Advertisement

ހުލާސާކޮށް އިއްޔެ: ވައުދުވި ގޮތަށް ޓާމިނަލް ނުނިންމުނު

28 ނޮވެންބަރު 2024 - 06:03 1

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް. -- ފޮޓޯ: އަދަދު


ހުލާސާކޮށް އިއްޔެ: ވައުދުވި ގޮތަށް ޓާމިނަލް ނުނިންމުނު

28 ނޮވެންބަރު 2024 - 06:03 1

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ސެޕްޓެމްބަރު މަހަށް ނިންމައި ނުހުޅުވުމުން، ދެން ކަނޑައެޅީ އެ ޓާމިނަލްގެ ބައެއް ނޮވެމްބަރު މަހު ހުޅުވައި ބޭނުން ކުރަން ފެށުމަށެވެ. ނަމަވެސް، މި އަހަރުތެރޭގައި އާޓާމިނަލްގެ އެއްވެސް ބައެއް ނުހުޅުވާނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ބުނި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.

އަންގާރަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގެ ސަބް ކޮމިޓީގެ ބައްދަލުވުމެއްގައި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު ވިދާޅުވީ އާ ޓާމިނަލް އެއްކޮށް ނުހުޅުވުނަސް، ޓާމިނަލްގެ ބައެއް މިއަހަރު ހުޅުވުމަކީ ރައީސް މުއިއްޒުގެ ވައުދެއް ކަމަށާއި "އެކަން ކުރެވެން އެބައޮތް" ކަމަށެވެ.

ނަމަވެސް، އެކަން ކުރެވެން ނެތް ސަބަބެއްގެ ގޮތުގައި ޝަރީފު ވިދާޅުވީ ރާއްޖެއަށް އަންނަ އެއާލައިންތައް ތަމްސީލުކުރާ އެއާލައިން އޮޕަރޭޓާސް ކޮމެޓީ (އޭއޯސީ) އާ ޓާމިނަލްގެ ބައެއް ވިޔަސް މި އަހަރު ނުހުޅުވަން އެދިފައި އޮތުމެވެ.

އެއީ ޔޫރަޕަށް ފިނި މޫސުމުގައި ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވުމާއެކު ދިމާވެދާނެ މައްސަލަތަކުން ސަލާމަތް ވުމަށް ކަމަށް ޝަރީފު ވިދާޅުވި އެވެ.

"މި ބޭފުޅުން މިހެން ވިދާޅުވާ އެއް ސަބަބަކީ. މިސާލަކަށް މިކޮޅުން މައްސަލައެއް ދިމާވެގެން ދޮޅު ގަޑިއިރު ޑިލޭއެއް ވީ ދުބާއީ އިން ޔޫރަޕަށް ހުރި ހުރިހާ ކަނެކްޝަން ފުލައިޓުތައް. އެބޭފުޅުންނަށް އެކަމުގަ މައްސަލައެއް ދިމާވެދާނެތީ،" ޝަރީފު ވިދާޅުވި އެވެ.

ރައީސްގެ ވައުދާ އެއްގޮތަށް މި އަހަރު ޓާމިނަލް ނުހުޅުވޭތީވެ އެކަމުގައި އެ މަނިކުފާނާ ވެސް މަޝްވަރާ ކުރެއްވި ކަމަށް ޝަރީފު ވިދާޅުވި އެވެ.

މުހިއްމު ބައެއް ހަބަރު