Advertisement

ގޯތި ވައްކަން: އެޗްޑީސީގެ އިސް ފަސް މުވައްޒަފަކު ސަސްޕެންޑުކޮށްފި

ސަސްޕެންޑުކުރި އެޗްޑީސީގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުން


ގޯތި ވައްކަން: އެޗްޑީސީގެ އިސް ފަސް މުވައްޒަފަކު ސަސްޕެންޑުކޮށްފި

ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް އެ ސްކީމުން ގޯތި ލިބުނު ކަމަށް ވަގު ލިޔުންތަކެއް ތައްޔާރުކޮށް ވަގަށް ގޯތިތަކެއް ވިއްކި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) ގެ އިސް ހަތަރު މުވައްޒަފަކު ސަސްޕެންޑުކޮށްފި އެވެ.

އިތުބާރު ހުރި މަސްދަރަކުން "އަދަދު" ނޫހަށް މައުލޫމާތު ދިން ގޮތުގައި މިހާރު ހިންގަމުންދާ ތަހުގީގާ ގުޅިގެން އެ ކުންފުނީގެ އައިޓީ ހެޑް އަބްދުالله ޝުހޫދު, ޑެޕިއުޓީ އައިޓީ ހެޑް މުހައްމަދު ސަލީމް, ޗިފް ބިޒްނަސް އޮފިސާ އަހުމަދު ޔާމީންގެ އިތުރުން ޗީފް ފައިނޭންޝަލް އޮފިސާ އަބްދުالله ފާއިދު އަދި އެސްޓޭޓުގެ ޑެޕިއުޓީ ޑިރެކްޓަރު އަހުމަދު އައިމަން ވެސް ވަނީ މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފަ އެވެ.

އެ ކުންފުނީގެ ޗެއާމަން އަހުމަދު ނާސިފު ފިޔަވައި އެހެން ހުރިހާ ބޯޑު މެންބަރުން މިއަދުން ފެށިގެން ވަނީ ސަސްޕެންޑުކޮށްފަ އެވެ. އޭގެ އިތުރުން ޕީސީބީން ވަކި ގޮތެއް އަންގަންދެން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދަށް ވެސް އޮފީހަށް ނުނިކުމެވޭ ގޮތަށް ސަސްޕެންޑުކޮށްފައިވާ ކަމަށް ޕީސީބީން ބުންޏެވެ.

މިއަދު ސަސްޕެންޑު ކުރި މުވައްްޒަފުންގެ ތެރެއިން ސީއެފްއޯއަކަށް ހުންނެވި ފާއިދު ވަކިކުރަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ވަނީ އެޗްޑީސީއަށް އަންގާފަ އެވެ. އެއީ އެ މަގާމަށް އޭނާގެ ޝަރުތު ހަމަނުވާތީ އެވެ.

ހަތަރު މުވައްޒަފަކު ސަސްޕެންޑު ކޮށްފައިވާއިރު އެޗްޑީސީން ކުރަމުންދާ ހުރިހާ މުއާމަލާތެއް ހުއްޓާލުމަށް އަންގައި އެ ކުންފުނީގެ ޗީފް އިންޓާނަލް އޮޑިޓަރު ވަނީ އިއްޔެ މެމޯއެއް ފޮނުވާފަ އެވެ.