7 ޑިސެންބަރު 2024 - 05:26 3
އަހުމަދު އާއިދު
ރައީސް ޑރ. މުހައްމަދު މުއިއްޒު : ޗާގޯސް މައްސަލާގައި އިނގިރޭސިވިލާތަށް ފޮނުވި ސިޓީ ސަރުކާރުން ވަނީ ސިއްރުކޮށްފަ ---- ފޮޓޯ: މިރާޝް ނާޝިމް / އަދަދު
7 ޑިސެންބަރު 2024 - 05:26 3
ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސް ޖަޒީރާ ނުވަތަ ފޯޅަވަހީގެ ސިޔާދަތީ ބާރު ރާއްޖެއަށް ލިބުން މާ ހައްގު ކަމަށް ވިދާޅުވެ، އިނގިރޭސިވިލާތުގެ ސަރުކާރަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި ސިޓީ މައުލޫމާތު ހޯދައިލިބިގަތުމުގެ ގާނޫނުގެ ދަށުން ހޯދަން އެދުމުން، އެ ސިޓީ ހާމަނުކުރަން ނިންމައިފި އެވެ.
އިނގިރޭސިވިލާތަށް ސިޓީއެއް ފޮނުއްވި ކަމަށް ރައީސް ވިދާޅުވީ މި އަހަރުގެ ޖުމްހުރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. ސިޓީއާއެކު ތާރީހީ ލިޔެކިޔުންތަކެއް ފޮނުއްވި ކަމަށްވެސް ނޮވެމްބަރު 10، ގެ ރޭ ބޭއްވި އެ ޖަލްސާގައި ރައީސް ވިދާޅުވި އެވެ.
މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އެ ސިޓީގެ ކޮޕީ، އަދި ފޮނުވި ލިޔެކިޔުންތަކާއި، އެ ސިޓީއަށް ޔޫކޭ ސަރުކާރުން ޖަވާބެއް ލިބިފައިވާނަމަ އެ ޖަވާބުގެ ކޮޕީ ހޯދަން އަދަދު ނޫހުން އެދުނެވެ.
މަހޯލި ޕޯޓަލް މެދުވެރިކޮށް ނޮވެމްބަރު 12، ގައި ހުށަހެޅި ހުށަހެޅުމަށް ގާނޫނުގައި ބުނާ 21 ދުވަހުގެ ތެރޭގައި ޖަވާބު ނުދީ، މުއްދަތު އިތުރު ކުރުމަށް ފަހު، އެދިފައިވާ މައުލޫމާތު ދެވެން ނެތް ކަމަށް އެންގީ ބުރާސްފަތި ދުވަހު އެވެ.
އެ ސިޓީއާއި ލިޔުންތައް ސިއްރު ކުރަން ނިންމީ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 31 ވަނަ މާއްދާއާ ހަވާލާ ދީފަ އެވެ. އެ މާއްދާގައި ބުނެފައި ވަނީ ސަރުކާރުގެ ސިޔާސަތު އެކުލަވާލުމަށް ހުރަސް އެޅިދާނެ ހާލަތެއްގައި މައުލޫމާތު ސިއްރުކުރުމުގެ ބާރު ލިބިދޭ ކަމަށެވެ.
މިއީ އާންމު މަސްލަހަތު ބޮޑު މައްސަލައެއްކަމުން ރައީސް އޮފީހުގެ އެ ނިންމުން މުރާޖައާކޮށްދިނުމަށް އެދި މިހާރު ވާނީ ހުށަހަޅާފަ އެވެ.
އިނގިރޭސި ސަރުކާރަށް ސިޓީއެއް ފޮނުވަން ނިންމީ، ޗާގޯސް މޮރިޝަސް އާ ހަވާލުކުރަން އެއްބަސްވެ އެ ޔޫކޭ އަދި މޮރިޝަސްގެ ސަރުކާރުން ގުޅިގެން ބަޔާނެއް ނެރުމާ ގުޅިގެންނެވެ. އެއަށްފަހު އިންތިހާބުވި މޮރިޝަސްގެ ސަރުކާރުން ދަނީ މި އެއްބަސްވުން ރިވިއުކުރަމުންނެވެ.
ޗާގޯސްގެ ސިޔާދަތީ ބާރު ލިބޭ ޑީލު މޮރިޝަސްއިން ރިވިއުކުރަނީ
ރިޕޯޓުތައް ބުނާގޮތުން، މިހާރުގެ ސަރުކާރު އިދިކޮޅުގައި އޮތްއިރު އެކުލަވާލި މި އެއްބަސްވުމުގެ ތެރެއިން ރަންގޫލަމް މައްސަލަ އުފައްދަނީ އިނގިރޭސިވިލާތާއި އެމެރިކާއިން ޗާގޯސްގެ ރަށެއް ކަމަށްވާ ޑިއެގޯ ގާސިއާ ދިގު މުއްދަތަށް ކުއްޔަށް ދޭން ނިންމާފައި އޮތުމުން.
