1 ޑިސެންބަރު 2024 - 16:30 0
ޑރ. މާރިޔާ: ރަމީލާ އިސްތިއުފާ ދެއްވީ ބަލިހާލަތު ހުންނެވި ގޮތުން ވަޒީފާ އަދާ ނުކުރެއްވޭނެތީ -- ފޮޓޯ: ރައީސް އޮފީސް
1 ޑިސެންބަރު 2024 - 16:30 0
އެގްރިކަލްޗާ މިނިސްޓަރު އައިޝަތު ރަމީލާ މިއަދު އިސްތިއުފާ ދެއްވުމުން އެ މިނިސްޓްރީ ވަގުތީ ގޮތުން ހިންގަން ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާއާ ހަވާލުކޮށްފި އެވެ.
މިނިސްޓަރު ރަމީލާ މިއަދު އިސްތިއުފާ ދެއްވީ ބަލި ހާލަތު ހުރި ގޮތުން ވަޒީފާ އަދާ ނުކުރެއްވޭތީ އެވެ. އޭނާ ދަނީ ކެންސަރުގެ ބައްޔަށް ފަރުވާ ކުރައްވަމުންނެވެ.
ރަމީލާގެ އިސްތިއުފާ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ގަބޫލު ކުރައްވައި، މަގާމުގައި ހުންނަވައި ކުރެއްވި ހިދުމަތަށް ވަނީ ޝުކުރު އަދާ ކުރައްވައިފަ އެވެ.
"ރަމީލާ ފަދަ ހީވާގި، އަމާނާތްތެރި، ގާބިލު ބޭފުޅަކު ވަޒީރުންގެ މަޖިލީހުގައި ހިމެނިވަޑައިގެންނެވިކަމީ، އެ މަނިކުފާނު ނުހަނު އުފާފުޅުކުރައްވާ ކަމެއް ކަމަށާއި، ކުރިއަށް އޮތްތާނގައި ވެސް ޑރ. އައިޝަތު ރަމީލާގެ ހިދުމަތް، ދިވެހި ގައުމަށް ލިބޭނެކަމުގެ ޔަގީންކަން އެބަ އޮތް ކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާގެ ބަޔާނުގައި ވިދާޅުވި،" ރައީސް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުންޏެވެ.
ރަމީލާ ސަރުކާރުގެ ވަޒީފާއާ ގުޅިވަޑައިގަތީ 1990 ވަނަ އަހަރު ނަރުހެއްގެ މަގާމުންނެވެ. އޭގެ ފަހުން 34 އަހަރު ސަރުކާރުގެ އެކި ވަޒީފާތައް އަދާ ކުރެއްވި އެވެ.
0.00%
100.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment