Advertisement

ވޯލްޑް އެކުއަޓިކްސް މުބާރާތުގައި ހަމްނާ، އާން، ރިހާނަށް ގައުމީ ރެކޯޑެއް

13 ޑިސެންބަރު 2024 - 10:01 0


ވޯލްޑް އެކުއަޓިކްސް މުބާރާތުގައި ހަމްނާ، އާން، ރިހާނަށް ގައުމީ ރެކޯޑެއް

13 ޑިސެންބަރު 2024 - 10:01 0

ހަންގޭރީގައި މިހާރު ކުރިއަށްދާ ވޯލްޑް އެކުއަޓިކްސް ސްވިމިން ޗެމްޕިއަންޝިޕް (25 މީޓަރު) ގައި ވާދަކޮށް ރާއްޖޭގެ ގައުމީ ފެތުންތެރިން ކަމަށްވާ މުހައްމަދު އާން ހުސެއިން، ރިހާން ޝިހާމް އަދި ހަމްނާ އަހުމަދު ގައުމީ ރެކޯޑެއް އާ ކޮށްފި އެވެ.

އެ ގޮތުން، އާން، ފިރިހެނުންގެ ޝޯޓްކޯސް 100 މީޓަރު ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯޑް އާކޮށްފައިވަނީ 00:52.29 އިން ރޭސް ނިންމައިގެންނެވެ. މި އިވެންޓުގެ ޤައުމީ ރެކޯޑް އެންމެ ފަހުން އާކޮށްފައިވަނީ ވެސް އާން އެވެ. އެއީ، މިދިޔަ މަހު ހަންގޭރީގައި ބޭއްވުނު އެ ޤައުމުގެ 20 ވަނަ ނެޝަނަލް ޝޯޓްޓް ރެކް ޗެމްޕިއަންޝިޕް ގައި 00:53.45 އިން ރޭސް ފުރިހަމަ ކޮށްގެންނެވެ.

އަންހެނުންގެ ޝޯޓްކޯސް 100 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯޑް ޙަމްނާ އާ ކުރީ، މި އިވެންޓު 01:20.69 ނިންމައިގެންނެވެ. މި އިވެންޓުގެ ގައުމީ ރެކޯޑް އެންމެ ފަހުން އާކޮށްފައިވަނީ ވެސް ޙަމްނާ އެވެ. އެއީ، މިދިޔަ މަހު ހަންގޭރީގައި ބޭއްވުނު އެ ޤައުމުގެ 20 ވަނަ ނެޝަނަލް ޝޯޓްޓްރެކް ޗެމްޕިއަންޝިޕް ގައި 01:22.65 އިން ރޭސް ފުރިހަމަ ކޮށްގެންނެވެ.

ފިރިހެނުންގެ ޝޯޓްކޯސް 200 މީޓަރު ބަޓަފްލައި އިވެންޓުގެ ގައުމީ ރެކޯޑް ރިޙާން އާކޮށްފައިވަނީ 02:17.93 އިން ރޭސް ނިންމައިގެންނެވެ. މި އިވެންޓުގެ ޤައުމީ ރެކޯޑް އެންމެ ފަހުން އާކޮށްފައިވަނީ ވެސް ރިޙާން އެވެ. އެއީ، މިދިޔަ އޮކްޓޫބަރު މަހު ބޭއްވުނު އޭޝިއަން އޯޕަން ސްކޫލްސް އިންވިޓޭޝަނަލް (އޭއޯއެސްއައި) ޝޯޓްކޯސް (25 މީޓަރު) އޭޖް ގްރޫޕް ސްވިމިންް ޗެމްޕިއަންޝިޕްސްގައި ވާދަކޮށް 02:21.75 އިން ރޭސް ފުރިހަމަކޮށްގެންނެވެ.

ވޯލްޑް އެކުއަޓިކްސް ސްވިމިން ޗެމްޕިއަންޝިޕް (25 މީޓަރު) ގައި ދެން ވާދަކުރާ ގައުމީ ފެތުންތެރިއަކީ، މެރާލް އައިން ލަތީފް އެވެ. އޭނާ ވެސް ވާދަކުރި އިވެންޓްތަކުގައި ކުރިއެރުން ހޯދައިފައިވެ އެވެ.