Advertisement

ޖޯލި ބީން ރިސޯޓުގެ ވިލާތައް ވިއްކާލަނީ، ފަށާ އަގަކީ 77 މިލިއަން ރުފިޔާ

about 23 hours 0

ރާ އަތޮޅު ބޮޑުފުށީގައި ތަރައްގީކޮށްފައިވާ ޖޯލި ބީން ރިސޯޓު: މިއީ ވެލްނަސް ބްރޭންޑަށް އަމާޒުކޮށްގެން ރާއްޖޭގައި ހުޅުވި އެންމެ ފުރަތަމަ އެއް ރިސޯޓު -- ފޮޓޯ: ޖޯލި ބީން


ޖޯލި ބީން ރިސޯޓުގެ ވިލާތައް ވިއްކާލަނީ، ފަށާ އަގަކީ 77 މިލިއަން ރުފިޔާ

about 23 hours 0

ރ. ބޮޑުފުށީގައި ތަރައްގީކޮށްފައިވާ ޖޯލި ބީން ރިސޯޓުން "އައިލެންޑް ހޯމްސް" އިފްތިތާހުކޮށް، އެ ރިސޯޓުގެ ވިލާތައް ވިއްކާލަން ހުޅުވާލައިފި އެވެ.

ޖޯލި ރިސޯޓާ ހަވާލާދީ ހޮސްޕިޓާލިޓީނެޓް ގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، ޖޯލިން ވިއްކާލަނީ 230 އަކަމީޓަރާއި 1700 އަކަމީޓަރާ ދެމެދުގެ ބޮޑު މިނުގެ އެއް ކޮޓަރިން ފެށިގެން ހަތަރު ކޮޓަރިއާ ހަމައަށް ހުންނަ ވިލާތަކެވެ. އޭގެ ތެރޭގައި މޫދުގައި ތަރައްގީކޮށްފައިވާ "އޯޝަން ރެސިޑަންސް" ތަކާއި އެއްގަމުގައި ތަރައްގީކޮށްފައި ހުރި "ބީޗް ރެސިޑެންސް" ތައް ހިމެނެ އެވެ.

ޖޯލިން ބުނެފައިވާ ގޮތުގައި މި އައިލެންޑް ހޯމްތައް މެނޭޖުކުރާނީ އެ ރިސޯޓުންނެވެ. އަދި މި ތަންތަން ކުއްޔަށް ދީގެން އާމްދަނީ ލިބޭނެ ކަހަލަ ރެންޓަލް ޕްލޭންތައް ހިމެނޭ ކަމަށް ވެސް އެ ރިސޯޓުން ބުނެފައިވެ އެވެ.

ރާއްޖޭގައި ވެލްނަސް ބްރޭންޑަށް އަމާޒުކޮށްގެން ތަރައްގީކުރި އެންމެ ފުރަތަމަ ރިސޯޓުތަކުގެ ތެރޭގައި ހިމެނޭ ޖޯލި ބީންގެ ހުރިހާ ވަސީލަތްތަކެއް ވެސް މި ވިލާތައް ގަންނަ މީހުންނަށް ބޭނުންކުރެ ވެ އެވެ. ޖޯލިއަކީ މި ދާއިރާއިން ގިނަ އެވޯޑުތަކެއް ހާސިލުކޮށްފައިވާ ރިސޯޓެއް ކަން ވެސް ފާހަގަކޮށްލެ ވެ އެވެ.

މި އައިލެންޑް ހޯމްތައް ވިއްކަން ފަށާ އަގަކީ ފަސް މިލިއަން ޑޮލަރެވެ. އެއީ ދިވެހި ފައިސާއިން ގާތްގަނޑަކަށް 77 މިލިއަން ރުފިޔާ އެވެ.