3 ފެބުރުވަރީ 2025 - 07:37 0
ލީވާން އަލީ ނާސިރު
އެމްއައިބީން ނައިފަރުގެ ރައްޔިތުންނާ އެކު އެ ރަށުގެ ގޮނޑުދޮށް ސާފުކުރުން -- ފޮޓޯ: އެމްއައިބީ
3 ފެބުރުވަރީ 2025 - 07:37 0
މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ޅ. ނައިފަރު ރައްޔިތުންނާ އެކު އެރަށު ގޮނޑުދޮށް ސާފުކޮށް ގިނަ އަދަދެއެއްގެ ކުނި ނަގައިފި އެވެ.
އެމްއައިބީން ބުނީ ހޮނިހިރު ދުވަހުގެ އެ ހަރަކާތުގައި ބައިވެރިވި މީހުން 3،000 ކިލޯގެ ކުނި ނަގާފައިވާ ކަމަށާއި އޭގެ ތެރޭގައި ގިނަ އަދަދެއްގެ ޕްލާސްޓިކް ފުޅި އާއި އެކި ބާވަތުގެ ޕްލާސްޓިކް ހިމެނޭ ކަމަށެވެ.
ގޮނޑުދޮށުން ނެގި ޕްލާސްޓިކް ފުޅި އަލުން ބޭނުން ކުރެވޭ ގޮތަށް ރީސައިކަލް ކުރުމަށް ކަމާބެހޭ ފަރާތްތަކާ ހަވާލު ކޮށްފައިވާ ކަމަށް ވެސް އެމްއައިބީން ބުންޏެވެ.
އެ ބޭންކުގެ ހިދުމަތްތައް ނައިފަރުގައި މިދިޔަ ޑިސެމްބަރު މަހު ވަނީ ފަށައިފަ އެވެ. އެ ބޭންކުން ނައިފަރުގައި ދޭ ހިދުމަތްތަކުގެ ތެރޭގައި ސާވިސް ސެންޓަރެއްގެ އިތުރުން 24 ގަޑިއިރު ފައިސާ ޖަމާ ކުރުމާއި ފައިސާ ނެގުމުގެ ހިދުމަތް ހިމެނެ އެވެ.
އެމްއައިބީއަކީ ޓެކްނޮލޮޖީގެ އެހީގައި ޒަމާނީ ބޭންކިން ހިދުމަތެއް ދެމުން އަންނަ ބޭންކެކެވެ. އެ ބޭންކަކީ ރާއްޖޭގެ ފުރަތަމަ އަދި ހަމައެކަނި ފުލް ފްލެޖް އިސްލާމިކް ބޭންކެވެ.
Comment