Advertisement

އުރީދޫ އެމްފައިސާގެ ހިދުމަތްތައް ޓެކްފިން މޯލްޑިވްސްގެ ދަށަށް

16 ޑިސެންބަރު 2024 - 14:33 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އުރީދޫ މޯލްޑިވްސްގެ ހެޑްކުއާޓާސް: އުރީދޫގެ ހިދުމަތްތައް ޓެކްފިން މޯލްޑިވްސްގެ ދަށަށް ވަނީ ބަދަލުކޮށްފައި -- ފޮޓޯ: އަދަދު ފައިލް


އުރީދޫ އެމްފައިސާގެ ހިދުމަތްތައް ޓެކްފިން މޯލްޑިވްސްގެ ދަށަށް

16 ޑިސެންބަރު 2024 - 14:33 0

އުރީދޫ މޯލްޑިވްސްގެ އެމް-ފައިސާގެ ހިދުމަތްތައް އުރީދޫ މޯލްޑިވްސްގެ ސަބްސިޑަޔަރީ ކުންފުނި ޓެކްފިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ދަށަށް ބަދަލުކޮށްފި އެވެ.

އުރީދޫއިން ބުނީ ޓެކްފިންގެ ދަށަށް އެމް-ފައިސާ ގެނައީ ކަސްޓަމަރުންނަށް މާލީ ހިދުމަތުގެ ދާއިރާއިން ދެމެހެއްޓިނިވި ގޮތެއްގައި ހިދުމަތްތައް ދިނުމުގެ ގޮތުން ކަމަށެވެ.

އަންނަ ޖެނުއަރީ 1، އިން ފެށިގެން އެމް-ފައިސާގެ ހިދުމަތްތައް ލިބޭނީ ޓެކްފިންގެ ދަށުންކަން ފާހަގަކޮށް އުރީދޫއިން ބުނީ ކަސްޓަމަރުންގެ ހުރިހާ ޑޭޓާ އަދި މައުލޫމާތުތަކެއް ޓެކްފިންއަށް ބަދަލު ކުރާނެ ކަމަށެވެ.

މި ބަދަލާ އެކު އެމް-ފައިސާގެ ހިދުމަތްތައް ދޭނީ ޓެކްފިން މޯލްޑިވްސްގެ ޝަރުތުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

ޓެކްފިން މޯލްޑިވްސް އިން ފޯރުކޮށް ދޭ ހިދުމަތް ހޯދަން ބޭނުންވާ އެމްފައިސާގެ ކަސްޓަމަރުންނަށް ހިދުމަތް ދޫކޮށްލުމުގެ ފުރުސަތު ޑިސެމްބަރު 28، ގެ ނިޔަލަށް ލިބޭނެ ކަމަށް އުރީދޫއިން ވަނީ އިއުލާނުކޮށްފަ އެވެ.

އެ މުއްދަތުގެ ކުރިން ކަސްޓަމަރަކު ހިދުމަތުން ވަކި ނުވެއްޖެނަމަ، ހިދުމަތް ބަދަލު ކުރަން އިއުތިރާޒު ނެތް ކަމަށް ނިންމާނެ ކަމަށް އުރީދޫއިން ބުންޏެވެ.

ޓެކްފިން އަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ޕޭމަންޓް ސާވިސް ޕްރޮވައިޑާ (ޕީއެސްޕީ) ލައިސަންސް ދޫކުރީ މިދިޔަ ސެޕްޓެމްބަރުގަ އެވެ.

އެމް-ފައިސާ ޕްލެޓްފޯމްގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުގައި މާލީ މުއާމަލާތްތަކަށް އިންގިލާބީ ބަދަލުތަކެއް ގެނެސް، ކަސްޓަމަރުންނަށް ފައިސާ ދެއްކުމާއި، ފައިސާ ޓްރާންސްފާ ކުރުމާއި، ރެމިޓެންސްގެ ހިދުމަތް ހޯދުމުގައި ފަސޭހަ އަދި ހަރުދަނާ މަގެއް ވަނީ ފަހިކޮށްދީފަ އެވެ.