Advertisement

ކާވާ މެންސް ކްލަބް ޗެމްޕިއަންޝިޕް: ސެމީގައި ހެލްޕް ނޭޕާލް އަތުން އެޗްޑީސީ ބަލިވެއްޖެ

13 ޑިސެންބަރު 2024 - 22:43 0

އަތޫފް އާތިފް

އަތޫފް އާތިފް


ކާވާ މެންސް ކްލަބް ޗެމްޕިއަންޝިޕް: ސެމީގައި ހެލްޕް ނޭޕާލް އަތުން އެޗްޑީސީ ބަލިވެއްޖެ

13 ޑިސެންބަރު 2024 - 22:43 0

ނޭޕާލުގައި މިހާރު ކުރިއަށްދާ ސެންޓްރަލް އޭޝިއާ ވޮލީބޯލް އެސޯސިއޭޝަން (ކާވާ) މެންސް ކްލަބް ޗެމްޕިއަންޝިޕުގެ ސެމީ ފައިނަލުގައި ހެލްޕް ނޭޕާލް ސްޕޯޓްސް ކްލަބް އަތުން ރާއްޖޭގެ ކްލަބް އެޗްޑީސީ ބަލިވެއްޖެ އެވެ.

މިއަދު ހަވީރު ނޭޕާލުގެ ކަތުމަންޑޫގައި ކުޅުނު ސެމީގައި އެޗްޑީސީން ހެލްޕް ނޭޕާލް އަތުން ބަލިވީ ސީދާ ތިން ސެޓުންނެވެ.

މި މެޗުގެ ފުރަތަމަ ސެޓުގައި އެޗްޑީސީގެ ފަރާތުން ދަށް ކުޅުމެއް ފެނިގެންދިޔައިރު, މި ސެޓުގައި އެ ޓީމުގެ ފަރާތުން ގިނަ ގޯސްތަކެއް ހެދުނެވެ. އެގޮތުން ހެލްޕް ނޭޕާލްގެ އެޓޭކްތައް ރިސީވް ކުރުމުގައި އެޗްޑީސީ އަށް މާބޮޑު ކަމެއް ނުކުރެވުނެވެ. އެއާއެކު މި ސެޓު ހެލްޕް ނޭޕާލުން ކާމިޔާބުކުރީ 25-16 އިންނެވެ.

މެޗުގެ ދެވަނަ ސެޓު ފަށައިގެން ހެލްޕް ނޭޕާލުން ތިން ޕޮއިންޓްގެ ލީޑެއްގައި ކުޅުނު ނަމަވެސް ސެޓުގެ މެދުތެރެއިން އެޗްޑީސީން ފުރަތަމަ ސެޓުގައި ހެދި ގޯސްތައް ތަކުރާރުކުރުމުން ހެލްޕް ނޭޕާލުން ވަނީ ލީގު ފަސް ޕޮއިންޓަށް ފުޅާކޮށްފަ އެވެ. އަދި މި ސެޓު އެޓީމުން ގެންދިޔައީ, 25-18 އިންނެވެ.

ތިންވަނަ ސެޓުގައި ވެސް ހެލްޕް ނޭޕާލް ފެނިގެންދިޔައީ ތަފާތުކޮށެވެ. މި ސެޓުގައި ވެސް އެޗްޑީސީ އަށް ހެލްޕް ނޭޕާލްގެ އެޓޭކުތައް ހުއްޓުވަން މާބޮޑު ކަމެއް ނުކުރެވުނެވެ. މި ސެޓު ހެލްޕް ނޭޕާލުން ގެންދިޔައީ 25-21 އިންނެވެ.

މި މުބާރާތުގެ ފުރަތަމަ މެޗުގައި އެޗްޑީސީ އިން ނުކުތީ ނޭޕާލުގެ ގަންޑާކީއާ ދެކޮޅަށެވެ. އެ މެޗު އެޗްޑީސީ އިން 3-2 ސެޓުން ކާމިޔާބުކުރިއިރު, ދެ ވަނަ މެޗުގައި އީރާނުގެ ޗަދޯރުމަލޫ އަތުން 3-2 ސެޓުން ވަނީ ބަލިވެފަ އެވެ. ތިން ވަނަ މެޗުގައި އިންޑިއާގެ ކަލިކަޓް ހީރޯސް އަތުން ބަލިވީ 3-0 އިންނެވެ. އަދި ލީގު ބުރުގައި އެޗްޑީސީން ހެލްޕް ނޭޕާލްއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވީ 3-1 ގެ ނަތީޖާ އަކުންނެވެ.

މުބާރާތުގެ ތިން ވަނަ ހޮވާ މެޗުގައި އެޗްޑީސީން މާދަމާ ކުޅޭނީ އީރާނުގެ ޗަދޯރުމަލޫ (އީރާނުގެ 18 އަހަރުން ދަށުގެ ޓީމު)އާ ދެކޮޅަށެެވެ.