about 12 hours 0
އަމަން ހަލީމް
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު މާލިއްޔަތު ކޮމިޓީގައި މައުލޫމާތު ދެއްވަނީ: ހިޔާގެ 16 ޓަވަރުގައި 32 ލިފްޓު ހަރުކުރަނީ 18 މިލިއަން ޑޮލަރަށް ކަމަށް ކަށަވަރުކޮށްދެއްވި -- ފޮޓޯ: މިރާޝް ނާޝިމް/އަދަދު
about 12 hours 0
ހިޔާ ފްލެޓުތަކުގައި އިތުރު ލިފްޓުތައް ހަރުކުރަން ޗައިނާގެ ޝެންޔެންގެ ޔުއަންޝާ އިންޓެލެކްޗުއަލް އިންޑަސްޓްރީ ގްރޫޕާ ހަވާލުކުރީ 18 މިލިއަން ޑޮލަރު (278 މިލިއަން ރުފިޔާ) އަށް ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
އެޗްޑީސީއަށް އެކި ވިޔަފާރިތަކުން ދައްކަން ޖެހި ނުދައްކައިވާ ފައިސާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ބަލަމުންދާ މައްސަލައިގައި ކޮމިޓީއަށް ހާޒިރުވެވަޑައިގެން ފަޒުލް މިކަން ކަށަވަރުކޮށްދެއްވީ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ގަފޫރު އެއްސެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މެންބަރު ގަފޫރު އެއްސެވީ 18 މިލިއަން ޑޮލަރަށް ލިފްޓުތައް ހަރުކުރަން ކޮންޓްރެކްޓު ކުރެވިފައިވާ ވާހަކައަކީ ތެދެއްތޯ އެވެ. ފަޒުލް ދެއްވި ކުރު ޖަވާބުގައި ވިދާޅުވީ އެއީ ތެދެއް ކަމަށެވެ. އަދި އެއީ ހިޔާގެ 16 ޓަވަރުގައި 32 ލިފްޓު ހަރުކުރުމުގެ އަގު ކަމަށް އޭނާ ވިދާޅުވި އެވެ.
ފަޒުލް މިކަން ކަށަވަރުކޮށްދިނުމުގެ ކުރިން "އަދަދު" އިން ވާނީ މި ލިފްޓުތައް ހަރުކުރަނީ މި އަގުގައި ކަން ހާމަކޮށްފަ އެވެ. މި ނޫހުން މި ހަބަރު ޝާއިއުކުރީ އެއީ އާދަޔާހިލާފަށް ބޮޑު އަގެއް ކަމަށް ލިފްޓުތައް ހަރުކުރާ ބައެއް ކުންފުނިތަކުން ވެސް ކަށަވަރުކޮށްދިނުމާ ގުޅިގެންނެވެ.
ލިފްޓުތައް ހަރުކުރުމުގެ އަގު ހޯދަން "އަދަދު" އިން އާރުޓީއައިއެއް ހުށަހެޅުމުން އެޗްޑީސީން ވަނީ ކޮންޓްރެކްޓުގެ އަގާއި، ކޮންޓްރެކްޓުގެ ދަށުން އެހާތަނަށް ދޫކުރި ފައިސާގެ އަދަދު ހާމަކުރަން ދެކޮޅު ހަދާފަ އެވެ. ސަބަބެއް ކަމަށް ފާހަގަކުރީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގައި އޮންނަ އިސްތިސްނާ ހާލަތެކެވެ.
ހިޔާ ފްލެޓުތަކުގައި އިތުރު ލިފްޓުތައް ހަރުކުރުމަކީ މި ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމަނައިގެން މި އަހަރަށް ފާސްކުރި ބަޖެޓުގައި ޖަހައިގެން ކުރަން ފެށި މަސައްކަތެކެވެ.
އޭރު ބަޖެޓުގައި އޮތީ މި މަސައްކަތަށް 200 މިލިއަން ރުފިޔާ ހަރަދުކުރާ ގޮތަށެވެ. ނަމަވެސް އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓުގައި ވަނީ މަޝްރޫއުގެ އަގު ރިވައިސްކޮށް ދައުލަތުގެ ބަޖެޓުން ހަރަދު ކުރާ ވަރު 108 މިލިއަން ރުފިޔާއަށް ކުޑަކޮށްފަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment