކީ އިއްތިފާގެއް ކަމަށާއި އެޗްޑީސީން އެއްވެސް ލިޔުމެއް ދޫކޮށްފައި ނުވާ ކަމަށެވެ. މައްސަ
ލަ ޖެހުނު ގޯތީގައި ވަށާފާރު ރޭނުމުގެ ހުއްދަ ވެސް ދޫކޮށްފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެން ނަމަވެސް މި ބުނާ ގޯތީގައި ވަށާފާރު ހުރީ ރާނާފަ އެވެ. ވަށާފާރު ރޭނި ކަމަށް ތުހުމަތުކުރެވެނީ ފަޒީލަށެވެ.
ފަޒީލް ރަޝީދަކީ ބިންވެރިޔާ ސްކީމުގެ ދަށުން ގޯއްޗަކަށް އެދި ހުށަހެޅި މީހެކެވެ. ނަމަވެސް އޭނާއަކީ ކުރިން ހިންގި ބޯހިޔާވަހިކަމުގެ ސްކީމެއްގެ ދަށުން ބޯހިޔާވަހިކަމެއް ލިބިފައިވާ މީހަކަށް ވާތީ، އޭނާގެ ޝަރުތު ހަމަނުވާ ކަމަށް އޮތީ ނިންމާފަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment