18 ޑިސެންބަރު 2024 - 11:18 0
ލީވާން އަލީ ނާސިރު
އެމްއައިބީން ބިންގާ އެކައުންޓް ލޯންޗު ކުރުމަށް ބޭއްވި އިވެންޓް: އެމްއައިބީ އިން ބިންގާ ފެސްޓިވަލްގެ ނަމުގައި ހަރަކާތެއް އަންނަ ހުކުރު ދުވަހު ބާއްވަން ވަނީ ރާވާފައި -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު
18 ޑިސެންބަރު 2024 - 11:18 0
މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ބިންގާ ފެސްޓިވަލުގެ ނަމުގައި ހާއްސަ ހަރަކާތެއް އަންނަ ހުކުރު ދުވަހު ކަލާފާނު ސްކޫލްގައި ބާއްވަން ނިންމައިފިއެވެ.
އެމްއައިބީން ބުނީ ހުކުރު ދުވަހު ހަވީރު 4:00 އިން ރޭގަނޑު 10:00 އަކަށް ކުރިޔަށް ގެންދާ އެ ހަރަކާތުގައި އެ ބޭންކުގެ ބިންގާ ކިޑްސް އެކައުންޓް ކަސްޓަމަރުންނާއި ބިންގާ ކިޑްސް އެކައުންޓާއި ބެހޭ މައުލޫމާތު ބޭނުންވާ މީހުންަށް ބައިވެރިވެ ކުދިންނަށް އުފާވެރި މަޖާ މާހައުކެއްގައި ވަގުތު ހޭދަކުރެވޭނެ ކަމަށެވެ.
އެ ހަރަކާތުގައި ކުދިންނަށް އުފާވެރި މަޖާ މާހައުލެއްގައި ވަގުތު ހޭދަކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން ޖަމްޕިން ކާސަލްފަދަ ހަރަކާތްތަކާއި ކުދިންނަށް ފައިދާ ކުރާނެ ތިން ސެސަޝަންއެއް ވަނީ ރާވާފަ އެވެ.
އެގޮތުން ޅ. ނައިފަރު ޖުވެނައިލްއިން އެ ރަށުގައި ވެލާ ކަނހަބު ހިމާޔަތްކުރުމަށް ކުރިޔަށް ގެންދާ ސެންޓަރާ ގުޅިގެން ވެލާ ކަނހަބާއި ގުޅޭ ހާއްސަ ސެޝަނެއް ބާއްވައި، ކުދިންނަށް ގިނަ މައުލޫމާތުތަކެއް ދިނުމަށް ރާވާފައިވެ އެވެ.
މީގެއިތުރުން އާންޓީ އައިޝާއާ އެކު ކުދިންނަށް ވަގުތު ހޭދަކޮށް ކުދިންގެ އެކި ސުވާލުތަކަށް ޖަވާބުދިނުމާއި، ކުދިންނަށް ހާއްސަކޮށް ފައިނޭންޝަލް ލިޓަރަސީ ކްލާހެއް ވެސް ކުރިޔަށް ގެންދަން ރާވާފައިވެ އެވެ.
"މި ހާއްސަ ހަރަކާތަކީ މައުލޫމާތު ހޯދުމާއި ކުޅުމުގެ ތެރެއިން ކުދިންނަށް ގިނަ ފައިދާތަކެއް ކުރާނެ ހަރަކާތެއް. ކުޅުމުގެ އިތުރުން މި ހަރަކާތުގައި އިތުރު ސްޓޯލްތަށްވެސް ގާއިމްކޮއްފައިވޭ. އެގޮތުން އެކި ކަހަލަ ބުއިންތަކާއި ކެއުން ލިބޭނެ ސްޓޯލްތަށްވެސް ހުންނާނެ،" އެމްއައިބީން ބުންޏެވެ.
އެމްއައިބީ ބިންގާ އެކައުންޓު ބަންޑްލްގައި ތިން އެކައުންޓެއް ހިމެނޭއިރު، އޭގެ ތެރޭގައި ކުރިއެކޭ އެއްގޮތަށް ފައިސާ ރައްކާކުރެވޭ އެކައުންޓެއްގެ އިތުރުން ދިގު މުއްދަތަށް ފައިސާ އިންވެސްޓްކުރެވޭ އެކައުންޓެއް ވެސް ހިމެނެ އެވެ.
މީގެ އިތުރުން ދެން ހިމެނެނީ ކުދިންނަށް ފައިސާ ބޭނުން ކުރުން އަހުލުވުރިކުރުވުމަށް ހަދާފައިވާ ބިންގާ ޓްރާންސެކްޝަން އެކައުންޓެވެ.
ހަރަކާތުގައި އެކައުންޓު ހުޅުވަން ބޭނުންވާ ކުޑަކުދިންނަށް އެކައުންޓު ހުޅުވައި ބިންގާ ޑެބިޓް ކާޑަށް އެޕްލައިކުރުމާއި އިންޓަނެޓް ބޭންކިންގްއަށް އެދެވޭނެ އެވެ. އަދި ހުޅުވާފައިވާ އެއްވެސް ބިންގާ އެކައުންޓަކާއި ގުޅޭގޮތުން އެހީތެރިކަމެއް ބޭނުންވާނަމަ އިވެންޓުގައި އެފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.
Comment