Advertisement

ފުރުގާން މިސްކިތަށް ގެއްލުން ދިން ކަމަށް ތުހުމަތުވާ މީހާ ހައްޔަރުކޮށްފި

26 ނޮވެންބަރު 2024 - 14:22 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ފުރުގާން މިސްކިތަށް ގެއްލުން ދިން ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހާ -- ފޮޓޯ: ފުލުހުން


ފުރުގާން މިސްކިތަށް ގެއްލުން ދިން ކަމަށް ތުހުމަތުވާ މީހާ ހައްޔަރުކޮށްފި

26 ނޮވެންބަރު 2024 - 14:22 0

ފުރުގާން މިސްކިތަށް ގެއްލުން ދިން ކަމަށް ތުހުމަތު ކުރެވޭ މީހާ ފުލުހުން ހައްޔަރު ކޮށްފި އެވެ.

މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ އެ މައްސަލައިގައި ހައްޔަރު ކުރީ ނައުޝާދު މޫސާ 30، ގ. މާލެހިޔާ 2-02-13 ކަމަށެވެ. އޭނާ ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުން އިއްޔެ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރު ކުރުމުން 15 ދުވަސް ބަންދުކޮށްފައި ބަހައްޓަން ކޯޓުން އަމުރު ކުރި ކަމަށެވެ.

މާލޭގައި ހުންނަ ފުރުގާން މިސްކިތަށް ގެއްލުންތަކެއް ދިނީ މިދިޔަ ހޮނިހިރު ދުވަހުގެރޭ ފަތިހު އެވެ.

ންމުވެފައިވާ ވީޑިއޯތަކުން ފެންނަގޮތުން އެ މިސްކިތުގެ އިމާމު ނަމާދު ކުރާ ސަރަހައްދުގައި ހުރި ބައެއް ކަރަންޓު ބޯޑުތަކާއި ވުލޫ ކުރާ ސަރަހައްދުގައި ހުރި އިސްކޫރުތަކަށް ގެއްލުންދީފައި ހުރިކަން ފެނެ އެވެ.

އެ ވީޑިއޯތައް ހިއްސާ ކުރަމުން ދީނީ އިލްމުވެރިޔާ އާދަމް ނިޝާން ބުނީ އެކަން ކޮށްފައި ވަނީ މިސްކިތުގައި އަބަދުހެން ނިދާފައި އޮންނަ ޒުވާނެއް ކަމަށެވެ. މީގެ ކުރިން ވެސް އެތައް ފަހަރަކު މިސްކިތަށް އެ ޒުވާނާ ގެއްލުން ދީފައިވާ ކަމަށް ނިޝާން ތުހުމަތުކުރި އެވެ.