ޗާގޯސްގެ ސިޔާދަތީ ބާރު ލިބޭ ޑީލު މޮރިޝަސްއިން ރިވިއުކުރަނީ
ރިޕޯޓުތައް ބުނާގޮތުން، މިހާރުގެ ސަރުކާރު އިދިކޮޅުގައި އޮތްއިރު އެކުލަވާލި މި އެއްބަސްވުމުގެ ތެރެއިން ރަންގޫލަމް މައްސަލަ އުފައްދަނީ އިނގިރޭސިވިލާތާއި އެމެރިކާއިން ޗާގޯސްގެ ރަށެއް ކަމަށްވާ ޑިއެގޯ ގާސިއާ ދިގު މުއްދަތަށް ކުއްޔަށް ދޭން ނިންމާފައި އޮތުމުން.
ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ލިބޭ ކަމަށް ބައިނަލްއަގުވާމީ ކޯޓުން ވެސް ވަނީ ނިންމާފަ އެވެ. އެ ނިންމުމަށް ރިއާޔަތްކޮށް ޗާގޯސް އާއި ރާއްޖެއާ ދެމެދު އޮތް ކަނޑުގެ އިން ވަކިކުރުމަށް އިޓްލޮސްއަށް ހުށަހެޅި މައްސަލާގައި ރާއްޖެއާ ޗާގޯސް ޖަޒީރާއާ އާ ދެމެދުން ފުށޫއަރާ ކަނޑުގެ ސަރަހައްދު އެ ކޯޓުން މިދިޔަ ވެރިކަމުގައި ބައި ކުރި އެވެ.
މި ސަރުކާރުން ވެރިކަމަށް އައީ އޭރު ބައިކުރި ކަނޑުގެ ބަޔަކީ ކުރީ ސަރުކާރުން ގެއްލުވާލި ބައެއް ކަމަށް ބުނެ އެތަން އަނބުރާ ހޯދާނެ ކަމަށް ވައުދުވަމުންނެވެ.
ފުރަތަމަ 100 ދުވަސް ތެރޭ އެ މައްސަލަ އިސްތިއުނާފުކުރާނެ ކަމަށް ސަރުކާރުން ބުނި ނަމަވެސް އަދިވެސް އެކަން ވަނީ ނުކުރެވިފަ އެވެ.
ޗާގޯސްގެ މައްސަލާގައި މިދިޔަ މަހު އިނގިރޭސިވިލާތުން ނިންމި ނިންމުމާއެކު، ރާއްޖެއިން އިޓްލޮސްއަށް ހުށަހަޅަން ތައްޔާރުވާ އިސްތިއުނާފުގައި ކުރިއަށްދާނެ ގޮތް ވެސް ބަދަލު ކުރަން ޖެހޭ ކަމަށާއި އެކަން ކުރެވޭނީ ފަންނީ މާހިރުންގެ ލަފަޔާ އެކު ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމު ވަނީ ވިދާޅުވެފަ އެވެ.
100.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
ހުސެން
3 months ago
ދައުލަތުން ފޮނުވާ ބައެއް ސިޓީ ތަކަކީ އާންމު ކުރެވޭނެ ސިޓީ ތަކެއްނުން. އެ ސިޓީ އަކާއި ގުޅިގެން ކިތަންމެ މަރުހަލާ އެއް ގައި މަޝްވަރާ ކުރެވިގެން ގޮތެއް ނިމިގެންދާނީ. ވީމާ ވެރިކަމަަށް އަންނަން ބޭނުންވާ ވަގުތު ވެސް ގޮވަންވާނީ، ކިޔަންވާނީ، ދައްކަންވާނި ވެރިކަމަށް އައުމުންވެސް ގޮވޭ، ދެއްކޭނެ، ކިޔޭނެ ފަދަ ވާހަކަތައް. ސިޔާސީ ބޭނުމަށް ފާޑު ފާޑު ވާހަކަ ދެއްކީމާ އެ އެނުބުރި ގަޔާ ދިމާލަށް އަންނަތަން ކޮންމެ ދިމާލަކުން މިފެންނަނީ.
ހަސަންދީ(ލ)
3 months ago
ގުދޯ ގުދޯ ތަގުދަށް ފެންއެރޭ! އަޒާންސަހަބް އާޕް ކިޔާ ހާލްހޭ، ޔޭ ކިޔާ ބައްތަމީޒް ކަރްރަހާހޭ؟
ހަރާމީން
3 months ago
ކޮބާ އަޒާން، މަތިފަޑިއަށް އެރު ނީމަ، މިހާރު އިސްރާއީލް އަދި ހިންދޫ ޝަރުބަތު ވަރަށް މީރު ދޯ؟ އަދި ކުރިން ހައްގޭ އޭއްޗެކޭ މީއްޗެކޭ ކިޔާގެން ޖެއްސި ސްޓަންޓްތަށް ކެންސަލް؟
Comment