about 16 hours 0
ލީވާން އަލީ ނާސިރު
about 16 hours 0
ބުރުޒު މަގު، ސިނަމާލެ ޕާކިން ޒޯނުގައި އޮތް ކާރެއްގައި މިދިޔަ ހޯމަ ދުވަހު ރޯކޮށްލި މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކުރީ މ. އަރާރަތްކުރި، ހާލިދު މަހްމޫދު، 35 އަދި އދ. މާމިގިލި، ބްލޫވިންޑް، ހަސަން ނަސީމް، 31 ކަމަށެވެ.
އެ ދެމީހުން ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށައި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
މާލޭގައި ފާއިތުވެދިޔަ ހަފްތާއެއްހާ ދުވަސް ތެރޭގައި މާމާރާމާރީތައް އިތުރުވެފައިވާއިރު، މިހާތަނަށް ދެ ކާރެއްގައި ރޯކޮށްލައި ގެއްލުންތަކެއް ވެސް ވަނީ ދީފަ އެވެ.
Comment