12 ޑިސެންބަރު 2024 - 18:00 0
ލީވާން އަލީ ނާސިރު
ސްޕާ ސިލޯނުން އުރީދޫ ކްލަބް ޕްރިމިއާއާ ގުޅުން: ކްލަބް ޕްރިމިއާ މެންބަރުންނަށް ހާއްސަ އޮފާތަކެއް ވަނީ ހުޅުވާލާފައި -- ފޮޓޯ: އުރީދޫ
12 ޑިސެންބަރު 2024 - 18:00 0
ދުނިޔޭގެ އެންމެ ބޮޑު އާޔުރްވެދާ ވެލްނެސް ބްރޭންޑް ކަމަށްވާ ސްޕާ ސިލޯން، އުރީދޫ މޯލްޑިވްސްގެ ކްލަބް ޕްރިމިއާއާ ގުޅިއްޖެ އެވެ.
އުރީދޫ އިން ބުނީ ސްޕާ ސިލޯންއާ އެކު ހެދި ޕާޓްނަޝިޕާއެކު އުރީދޫ ކްލަބް ޕްރިމިއާގެ މެމްބަރުންނަށް ސްޕާ ސިލޯނުގައި އެކްސްކްލޫސިވް ފައިދާތަކެއް ލިބި، އެ ފަރާތްތަކުގެ ދުޅަހެޔޮކަމާއި ލުއިކަމުގެ ތަޖުރިބާތައް އިތުރު ކުރެވޭނެ ކަމަށެވެ.
މި ޕާޓްނާޝިޕަކީ އުރީދޫގެ އެންމެ ހާއްސަ ކަސްޓާމަރުން ކަމަށްވާ ކްލަބް ޕްރިމިއާ މެންބަރުންނަށް ތަފާތު އަގުހުރި ޕްރިމިއަމް ތަޖުރިބާތައް ފޯރުކޮށްދޭން އުރީދޫ އިން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ކުރިއަށްގެންދާ ޕާޓްނާޝިޕެކެވެ.
ސްޕާ ސިލޯންގެ މަޝްހޫރު އާޔުރްވެދިކް އަދި ވެލްނެސް ޕްރޮޑަކްޓްތަކާ އެކު، ރާއްޖޭގައި އަލަށް ހުޅުވި ސްޕާ ސިލޯން އައުޓްލެޓުން މިހާރު މެންބަރުންނަށް ޕްރޮޑަކްޓްތަކާ ގުޅޭ ހާއްސަ އޮފާތަކެއް ލިބޭނެ އެވެ.
މިގޮތުން އުރީދޫ ކްލަބް ޕްރިމިއާ ކަސްޓާމަރުންގެ ތެރެއިން ގޯލްޑް މެމްބަރުންނަށް 10 ޕަސަންޓް އަދި ޕްލެޓިނަމް ކަސްޓަމަރުންނަށް 15 ޕަސަންޓް ޑިސްކައުންޓް ލިބޭނެ އެވެ.
ސްޕާ ސިލޯނުން އުރީދޫ ކްލަބް ޕްރިމިއާއާ ގުޅުން: ކްލަބް ޕްރިމިއާ މެންބަރުންނަށް ހާއްސަ އޮފާތަކެއް ވަނީ ހުޅުވާލާފައި -- ފޮޓޯ: އުރީދޫ
އުރީދޫ އިން މިއަދު ވަނީ ގޯ ޕްލޭ މާކެޓް ނަމުގައި ހާއްސަ ޕްރޮމޯޝަނެއް ތައާރަފް ކޮށްފަ އެވެ. އެ ޕްރޮމޯޝަންގެ ދަށުން ޑިސެމްބަރު 25، ގެ ކުރިން އެކްޓިވޭޓް ކޮށްގެން 10 ފަރާތަކަށް ސްޕާ ސިލޯން އިން ޑިސްކައުންޓް ވައުޗަރ ލިބުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
ޑިސްކައުންޓުތަކުގެ ތެރޭގައި 1000ރ. އަދި 500ރ. ގެ ޑިސްކައުންޓް ވައުޗާ ހިމެނެ އެވެ.
ލަގްޒަރީ އާޔުރްވެދާގެ ތަޖުރިބާގެ ސަބަބުން ދުނިޔޭގެ ފެންވަރުގައި ބަލައިގެންފައިވާ ސްޕާ ސިލޯން އަކީ ސްރީލަންކާގެ ޒަމާންވީ ފަރުވާގެ އާދަކާދަތަކާއި އެންމެ މޮޅު މާއްދާތަކާއި ޒަމާނީ ދުޅަހެޔޮކަމުގެ އާދަތަކަށް ބައްޓަންކޮށް އެކި އުފެއްދުންތަކުން އުފައްދާފައިވާ ބްރޭންޑެކެވެ.
އުރީދޫ ކްލަބް ޕްރިމިއާ އަކީ އުރީދޫގެ އެންމެ ވަފާތެރި ކަސްޓަމަރުންގެ ތަޖުރިބާ އިތުރަށް ފުރިހަމަކުރުމަށްޓަކައި ފަރުމާކޮށްފައިވާ ލޯޔަލްޓީ ޕްރޮގްރާމެކެވެ. އެ ޕްރޮގްރާމް މެދުވެރިކޮށް މެންބަރުންނަށް ހާއްސަ އިނާޔަތްތަކާއި ޑިސްކައުންޓްތަކާއި ޕްރިމިއަމް ލައިފްސްޓައިލްގެ ތަޖުރިބާތައް ލިބެ އެވެ.
Comment