about 2 hours 0
އަމަން ހަލީމް
ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) ސީޕްލޭނެއް: ގާނޫނުގެ ޑްރާފްޓުގައި އޮތް އަދަދަށް ލިބޭ މަދު ކުންފުނިތަކުގެ ތެރޭގައި ޓީއެމްއޭ ހިމެނޭ -- ފޮޓޯ: އަދަދު ފައިލް
about 2 hours 0
އަހަރެއްގެ ތެރޭގައި 20 މިލިއަން ޑޮލަރަށް ވުރެ މަތިން އާމްދަނީ ލިބޭ ހުރިހާ ވިޔަފާރިތަކުން ޑޮލަރުން ލިބޭ އާމްދަނީގެ ވަކި ޕަސެންޓެއް މާރުކުރަން މަޖުބޫރުކުރާ ގޮތަށް ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ޑްރާފްޓުގައި ހިމަނައިފި އެވެ.
މިހާރު އަމަލުކުރަން އަންނަ ބޭރު ފައިސާގެ ގަވާއިދުގެ ދަށުން ޑޮލަރު މާރުކުރަން މަޖުބޫރު ވަނީ ރިސޯޓުތަކާއި ސަފާރީތަކާއި ހޮޓާތަކުގެ އިތުރުން ގެސްޓުހައުސްތައް ހިމެނޭހެން ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިތަކުން އެކަންޏެވެ. ނަމަވެސް ގާނޫނުގެ ޑްރާފްޓުގައި ހިމަނާފައި އޮތީ މި ނޫން ދާއިރާތަކުގައި ހަރަކާތްތެރިވި ނަމަވެސް 20 މިލިއަން ޑޮލަރު ލިބޭ ނަމަ ޑޮލަރު މާރުކުރަން ޖެހޭ ގޮތަށެވެ.
އެގޮތުން އެ އަދަދަށް ފައިސާ ލިބޭ ވިޔަފާރިތަކަށް ލިބޭ ހުރިހާ ޑޮލަރެއް ނޫނީ ބޭރު ފައިސާ ޖަމާކުރަން ޖެހެނީ ރާއްޖޭގެ ބޭންކު އެކައުންޓަކަށެވެ. އަދި ކޮންމެ މީލާދީ މަހެއްގައި ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 25 ޕަސެންޓަށް ވުރެ ބޮޑު ނުވާ ގޮތަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހަދާ ގަވާއިދެއްގެ ދަށުން ބޭރު ފައިސާ މާރުކުރަން ޖެހެ އެވެ.
ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކެކޭ އެއް ފަދައިން ބޭރު ފައިސާއިން އާމްދަނީ ލިބޭ އެހެން ވިޔަފާރިތަކަށް ޑޮލަރު މާރުކުރަން މަޖުބޫރުކުރާއިރު، ރާއްޖެއަށް ވަންނަ ޑޮލަރުގެ ބޮޑު ޕަސެންޓޭޖެއް ހިއްސާކުރަނީ ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިތަކުންނެވެ. މި ނޫން ދާއިރާތަކުގައި ހަރަކާތްތެރިވާ ވިޔަފާރިތަކުގެ ތެރެއިން ބޭރު ފައިސާ މި އަދަދަށް ލިބެނީ ނިސްބަތުން މަދު ވިޔަފާރިތަކަކަށެވެ.
އޭގެ ތެރޭގައި ހިމެނެނީ މަސް އެކްސްޕޯޓުކުރާ ކުންފުނިތަކާއި ސީޕްލޭންގެ ހިދުމަތް ފޯރުކޮށްދޭ ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އާއި މި ނޫނަސް ޓޫރިޒަމް ދާއިރާއާ ގުޅުން ހުރި މުދަލާއި ހިދުމަތްތައް ފޯރުކޮށްދޭ ކުންފުނިތަކެވެ.
Comment