Advertisement

ހުލާސާކޮށް އިއްޔެ: އެމްއެމްސީގެ އިންތިހާބުގެ ސައްހަކަމާމެދު މެދު އެމްޖޭއޭގެ ކަންބޮޑުވުން

6 ޑިސެންބަރު 2024 - 00:58 0

Advertisement

މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) ގެ ބައްދަލުވުމެއްގެ ތެރެއިން: ވޯޓާސް ލިސްޓަށް ބަދަލު ގެނައުމުން އިންތިހާބުގެ ސައްހަކަމާ މެދު އެމްޖޭއޭއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި -- ފޮޓޯ: އެމްޖޭއޭ


ހުލާސާކޮށް އިއްޔެ: އެމްއެމްސީގެ އިންތިހާބުގެ ސައްހަކަމާމެދު މެދު އެމްޖޭއޭގެ ކަންބޮޑުވުން

6 ޑިސެންބަރު 2024 - 00:58 0

Advertisement

Advertisement

މޯލްޑިވްސް މީޑިއާ ކައުންސިލު (އެމްއެމްސީ) ގެ އިންތިހާބުގެ ދާއިމީ ވޯޓާސް ލިސްޓަށްް ފަހު ވަގުތު އެ އިންތިހާބު ބާއްވާ ޔޫތު މިނިސްޓްރީން ބަދަލު ގެނައުމުން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ކަންބޮޑުވުން ފާޅުކުރި އެވެ.

އެމްޖޭއޭއިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އަންނަ ހޮނިހިރު ދުވަހު ބާއްވާ އެ އިންތިހާބަށް ކުޑަތަންވެފައި ވަނިކޮށް އެ އިންތިހާބުގެ ދާއިމީ ވޯޓާސް ލިސްޓަށް ބަދަލުތައް ގެނައުމާއި އެ އިންތިހާބާ ގުޅޭ ބައެއް އިޖުރާއަތްތައް މިނިސްޓްރީން ކުރިއަށް ގެންދާ ގޮތުން އިންތިހާބާ މެދު ސުވާލު އުފެދި ސައްހަކަން ގެއްލޭ އެތައް ބައިވަރު ކަންތައްތަކެއް ހިނގަމުންދާ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

Advertisement

އެގޮތުން ވޯޓުލާން ރަޖިސްޓްރީ ކުރި ބައެއް މީޑިއާތަކުން ވޯޓުލާން ހަމަޖައްސާފައިވާ ފަރާތްތައް ކުއްލި ގޮތަކަށް ބަދަލު ކުރަން ހުށަހަޅައިގެން ކަމަށް ބުނެ ގެޒެޓް ކޮށްފައިވާ ދާއިމީ ވޯޓާސް ލިސްޓަށް މިނިސްޓްރީން ބަދަލުތަކެއް ގެނެސްފައިވާކަން އެމްޖޭއޭއިން ފާހަގަކުރި އެވެ.

"އެމްއެމްސީގެ އިންތިހާބު ބޭއްވުމުގެ އުސޫލުގައި ދާއިމީ ވޯޓާސް ލިސްޓު އެކުލަވާލުމާ ގުޅޭ ސުންގަޑިތަކާއި އިޖުރާއަތްތަކެއް ކަނޑައެޅިފައި ވަނިކޮށް ގެޒެޓް ކޮށްފައި އޮތް ދާއިމީ ވޯޓާސް ލިސްޓަށް ބަދަލު ގެނައުމަކީ އުސޫލުގެ ރޫހާ ހިލާފު އަދި އިންތިހާބުގައި ވާދަ ކުރާ ކެންޑިޑޭޓުންގެ ހައްގުތަކަށް އުނިކަން ލިބޭނެ ކަމެއް،" އެމްޖޭއޭ އިން ބުންޏެވެ.

Advertisement

މުހިއްމު ބައެއް ހަބަރު