Advertisement

ސްޕޯޓްސް އެވޯޑްސް އަށް ފަސް މިލިއަން ރުފިޔާ ހަރަދުކުރި، ބޮޑު ބައެއް ޝުޖާއުގެ އޮފިޝަލް އިވެންޓްސް އަށް

3 ޑިސެންބަރު 2024 - 10:28 2

އަހުމަދު އާއިދު

އ

Advertisement

އާޓް ވޯކް: އިސްމާއިލް އިމްދާދު / އަދަދު


ސްޕޯޓްސް އެވޯޑްސް އަށް ފަސް މިލިއަން ރުފިޔާ ހަރަދުކުރި، ބޮޑު ބައެއް ޝުޖާއުގެ އޮފިޝަލް އިވެންޓްސް އަށް

3 ޑިސެންބަރު 2024 - 10:28 2

Advertisement

Advertisement

މިދިޔަ އޮކްޓޫބަރު މަހު ސްޕޯޓް މިނިސްޓްރީން ބޭއްވި މޯލްޑިވްސް ސްޕޯޓްސް އެވޯޑަށް ދައުލަތުގެ ބަޖެޓުން ފަސް މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކުރިކަން ހާމަވެއްޖެ އެވެ.

މި އަހަރުގެ އެވޯޑަށް ހަރަދުވި ވަރު މިނިސްޓްރީން ހާމަކުރީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އާންމު މީހަކު އެ ތަފުސީލުތަކަށް އެދުމުންނެވެ. އޮކްޓޯބަރު 18، ގައި ބޭއްވި އެވޯޑަށް ޖުމްލަ ހަރަދުވީ 5،249،038ރ. އެވެ.

Advertisement

އެ ގޮތުން، ކުޅިވަރާ ބެހޭ ވުޒާރާއިން ސްޕޯޓްސް އެވޯޑްސް ކުރިއަށް ގެންދިއުމަށް ފައިސާ ދީފައިވަނީ ދެ ކުންފުންޏަކަށެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއުގެ އޮފިޝަލް އިވެންޓްސް އަދި އެންކޯ ހޯލްޑިންގްސް ކިޔާ ކުންފުންޏަކަށެވެ.

ޝުޖާއުގެ އޮފިޝަލް އިވެންޓްސް އަށް އެވޯޑު ހަފުލާ މެނޭޖުކުރުމަށް 4.4 މިލިއަން ރުފިޔާ ދީފައިވެ އެވެ. އޭގެތެރެގައި ހިމެނެނީ ފުރަތަމަ ދިން 3.82 މިލިއަން ރުފިޔާގެ އިތުރުން، ފަހު ވަގުތު އެވޯޑު ފަސްކޮށް ބާއްވާ ތަން ބަދަލުކުރުމުން ދޭން ޖެހުނު 578،032ރ. އެވެ.

ސްޕޯޓްސް އެވޯޑު ބާއްވަން ފުރަތަމަ ނިންމީ ޖުލައި 4، ގަ އެވެ. މުއްދަތެއް ނެތްގޮތަށް އެވޯޑު ފަސްކުރަން ނިންމީ ޖޫން 29، ގަ އެވެ. އެވޯޑު ފަސްކުރަން ނިންމިއިރު ހުޅުމާލޭ ސިންތެޓިކް ޓްރެކްގައި އެވޯޑްސް ހަފްލާ ބާއްވަން ވަނީ ސްޓޭޖު ވެސް ހުރީ ހަދާފަ އެވެ. ޝުޖާއުގެ ކުންފުންޏަށް އިތުރާސް ފަސް ލައްކަ ދޭން ޖެހުނީ އެ ތަކެތި ރިލޮކޭޓު ކުރުމަށެވެ.

Advertisement

ސްޕޯޓްސް އެވޯޑްސް މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި

އަންނަ ބުރާސްފަތި ދުވަހު ބާއްވަން ނިންމައި، ގިނަ ތައްޔާރީތަކެއް ފުރިހަމަކޮށްފައި އޮތް މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށް ސްޕޯޓްސް މިނިސްޓްރީން ވަނީ ހާމަކޮށްފައި.

