Advertisement

ސީޒަން ފަށާނެ ސީދާ ތާރީހެއް ޔަގީން ނުވާތީ މާޒިޔާ އިން ޕްރެކްޓިސް މެދުކަނޑާލައިފި

17 ޑިސެންބަރު 2024 - 17:33 0

އައްޒާމް އަލިފުޅު

އ

Advertisement

މާޒިޔާގެ ޕްރީ ސީޒަަން ޕްރެކްޓިހެއްގެ ތެރެއިން.--- ފޮޓޯ: އަދަދު ސްޕޯޓްސް


ސީޒަން ފަށާނެ ސީދާ ތާރީހެއް ޔަގީން ނުވާތީ މާޒިޔާ އިން ޕްރެކްޓިސް މެދުކަނޑާލައިފި

17 ޑިސެންބަރު 2024 - 17:33 0

Advertisement

ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފަށާނެ ސީދާ ތާރީހެއް ޔަގީންނުވާތީ، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އިން ޕްރެކްޓިސް މެދުކަނޑާލައިފި އެވެ.

މިދިޔަ މަހުގެ 27 ވަނަ ދުވަހު މާޒިޔާ އިން ޕްރީ ސީޒަންގެ ޕްރެކްޓިސް ފެށީ، އެފްއޭއެމް އިން ކްލަބްތަކަށް ފޮނުވާފައިވާ ޑްރާފްޓް ކަލަންޑަރުގައިވާ ގޮތުން، ޖެނުއަރީ 24 ވަނަ ދުވަހު ސީޒަން ފަށާނެ ކަމަށް ބެލުމަށް ފަހު އެވެ. އެކަމަކު، މިހާތަނަށް އައިއިރު، އަންނަ މަހުގެ ސީޒަން ފެށޭނެ މަންޒަރެއް ނުފެންނާތީއާ އެކު، މާޒިިޔާ އިން ނިންމީ ޕްރީ ސީޒަން ޕްރެކްޓިސް ބްރޭކެއް ނެގުމަށެވެ.

Advertisement

އެ ގޮތުން ޕްރެކްޓިސް މެދުކަނޑާލަން ނިންމާފައިވަނީ މާދަމާ އިން ފެށިގެންނެވެ.

އާ ސީޒަނަށް ޕްރެކްޓިސް ފެށި ފުރަތަމަ ޓީމަކަށް މާޒިޔާ

މާޒިޔާ އަކީ އާންމުކޮށް ކޮންމެ ސީޒަނަކަށް ވެސް ޕްރީ ސީޒަން ޕްރެކްޓިސް އެންމެ އަވަހަށް ފަށާ ޓީމު. މި ފަަހަރު އެ ޓީމުން ޕްރެކްޓިސް ފެށީ އެފްއޭއެމް އިން ފޮނުވި ޑްރާފްޓް ކަަލަންޑަރުގައި ސީޒަން ފެށުން ޖެނުއަރީ ފަހުކޮޅަށް ހަމަޖައްސާފައިވާތީ

އާ ސީޒަނަށް ޕްރެކްޓިސް ފެށި ފުރަތަމަ ޓީމަކަށް މާޒިޔާ

މާޒިޔާ އަކީ އާންމުކޮށް ކޮންމެ ސީޒަނަކަށް ވެސް ޕްރީ ސީޒަން ޕްރެކްޓިސް އެންމެ އަވަހަށް ފަށާ ޓީމު. މި ފަަހަރު އެ ޓީމުން ޕްރެކްޓިސް ފެށީ އެފްއޭއެމް އިން ފޮނުވި ޑްރާފްޓް ކަަލަންޑަރުގައި ސީޒަން ފެށުން ޖެނުއަރީ ފަހުކޮޅަށް ހަމަޖައްސާފައިވާތީ

Advertisement

މާޒިޔާގެ އޮފިޝަލަކު "އަދަދު ސްޕޯޓްސް" އަށް ބުނީ، ޕްރީ ސީޒަން ޓްރެއިނިން ބްރޭކެއް ނެގުމަށް ނިންމީ ގިނަ ކަންކަމަށް ބެލުމަށް ފަހު ކަމަށެވެ. އެންމެ މުހިންމު ކަމެއްގެ ގޮތުގައި، ފާހަގަކޮށްފައިވަނީ އެފްއޭއެމް އިން ފޮނުވި ޑްރާފްޓް ޝެޑިއުލާ އެއްގޮތަށް އަންނަ މަހު ސީޒަން ފެށޭނެ ކަމަށް ނުފެންނާތީ އެވެ.

މި ބްރޭކު ނަގަން މާޒިޔާ އިން ނިންމިއިރު، އެ ޓީމާ ހަވާލުވެހުރި، ސާބިއާގެ ކޯޗު ޑްރަގަން ޑުކަނޯވިޗް ވެސް ޗުއްޓީ އަކަށް އެނބުރި ގައުމަށް ދިއުމަށް ހަމަޖެހިފައިވާ ކަމަށް އެ ކްލަބުން ވަނީ ބުނެފަ އެވެ.

ޑުކަނޯވިޗްގެ އިރުޝާދުގެ ދަށުން މާޒިޔާ އިން ވަނީ، އޮކްޓޫބަރު މަހު ފަހުކޮޅާއި ނޮވެމްބަރު މަހު ކުރީކޮޅުގައި ކުޅުނު އޭއެފްސީ ޗެލެންޖް ލީގުގައި ކުޅެފަ އެވެ. އެ މުބާރާތުގައި ވާދަކުރިއިރު މާޒިޔާ އަށް އެންމެ ބޮޑު މައްސަލަ އަކަށް ކުރިމަތިވީ، ރާއްޖޭގެ ފުޓްބޯޅަ ސީޒަން ކުރިއަށް ނުދާ ދަނޑިވަޅެއްގައި އިންޓަނޭޝަނަލް މުބާރާތެއް ކުޅެން ޖެހުމެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު 19 ވަނަ ދުވަހު، ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކަށް ސީޒަން ނިމުނުއިރު، އަންނަ ބުރާސްފަތި ދުވަހަށް ރާއްޖޭގައި ފުރަތަމަ ޑިިވިޝަނުގެ ފުޓްބޯޅަ ނުކުޅޭތާ އަހަރެއްވާނެ އެވެ.

މައުލޫމާތު ލިިބިފައިވާ ގޮތުގައި، ފެބްރުއަރީ މެދުތެރޭގައި ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފެށޭތޯ މަސައްކަތް ކުރާއިރު، މާޗް މަހުގެ 25 ވަނަ ދުވަހުގައި، އޭޝިއަން ކަޕް ކޮލިފައިން ފުރަތަމަ މެޗުގައި، ރާއްޖޭން ފިލިޕީންސްއާ ދެކޮޅަށް ކުޅޭ މެޗު ވަނީ ތާވަލުކޮށްފަ އެވެ.