Advertisement

އަންނަ ރޯދަ މަހުން ފެށިގެން ޑަބްލިއުޑީސީ މެންބަރުންނަށް ރޯދަ އެލަވަންސް ލިބޭނެ: ރައީސް

14 ޑިސެންބަރު 2024 - 22:51 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ރައީސް ޑރ. މުހައްމަދު މުއިއްޒު: އަންނަ ރޯދަ މަހުން ފެށިގެން ޑަބްލިއުޑީސީ މެންބަރުންނަށް ރޯދަ އެލަވަންސް ލިބޭނެ ކަމަށް ވިދާޅުވި -- ފޮޓޯ؛ ރައީސް އޮފީސް


އަންނަ ރޯދަ މަހުން ފެށިގެން ޑަބްލިއުޑީސީ މެންބަރުންނަށް ރޯދަ އެލަވަންސް ލިބޭނެ: ރައީސް

14 ޑިސެންބަރު 2024 - 22:51 0

އަންނަ ރޯދަ މަހުން ފެށިގެން ކައުންސިލްތަކުގެ އަންހެންނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިއުޑީސީ) މެންބަރުންނަށް ރޯދަ މަހުގެ އިނާޔަތް ދޭން ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

އދ. ގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި އެ އަތޮޅު ދަނގެތިއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލު ކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ އަންނަ އަހަރުގެ ފެބްރުއަރީ މަހު ރައްޔިތުންގެ މަޖިލިސް ހުޅުވުމުން، ޑަބްލިއުޑީސީ މެންބަރުންނަށް ރޯދަ މަހުގެ އިނާޔަތް ލިބޭ ގޮތަށް ގާނޫނު ބަދަލު ކުރަން ބިލު ހުށަހަޅައި ފާސް ކުރުމަށްފަހު، އަންނަ ރޯދަ މަހުން ފެށިގެން ރޯދަ އިނާޔަތް ދޭން ފަށާނެ ކަމަށެވެ.

"ލާމަރުކަޒީ ގާނޫނަށް ގެންނަން ޖެހޭ އިސްލާހެއް އެބައޮތް. އަދި ވަޒީފާއާ ބެހޭ ގާނޫނަށް ގެންނަން ޖެހޭ އިސްލާހެއް އެބައޮތް. އެހެންވީމަ މިކަމަށް ދިރާސާ ކުރަން ވަގުތުކޮޅެއް ނެގީ. ދެން މަޖިލިސް ހުޅުވޭއިރު އިރާދަކުރެއްވިއްޔާ މި އިސްލާހުތައް ހުށަހަޅައިދޭނަން ފެބްރުއަރީ މަހު ކުރީކޮޅު،" ރައީސް ވިދާޅުވި އެވެ.

"އަދި އެއާ އެކު އިސްލާހުތައް ގެނެސް މި އަންނަ ރަމަޟާން މަހުން ފެށިގެން، ކޮންމެ ރަމަޟާން މަހަކު ޑަބްލިއުޑީސީ މެންބަރުންނަށް ރޯދަ މަހުގެ އިނާޔަތް ދޭނެ ކަމުގެ ޔަގީންކަން އަޅުގަނޑު ދެން."

ޑަބްލިއުޑީސީގައި ހިމެނޭ މެންބަރުންނަކީ މުހިންމު ބަޔަކަށްވާއިރު، މަޖިލިސް ތެރެއިން ގާނޫނަށް ބަދަލު ގެނެސްގެން އެ މެންބަރުންނަށް ލިބޭ އެލަވަންސް މުސާއަރަކަށް ބަދަލު ކުރުމުގެ އިތުރުން ވިހެއުމުގެ ޗުއްޓީ ލިބޭ ގޮތް ހަދައިދޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

މީގެއިތުރުން ޑަބްލިއުޑީސީގެ މެންބަރުންނަށް ލިބޭ މުސާރައަކީ ބޭންކުތަކުން ބަލައިގަންނަ މުސާރައަކަށް ހަދައި، ލޯނު ނެގޭނެ އިންތިޒާމު ވެސް ހަމަޖައްސައިދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނު މަސައްކަތް ކުރައްވަމުން އަންނަނީ ރައްޔިތުންނަށް ލިބޭ އެއްޗެއް އަތު ނުލައި، ރާއްޖެ ބަނގުރޫޓު ވިޔަ ނުދީ ރައްޔިތުންނަށް އިތުރު މުއްސަނދިކަން ހޯދައި ދެވޭނެ ގޮތްތައް ފަހި ކުރަން ކަމަށެވެ.

އެ މަސައްކަތް ކުރަމުން ދަނީ ފައިސާ ޗާޕު ނުކޮށްކަން ފާހަގަ ކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން ފައިސާ ޗާޕު ނުކޮށް ރައްޔިތުންނަށް މުއްސަނދިކަން ހޯދައިދޭނެ ކަމަށެވެ.