ސްޕޯޓްސް އެވޯޑްސް މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި

އަންނަ ބުރާސްފަތި ދުވަހު ބާއްވަން ނިންމައި، ގިނަ ތައްޔާރީތަކެއް ފުރިހަމަކޮށްފައި އޮތް މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށް ސްޕޯޓްސް މިނިސްޓްރީން ވަނީ ހާމަކޮށްފައި.

ދެން ފައިސާ ދީފައިވަނީ މިފަހަރުގެ އެވޯޑުގައި ދިން ޓްރޮފީތައް ހެދި ކުންފުންޏަށެވެ. އެ ގޮތުން ޓްރޮފީ މޯލްޑުތައް ގެނައުމަށާއި ޓްރޮފީތައް ހެދުމަށް އެންކޯ އަށް ޖުމްލަ 845،106ރ. ދީފައިވެ އެވެ.

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް އަކީ މިދިޔަ ސަރުކާރުގެ ސްޕޯޓްސް މިނިސްޓަރު، އަހުމަދު މަހުލޫފް ފެއްޓެވި މަސައްކަތެކެވެ. މިދިޔަ ސަރުކާރުން ސްޕޯޓްސް އެވޯޑްސް ބާއްވާފައިވަނީ، ކުޅިވަރުގެ ބައިނަލްއަގުވާމީ މަޝްހޫރު ތަރިން ރާއްޖެ އަށް ދައުވަތުދީގެންނެވެ. އެ އަހަރުތަކުގައި ވެސް ސްޕޯޓްސް އެވޯޑްސް އަށް މިލިއަނުން ހަރަދުކުރާ ކަމުގެ ޝަކުވާ އާންމުން ކުރި އެެވެ.

މިފަހަރުގެ އެވޯޑްސް ބޭއްވީ އެޔާ ހިލާފަށް ސޯޝަލް ސެންޓަރުގައި ބޭރުގެ ނަން މަޝްހޫރު އެއްވެސް ތަރިއަކަށް ދައުވަތު ދިނުމެއް ނެތި އެވެ. އަދި ސަރުކާރުން މި ފަހަރުގެ އެވޯޑް ހަފްލާ ބާއްވަނީ ހަރަދުކުޑަކޮށް ކަމަށް ވެސް އެކި ޕްލެޓްފޯމުތަކުގައި ވަނީ ބުނެފަ އެވެ.

Advertisement

0.00%

25.00%

75.00%

0.00%

މި ލިޔުން ކިޔާލުމުން


Advertisement

Advertisement

އަލީ

3 months ago

ޕީއެސްއެމުން އަނެއްކާވެސް ކުރިން ހަލީލުހުރެގެނަ ހިންގި ޖަރީމާ އާވައްކަން ހިންގުމަށް ޕީއެސްއެމުގަ އިވެންޓްސް ޔުނިޓެއް ހަދާ ސަރުކާރުގެ އިވެންޓްތަށް ހާއްސަކޮށް ރައީސްއޮފީހުގެ އިވެންޓްތަށް ޕީއެސްއެމަށްދީގެން ހަލީލުގެ ގާތް ރަހުމަތްތެރިޔާ ހަންބެއަށް ދީގެން ލާރިތަށް ޖީބަށްޖެހިމުގެ މަސައްކަތްމިވަނީ ފަށާފަ. އަދި ސުޖާއާވެސް މައްސަލަޖެހޭނެ އިވެންޓް ކަންތަކުގަ ހޯރަ ހަލީލުއާ

ހަސަން އިބްރާހީމް

3 months ago

ސަރުކާރަށް އެއްއަހަރު ފުރުން ފާހަގަކުރަން ބޭއްވިއިވެންޓް ހަލީލު ދިނީ ޕީއެސްއެމަށް ޕީއެސްއެމުން އެއިވެންޓްގެ ކަންކަން އައުޓްސޯސްކޮށް ކަންކަން ހަވާލުކުރީ ހަލީލުގެ ޒަމާންވީ އެކުވެރިޔާ ހަންބެއާ. މީރޭވިގެން ހިންގޭ ބޮޑެތި ވަންކަންތަށް. ހަލީލަކީ މިފަދަކަންކަން ހިންގުމުގެ ރާއްޖޭގެ އެއްވަނަ