18 ޑިސެންބަރު 2024 - 13:14 1
ލީވާން އަލީ ނާސިރު
ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން: އަލިފާނުގެ ހާދިސާ ހިނގީ ހިޔާނާތް ފޮރުވަންތޯ އަކްރަމް ސުވާލު ވަނީ އުފައްދައިފި -- ފޮޓޯ: އަދަދު ފައިލް
18 ޑިސެންބަރު 2024 - 13:14 1
ހައުސިން މިނިސްޓްރީގައި މިދިޔަ ބުރާސްފަތި ދުވަހު އަލިފާނުގެ ހާދިސާ ހިނގީ މާލޭ ރަށްވެހިންނަށް ގޯތި ދޭން ހިންގި "ބިންވެރިޔާ" ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ގޯތިިތަކެއް ދިން މައްސަލައިގެ ވައްކަން ފޮރުވަންތޯ ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން ސުވާލު އުފައްދަވައިފި އެވެ.
"މި ކަންކަން ފޮރުވެންވެގެންތޯ ހައުސިންގ މިނިސްޓްރީ ހުންނަ އިމާރާތުގައި އަލިފާނުގެ ހާދިސާ މިހިނގީ. މިއީ ސުވާލު އުފެދޭ ކަމެއް،" އަކްރަމް ވިދާޅުވި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި ހައުސިން މިނިސްޓްރީގެ އިތުރުން ކޮންސްޓްރަކްޝަން މިނިސްޓްރީ އަދި އެންވަޔަރަމަންޓް މިނިސްޓްރީގެ އިމާރާތް އެއްކޮށް އަނދައި ހުލިވެ، އެ އިމާރާތްތަކުގައި ހުރި މުހިންމު ލިޔުންތައް ގެއްލުނެވެ.
ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް ވަގަށް ގޯތި ދޫކޮށްފައި ހުރީ އެއްބަސްވުން ނަކަލުކޮށްގެންކަން ވެސް ވަނީ ހާމަވެފަ އެވެ.
ބިންވެރިޔާ ލިސްޓުގައި ނެތް ބަޔަކަށް ގޯތިތައް ދިން މައްސަލައެއް
މި ގޮތަށް ދޫކޮށްފައި ހުރި އެއް ގޯތީގެ ވެރިފަރާތަކީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުގެ ބޭބެ، މުހައްމަދު ފަޒީލު ރަޝީދު. އޭނާއަކީ އެމްޑަބްލިޔުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު.
ބިންވެރިޔާ ލިސްޓުގައި ނެތް ބަޔަކަށް ގޯތިތައް ދިން މައްސަލައެއް
މި ގޮތަށް ދޫކޮށްފައި ހުރި އެއް ގޯތީގެ ވެރިފަރާތަކީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުގެ ބޭބެ، މުހައްމަދު ފަޒީލު ރަޝީދު. އޭނާއަކީ އެމްޑަބްލިޔުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު.
ވަގަށް ގޯތި ދޫކޮށްފައި ހުރި ބައެއް އެއްބަސްވުންތައް ސޯޝަލް މީޑިއާގައި އާންމުވެފައި އޮތްއިރު، އެއިން އެއްވެސް އެއްބަސްވުމެއްގައި ވަކީލުންގެ ނޯޓަރީ ސްޓޭމްޕެއް ނެތެވެ. ނިމިދިޔަ ސަރުކާރުން މި ގޯތިތައް ދޫކުރިއިރު އެކުލަވާލި އެއްބަސްވުން ނޯޓަރައިޒްކޮށްފައި އޮތުމަކީ އޭރުގެ އުސޫލުން ލާޒިމުކަމެކެވެ. އޭރު ގޯތި ހަވާލުކުރީ އެއްބަސްވުން ނޯޓަރައިޒްކުރުމުންނެވެ.
ސަރުކާރުގެ އޮފިޝަލަކު 'އަދަދު' ނޫހަށް ކަށަވަރުކޮށްދީފައިވާ ގޮތުގައި، މި އެއްބަސްވުންތައް އެކުލަވާލާފައިވަނީ ހައުސިންގ މިނިސްޓްރީން ކުރިން އެ އެއްބަސްވުންތަކުގައި ސޮއިކުރި މުވައްޒަފުގެ ސޮއި ފޯޖުކޮށްގެންނެވެ. އަދި އެއްބަސްވުންތައް ތައްޔާރުކޮށްފައިވަނީ މާ ކުރީގެ ތާރީހަކަށެވެ.
މިކަމާ ގުޅޭ އެންމެހައި ލިޔުންތައް ހުންނާނީ ދާދި ފަހުން އަލިފާނުގެ ހާދިސާގައި އަނދައިގެން ދިޔަ އިމާރާތުގެ ތެރޭގައި ކަމަށް ވެސް އޮފިޝަލް މައުލޫމާތު ދިނެވެ.
މިކަމާ ގުޅިގެން މިހާތަނަށް އެެޗްޑީސީން އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.
ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް ވަގަށް ގޯތި ދޫކުރިކަން ފަޅާއެރުމުން ފުލުހުން ގެންދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ. އަދި އެޗްޑީސީއަށް އެ މައްސަލައިގައި ފުލުހުން ވަދެ ދަނީ ހަރަކާތްތެރިވަމުންނެވެ.
100.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment