Advertisement

އޭޓީއެފް މޯލްޑިވްސް އޯޕަން: ޑަބަލްސް ޗެމްޕިއަންކަން އާރާ އާއި ނަޔާރާ އަށް

12 ޑިސެންބަރު 2024 - 19:07 0

މި މުބާރާތުގެ މެޗެއްގެ ތެރެއިން ނަޔާރާ ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ


އޭޓީއެފް މޯލްޑިވްސް އޯޕަން: ޑަބަލްސް ޗެމްޕިއަންކަން އާރާ އާއި ނަޔާރާ އަށް

12 ޑިސެންބަރު 2024 - 19:07 0

މިހާރު ކުރިއަށްދާ "އޭޓީއެފް މޯލްޑިވްސް ޖޫނިއާ އޯޕަން" 16 އަހަރުން ދަށުގެ ޓެނިސް މުބާރާތުގެ އަންހެން ޑަބަލްސް ޗެމްޕިއަންކަން ރާއްޖޭގެ އާރާ އާސާލް އާޒިމް އާއި ނަޔާރާ އުސާމާ އަލީގެ ޕެއާ އިން ހޯދައިފި އެވެ.

މިއަދު ހަވީރު މާލޭ ޓެނިސް ކޯޓުގައި ކުޅުނު ފައިނަލުގައި އާރާ އާއި ނަޔާރާގެ ޕެއާ އިން ނުކުތީ، ހޮން ކޮންގްގެ އައިޝަތު ކަރީން ސައިޒާން އާއި ހިއު ލަމް އެލާ ވޮންގްގެ ޕެއާއާ ދެކޮޅަށެވެ. އާރާ އާއި ނަޔާރާގެ ޕެއާ އިން މި މެޗުގެ ސެޓުތައް ގެންދިޔައީ، 6-3، 6-4 އިންނެވެ.

އަންހެން ސިންގަލްސް ފައިނަލުގައި މިއަދު ހެނދުނު އާރާ ވަނީ ނަޔާރާއާ ވާދަކޮށް މޮޅުވެފަ އެވެ. މެޗުގެ ސެޓުތައް ދިޔައީ، 6-0، 6-4 އިންނެވެ.

މިއީ، އޭޝިއަން ޓެނިސް ފެޑެރޭޝަންގެ މި ލެވަލްގެ މުބާރާތެއް ރާއްޖޭގައި ހޯސްޓްކުރި ފުރަތަމަ ފަހަރު ހޯދި ފަހުރުވެރި ކާމިޔާބެކެވެ.

މި ފަހަރުގެ މުބާރާތުގައި ރާއްޖޭގެ އިތުރުން, ކަޒަކިސްތާން, ޗައިނާ, އިންޑިއާ, އިންގްލެންޑް އަދި ބްރެޒިލްގެ ކުޅުންތެރިން ފެނިގެންދިޔަ އެވެ. ޖުމްލަ އެކު، މި ގައުމުތަކުން 30 އަށް ވުރެ ގިނަ ކުޅުންތެރިން ވާދަކުރި އެވެ.

ސޯޅަ އަހަރުން ދަށުގެ ފިިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ އިންޑިއާގެ ހަރްޝް ޕަޓޭލް ބަލިކޮށް އިންޑޮނޭޝިއާގެ ޔޯކިމް މިކާ ގުނަވަން އެވެ. ސެޓުތައް ދިޔައީ، 6-7، 6-4 އަދި 2-6 އިންނެވެ.

ފިރިހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ، އިންޑޮނޭޝިއާގެ ޔޯކިމް އާއި ރަފާ ޖެކޯނިއާ ވާޑަސްކޯ އެވެ. އެއީ، ފައިނަލުގައި އިންޑިއާގެ ޝުން ޔިއޫ ކަރޫސް އާއި ހަރްޝް އަތުން 6-4، 6-1 އިން މޮޅުވެގެންނެވެ.