Advertisement

ދަރަނި ރީސްޓަރަކްޗާ ކުރަން އެއްބަސްވުމާއެކު ލަންކާގެ ކްރެޑިޓް ރޭޓިން މޫޑީސްއިން މަތިކޮށްފި

about 17 hours 1

ސްރީލަންކާގެ ޕޭޓާ ސަރަހައްދު


ދަރަނި ރީސްޓަރަކްޗާ ކުރަން އެއްބަސްވުމާއެކު ލަންކާގެ ކްރެޑިޓް ރޭޓިން މޫޑީސްއިން މަތިކޮށްފި

about 17 hours 1

ސްރީ ލަންކާގެ ބޭރުގެ ދަރަނިތައް ރީސްޓަރަކްޗާ ކޮށްދޭން އެއްބަސްވުމާއެކު، އެ ގައުމުގެ ކްރެޑިޓު ރޭޓިން "ސީއޭ" އިން "ސީއޭ1" އަށް މޫޑީސް އިން މަތިކޮށްފި އެވެ.

ލަންކާ މާލީ ހާލަތު ފެންނަނީ ރަނގަޅަށް ކަމާއި ދަރަނި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމުގެ ފުރުސަތު އޮތް ކަމަށް މޫޑީސްގެ ރިޕޯޓުގައިވެ އެވެ.

ދަރަނި ބޮޑުވެ، ބޭރު ފައިސާގެ ރިޒާވް ދަށްވުމުން، ފުރަތަމަ ފަހަރަށް 2022 ވަނަ އަހަރުގެ މެއި މަހު ބޭރުގެ ދަރަނި ދައްކޭ ހާލަތަށް އެ ގައުމު ދިޔަ އެވެ. އެ ގައުމުގެ ދަރަނި 12.55 ބިލިއަން ޑޮލަރަށް ވަނީ އަރާފަ އެވެ.

މި ދަތިކަމުން އަރައިގަތުމަށް ލަންކާއިން މަސައްކަތް ކުރާއިރު، އެ ބޮންޑްތައް އަލުން ރީސްޓަރަކްޝާކުރަން ހުށަހެޅި ހުށަހެޅުމުގައި މިދިޔަ ހަފުތާގައި ބޮންޑް ހޯލްޑަރުން ވަނީ ސޮއިކޮށްފަވެ އެވެ.

ފިޗުން ވެސް ވަނީ ލަންކާގެ ކްރެޑިޓް ރޭޓިން މަތިކޮށްފަ އެވެ.