Advertisement

ޕީއެސްޖީ މޮޅުވިޔަސް ޑޮނަރުންމާ އަށް ބޮޑު އަނިޔާއެއް

19 ޑިސެންބަރު 2024 - 12:16 0


ޕީއެސްޖީ މޮޅުވިޔަސް ޑޮނަރުންމާ އަށް ބޮޑު އަނިޔާއެއް

19 ޑިސެންބަރު 2024 - 12:16 0

ޕެރިސް, ފްރާންސް (ޑިސެމްބްރު 19) - ފްރެންޗް ލީގުގައި ރޭ ޕީއެސްޖީގެ ކީޕަރު އިޓަލީގެ ޖިއަންލުޖީ ޑޮނަރުންމާ އަށް މޮނާކޯގެ ވިލްފްރިޑް ސިންގޯ ނުރައްކާތެރި ފައުލެއް ކުރި މެޗުން، 4-2 ގެ ނަތީޖާ އަކުން ޕީއެސްޖީ މޮޅުވެއްޖެ އެވެ.

މި މެޗުގެ 22 ވަނަ މިނެޓުގައި ސިންގޯ ވަނީ ޑޮނަރުންމާ އަށް ނުރައްކާތެރި ފައުލެއް ކޮށްފަ އެވެ. އެ ގޮތުން ސިންގޯގެ ބޫޓުގެ ދަށްފުއް ސީދާ ޑޮނަރުންމާގެ މޫނަށް އަމާޒުވިއިރު, ފައުލާ ގުޅިގެން ޕީއެސްޖީ އިން ވަނީ ޑޮނަރުންމާ ބަދަލުކޮށްފަ އެވެ.

މި މެޗަށް ފަހު ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ ވަނީ ސިންގޯ އަށް ރަތް ކާޑު ނުދެއްކީތީ ރެފްރީންނަށް ވަރަށް ބޮޑަށް ފާޑު ކިޔާފަ އެވެ.

މި މެޗުގެ 24 ވަނަ މިނެޓުގައި ޕީއެސްޖީ އިން ލީޑު ނެގީ ޑަސީރީ ޑޮރޭ ޖެހި ގޯލުންނެވެ. އެކަމަކު މެޗުގެ 53 ވަނަ މިނެޓުގައި މޮނާކޯގެ ބެން ސެގާ ވަނީ ލިބުނު ޕެނަލްޓީ އަކުން ގޯލު ޖަހާ ނަތީޖާ ހަމަހަަމަ ކޮށްފަ އެވެ. އަދި މެޗުގެ 60 ވަނަ މިނެޓުގައި މޮނާކޯގެ އެމްބޯލޯ ވަނީ އިތުުރު ގޯލެއް ޖަހާ އެ ޓީމަށް ލީޑު ނަގާދީފަ އެވެ.

އެކަމަކު އޭގެ ހަތަރު މިނެޓު ފަހުން ޕީއެސްޖީގެ އޮސްމާން ޑެމްބެލޭ ވަނީ ގޯލު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އަދި މެޗުގެ 83 ވަނަ މިނެޓުގައި ގޮންސާލޯ ރާމޯސް ވަނީ ޕީއެސްޖީ އަށް އަލުން ލީޑު ނަގާދީފަ އެވެ.

ޕީއެސްޖީގެ ހަތަރުވަނަ ގޯލު އެ ޓީމަށް ޖަހާދިނީ މި މެޗުގައި މޮޅު ކުޅުމެއްދެއްކި ޑެމްބަލޭ އެވެ.