7 ޑިސެންބަރު 2024 - 11:21 0
ލީވާން އަލީ ނާސިރު
މީޑިއާ ކައުންސިލް އިންތިހާބުގެ ތެރެއިން: ހުސްވެފައިވާ 10 ގޮނޑިއަށް މެންބަރުން ވަނީ އިންތިހާބު ކޮށްފައި -- ފޮޓޯ؛ އެމްޖޭއޭ
7 ޑިސެންބަރު 2024 - 11:21 0
މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ ހުސްވެފައިވާ 10 ގޮނޑިއަށް މެންބަރުން މިއަދު އިންތިހާބު ކޮށްފި އެވެ.
ސޯޝަލް ސެންޓަރުގައި ކުރިއަށްދިޔަ އިންތިހާބުގައި މީޑިއާތަކުން ހަތް މެންބަރުން އަދި އަމިއްލަ ގޮތުން ވާދަކުރި ތިން މެންބަރުން ހޮވި އެވެ.
މީޑިއާތަކުން ވާދަ ކޮށްގެން އިންތިހާބު ކާމިޔާބު ކުރީ އާފަތިސް ނޫހުގެ ހަސަން ޝާކިރު މުހައްމަދު، ވަގުތު ނޫހުގެ ނަޖާހް މަސްއޫދު، ހަތާވީސް ނޫހުގެ ހުސެއިން ހަސަން، މިހާރު ނޫހުގެ ފާތިމަތު ޝަނާ މުހައްމަދު، ދިޔަރެސް ނޫހުގެ ފާތިމަތު ނަހުދާ ފާއިޒް، ހަފްސީ ނޫހުގެ، ހަފްސީ އަބްދުﷲ އަދި ތިލަދުން ނޫހުގެ ހުސެއިން ސަގީފް އެވެ.
އަމިއްލަ ގޮތުން ވާދަ ކޮށްގެން އިންތިހާބު ކާމިޔާބު ކުރީ ފާތިމަތު ފަހުމީ، އިބްރާހިމް ފައުޒީ އަދި އިބްރާހިމް މުހައްމަދު އެވެ.
މީޑިއާ ކައުންސިލުގައި އާންމު މެންބަރުންގެ ގޮތުގައި ތިބެނީ މީޑިއާތަކާއި އެއްވެސް ވަރަކަށް ގުޅުންހުރި ދާއިރާއެއްގައި މަސައްކަތް ނުކުރާ މީހުންނެވެ. އަދި, މީޑިއާ ތަމްސީލުކުރާ މަގާމުތަކަށް ހޮވަނީ ރަޖިސްޓްރީ ކޮށްފައިވާ މީޑިއާތަކުންނެވެ.
މީޑިއާ ކައުންސިލުގެ ދައުރަކީ މީލާދީ ގޮތުން ދެ އަަހަރެވެ. އަދި, ކައުންސިލުކަމުގައި ދެ ދައުރު ޖެހިޖެހިގެން އެއް މެންބަރަކަށް އަދައެއް ނުކުރެވޭނެ އެވެ. މީޑިއާ ކައުންސިލްގެ މެމްބަރުންގެ އަދަދަކީ 15 އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment